ފާތިމަތު ފަރީލާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފަރީލާ 5 ވަނަ ފިލްމް އެވޯޑްގެ އެވޯޑާއެކު

ފާތިމަތު ފަރީލާ އަކީ ދިވެހި ފިލްމީ ތަރިއެކެވެ. އޭނާވަނީ ދިވެހި ތަފާތު އެތައް ފިލްމްތަކެއްގައި ހަރަކާތްތެރި ވެފައެވެ. މީގެ އިތުރުން ތަފާތު ވީޑިއޯ ލަވަތަކާއި، ޓީވީ ޑްރާމާ ސިލްސިލާ ތަކުން ވެސް ފަރީލާގެ ހުނަރު ބެލުންތެރިންނަށް ފެނިގެން ގޮސްފައި ވެއެވެ

އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

ފާތިމަތު ފަރީލާ އަކީ ފިލްމީ ބަތަލު ޔޫސުފް ޝަފީޢު (ޔޫއްޕެ) ގެ އަނބިމީހާ އެވެ. ޔޫއްޕެއާއި ފަރީލާ ކައިވެނިކުރީ 2005 ހާ ތާގައެވެ. އެދެމަފިރިންނަށް ކުއްޖަކު ލިބިފައި ވެއެވެ.

ފިލްމީ ދާއިރާއަށް ނިކުތުން[އުނިއިތުރު ގެންނަވާ]

ފާތިމަތު ފަރީލާ އަކީ ނަށާ ގުރޫޕަކުން ނަށާ ކުއްޖެއްގެ ގޮތުގައި މަޝްހޫރު ވެގެން ދިޔަ ތަރިއެކެވެ. އެއަށް ފަހު ތަފާތު ވީޑިއޯ ލަވަތަކުން ފަރީލާ ފެނިގެން ގޮސްފައި ވެއެވެ. ފަރީލާ ކުޅެފައިވާ ގިނަ ލަވަތައް ކުޅެފައިވަނީ ފިރިމީހާ ޔޫއްޕެ އާއި އެކުގައެވެ.

ކުޅެފައިވާ ފިލްމް ތައް[އުނިއިތުރު ގެންނަވާ]

  • ވާލޯބި އެނގޭ ނަމަ
  • ލޯތްބަށްޓަކައި

ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

  • އެންމެ މޮޅު ސަޕޯޓިންގ އެކްޓްރެސް : ފާތިމަތު ފަރީލާ - ވާލޯބި އެނގޭ ނަމަ - ގައުމީ ފިލްމް އެވޯޑް 5 - 2008
  • އެންމެ މޮޅު މޭކަޕް : ހަސަން އާދަމް / ފާތިމަތު ފަރީލާ - ހުކުރު ވިލޭރޭ - ގައުމީ ފިލްމް އެވޯޑް 5 - 2008
  • އެންމެ މޮޅު ކޮރިއޮގްރަފީ : "އަންނާށޭ" ފާތިމަތު ފަރީލާ - ވާލޯބި އެނގޭ ނަމަ - ގައުމީ ފިލްމް އެވޯޑް 5 - 2008

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]