ޖަރުމަނުވިލާތް
| ||||||||
މޮޓޯ: "Einigkeit und Recht und Freiheit" "Unity and justice and freedom" | ||||||||
ޤައުމީ ސަލާމް: Das Lied der Deutschen (third stanza) also called Einigkeit und Recht und Freiheit | ||||||||
ވެރިރަށް | Berlin | |||||||
އެންމެ ބޮޑު ޝަހަރު | capital | |||||||
ރަސްމީ ބަސް (ތައް) | German1 | |||||||
ސަރުކާރު {{{leader_titles}}}
|
Parliamentary Federal Republic {{{leader_names}}} | |||||||
Formation {{{established_events}}} |
{{{established_dates}}} | |||||||
އަކަމިން • ޖުމްލަ • ފެން (%) |
357.385,71 އކކމ (62nd) 2.416 | |||||||
އާބާދީ • 2016 އަންދާސީ. • 2000 ބޯހިމެނުން • އަކަބުރަ |
82,457,000 (14th) 82,797,408 (July 2000 est.) އކކމ/231(50th) | |||||||
ޖީ.ޑީ.ޕީ (ޕީ.ޕީ.ޕީ) • ޖުމްލަ • ޕަރ ކެޕިޓާ |
2006 އަންދާސީ $2.585 trillion (5th) $31,400 (17th) | |||||||
އ.ތ.ފ (2004) | 0.932 (21st) – high | |||||||
ފައިސާ | Euro (€) (EUR )
| |||||||
ވަގުތު ޒޯން • ހޫނު މޫސުމް (ދ.ރ.ވ) |
CET (ވ.ބ.ގ+1) CEST (ވ.ބ.ގ+2) | |||||||
އިންޓަނެޓް މ.ދ.އ | .de | |||||||
ފޯން ކޯޑު | +49
| |||||||
{{{footnotes}}} |
ޖަރުމަނަކީ ޔޫރަޕުގެ ބައްރުގައި އޮތް އެންމެ އާބާދީ ބޮޑު ޤައުމެވެ.
ތާރީޚު
[އުނިއިތުރު ގެންނަވާ]ޖަރުމަނުގެ މީހުންނަކީ އީރާނުގެ ދަރިކޮޅަކުން އައިސްފައި ތިބި މީހުން ކަމުގައި ޖެނެޓިކް ހޯދުންތަކުން ވަނީ ދައްކާފައެވެ. ޖަރުމަނު މީހުންނާ ނަސްލުގެ ގޮތުން ވަރަށް ގާތް ބައެއްގެ ގޮތުގައި ޕޮޝްތޫ ދަރިކޮޅުގެ މީހުން ވަނީ ފާހަގަ ކުރެވިފައެވެ. ޖަރުމަނު ސަރަޙައްދުގައި މީހުން ވަޒަންވެރިވިތާ އެތައް ޒަމާނެއް ވެއްޖެއެވެ. ޖަރުމަނުގެ ތާރީޚުން ފާހަގަ ކުރެވޭ ކަންތައްތަކުގެ ތެރޭގައި 962 ވަނަ އަހަރުން 1806 އަހަރަށް ޤާއިމުވެފައި އޮތް ހޮލީ ރޯމަން އެންޕަޔަރ ހިމެނެއެވެ. 1871 އާއި 1918 ވަނަ އަހަރާ ދެމެދު ޤާއިމުވެފައި އޮތް ޖަރމަން އެމްޕަޔަރ ވެސް ފާހަގަކޮށްލެވެއެވެ. 1933 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުން ފެށިގެން 1945 ވަނަ އަހަރުގެ އެޕްރީލު މަހުގެ 30 ވަނަ ދުވަހާ ހަމަޔަށް އޮތީ އެޑޮލްފް ހިޓްލަރުގެ ވެރިކަމެވެ. ހިޓްލަރުގެ ވެރިކަމުގައި ޖަރުމަނުގައި ތިބި ޔަހޫދީންގެ ގިނަ ބަޔަކު ވަނީ ގޭސް ޗެންބަރުތަކުގައި މަރާލެވިފައެވެ.
