Jump to content

ކާނާ ވިހަވުން (ސަލްމޮނެއްލާ)

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ސަލްމޮނެއްލާގެ ސަބަބުން ކާނާ ވިހަވުން(އިނގިރޭސި ބަހުން: Salmonellosis) އަކީ ކާނާ ވިހަވުމުގެ ވައްތަރެކެވެ. މިބަލި ޖައްސާ ޖަރާސީމް އަކީ ސަލްމޮނެއްލާ ޓައިފިމިޔުރިއަމް އެވެ. ސަލްމޮނެއްލާގެ ސަބަބުން ކާނާ ވިހަވުން ކުރިމަތިވަނީ ކުރިން ބުނި ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ މަސް، ކިރު، ބިސް، އަދި އެހެނިހެން ކާތަކެތި ކެއުމުގެ ސަބަބުންނެވެ. ސަލްމޮނެއްލާގެ ސަބަބުން ކާނާ ވިހަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް މޭނުބައިކުރުން، ހޮނޑުލުން، ބޭރަށް ހިންގުން، ބަނޑުގައި ރިހުން، ހުންއައުން، އަދި އެންމެ ފަހުން ޝޮކުޖެހުން ފަދަ ކަންތައްތައް ދިމާވުން ހިމެނެއެވެ.