ކާނާ ވިހަވުން (ސްޓެފައިލޮކޮކަސް)
Appearance
ސްޓެފައިލޮކޮކަސްގެ ސަބަބުން ކާނާ ވިހަވުން(އިނގިރޭސި ބަހުން: Staphylococcal food poisoning) އަކީ ކާނާ ވިހަވުމުގެ ވައްތަރެކެވެ. މިބަލި ޖައްސާ ޖަރާސީމް އަކީ ސްޓެފައިލޮކޮކަސް އޫރިއަސް އެވެ. ސްޓެފައިލޮކޮކަސްގެ ސަބަބުން ކާނާ ވިހަވުން ކުރިމަތިވަނީ ކުރިން ބުނި ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ ކާތަކެތި ކެއުމުގެ ސަބަބުންނެވެ. ސްޓެފައިލޮކޮކަސްގެ ސަބަބުން ކާނާ ވިހަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮނޑުލުން، ބޭރަށް ހިންގުން، ބަނޑުގައި ރިހުން، ފަދަ ކަންތައްތައް ދިމާވުން ހިމެނެއެވެ.