ޑެމޮގްރަފިކްސް
[އުނިއިތުރު ގެންނަވާ]އާބާދީގައި 82 މިލިޔަން މީހުން ތިބި ޖަރުމަނަކީ ޔޫރަޕިއަން ޔޫނިއަންްގައި އޮތް އެންމެ އާބާދީ ބޮޑު ޤައުމެވެ. އެހެން ނަމަވެސް މުޅި ޔޫރަޕުގައި ވެސް ދަރިމައިވާ ނިސްބަތް އެންމެ ދަށް ޤައުމަކީ ޖަރުމަނެވެ. ޖަރުމަނުގައި އެވަރެޖުކޮށް އަންހެނަކަށް ޖެހެނީ 1.41 ކުދިންނެވެ. 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ޖަރުމަނުގެ ރައްޔިތުންގެ ގޮތުގައި ހަތް މިލިޔަން ބިދޭސީން ރަޖިސްޓަރީ ކުރެވުނެވެ. ޖަރުމަނުގެ ވަޒަންވެރިންގެ ތެރެއިން 19% މީހުންނަކީ ބިދޭސީ މަތިކޮޅަކުން އައިސްފައި ތިބި މީހުންނެވެ. މި ގޮތުން ބަލާއިރު ޖަރުމަނުގެ މުސްކުޅިންނަށް ވުރެ އެ ޤައުމުގެ ޒުވާނުން ބިދޭސީ މަތިކޮޅަކާ ގުޅިފައިވުން ގިނައެވެ. ޖަރުމަނުގެ 15 އަހަރުން ދަށުގެ އާބާދީގެ ތެރެއިން 30% މީހުންގެ މައިންބަފައިންގެ ތެރެއިން ކޮންމެ ވެސް އެކަކީ ޖަރުމަނުން ބޭރުގައި އުފަންވެފައިވާ މީހެކެވެ. ބޮޑެތި ޝަހަރުތަކަށް ބަލާއިރު 5 އަހަރުން ދަށުގެ އާބާދީގެ 60% ކުދީންގެ މަންމަ ނުވަތަ ބައްޕައަކީ ޖަރުމަނުން ބޭރުގައި އުފަންވެފައިވާ މީހެކެވެ. މި ގޮތުން އެންމެ ފާހަގަކޮށްލެވެނީ ތުރުކީ ދަރިކޮޅުން އައިސްފައިވާ މީހުންނެވެ. ސަގާފަތު ޖަރުމަނުގެ އާބާދީގެ 64% މީހުންނަކީ ކްރިސްޓިޔަނުންނެވެ. އާބާދީގެ 5% އަކީ މުސްލިމުންނެވެ. ޖަރުމަނުގެ އާބާދީގައި ކޮންމެ ވެސް ވަރަކަށް ބުދިސްޓުންނާއި ޔަހޫދީން އަދި ހިންދޫންނާއި ސިކުން އުޅެއެވެ. އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހުން ވެސް ޖަރުމަނުގައި ވަރަށް ގިނައެވެ. މި މީހުންނަކީ އާބާދީގެ ނިސްބަތުން 29.6% އެވެ. ޖަރުމަނަކީ ޅެންވެރިންނާއި ވިސްނުންތެރިންގެ ބިމުގެ ގޮތުން މަޝްހޫރުވެފައިވާ ޤައުމެކެވެ. ކުޅިވަރަކީ ޖަރުމަނު މީހުންގެ ދިރިއުޅުމުގެ އެއްބައެވެ. މުޅި ދުނިޔޭގައި ވެސް ބްރެޒިލް ނަގާފައި ފުޓުބޯޅައިގައި އެންމެ ނަގާ ކިޔާ ޤައުމަކީ ޖަރުމަނެވެ.
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]ޖަރުމަނަކީ މުޅި ޔޫރަޕުގައި އޮތް އެންމެ ބޮޑު އިޤްތިޞާދެވެ. އަދި މުޅި ދުނިޔެއަށް ބަލާއިރު ހަތަރު ވަނަ އަށް އެންމެ ބޮޑު އިޤްތިޞާދެވެ. ޖަރުމަނުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 35539 ޑޮލަރެވެ.