ޗިސްމޭ ދުޅަވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޗިސްމޭ ދުޅަވުން(އިނގިރޭސި ބަހުން: Pancreatitis) އަކީ ޗިސްމޭ އަށް ޖެހޭ އެންމެ ޢާންމު އެއްބައްޔެވެ. ޗިސްމޭ ދުޅަވުމުގެ މައްސަލަ ބައެއް ފަހަރު ދޭތެރެ ދޭތެރެއިން ތަކުރާރުވެ ކުރިމަތިވާ ގޮތްވެއެވެ. އަދި އަނެއްބައި ފަހަރު ދާއިމީ ބައްޔަކަށް ބަދަލުވާގޮތް ވެސް ވެއެވެ.

ޗިސްމޭ ދުޅަވުމުގެ ދެވައްތަރެއް ވެއެވެ. އެއީ ވަގުތީ ސިފައެއްގައި ޗިސްމޭ ދުޅަވުން ކުރިމަތިވުމާއި، އަދި ދާއިމީ ސިފައެއްގައި ޗިސްމޭ ދުޅަވުން ކުރިމަތި ވުމެވެ.

ސަބަބުތައް[އުނިއިތުރު ގެންނަވާ]

އަލާމާތްތައް[އުނިއިތުރު ގެންނަވާ]

ޗިސްމޭ ދުޅަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ވަރަށް ބޮޑަށް ބަނޑުގައި ރިހުން، ކޮންމެވެސް ވަރަކަށް ބުރަކަށީގައި ރިހުން، ހުންއައުން، މޭނުބައިކުރުން، އަދި ހޮނޑުލުން ހިމެނެއެވެ. މިއުދަގޫތައް ކުރިމަތިވަނީ ޗިސްމޭގައި އުފެދޭ އެންޒައިމްތައް ލީކުވުމާއި، ޗިސްމޭގެ ޓިޝޫތައް ހަލާކުވުމާއި، އަދި ނާރުތައް ހިލިގަތުން މެދުވެރިވުމުންނެވެ. ނުރައްކާތެރި ހާލަތްތަކުގައި ނޭވާލުން ފޭލްވުން، ޝޮކުޖެހުން އަދި މަރުވުން ފަދަ ކަމެއް ކުރިމަތި ވެދާނެ އެވެ. މިއީ ވަގުތީ ސިފައެއްގައި ޗިސްމޭ ދުޅަވުމުން ފެނިދާނެ އަލާމާތްތަކެވެ. އާންމު ގޮތެއްގައި ކުރިމަތިވާ އުދަގޫތަކުގެ ނުރައްކާތެރިކަން ބިނާވެފައި އޮންނަނީ ޗިސްމޭ އަށް އަނިޔާ ލިބިފައިވާ މިންވަރެއްގެ މައްޗަށެވެ.


ދެނެގަތުން[އުނިއިތުރު ގެންނަވާ]

  • ލޭގައި ޗިސްމޭގެ އެންޒައިމްތައް މަތިވުން
  • ޗިސްމޭގެ އައިލެޓް ސެލް ތަކަށް ގެއްލުވެފައިވާ ނަމަ ލޭގައި ހަކުރުގެ މިންވަރު މަތިވުން
  • ސީޓީ ސްކޭން ހެދުން