ޗިސްމޭގެ އެންޒައިމްތައް
ޕްރޮޓީން ބައިކުރާ އެންޒައިމްތައް
[އުނިއިތުރު ގެންނަވާ]ޕްރޮޓީން ބައިކުރާ އެންޒައިމްތައް (އިނގިރޭސި ބަހުން: Proteolytic enzymes) އާންމު ގޮތެއްގައި ދޫކުރަނީ ހީވާގިކަމެއްނެތް ޕްރޯއެންޒައިމް ތަކެއްގެ ގޮތުގައެވެ. އަދި މިއެންޒައިމްތައް މުރާލިވެ، ހަރަކާތްތެރިވަނީ ހަމައެކަނި ކުޑަ ގޮހޮރު ގެ ތެރޭގައެވެ. މިގޮތުން ޕްރޮޓީން ބައިކުރާ ނުވަތަ ވަކިކުރާ އެންޒައިމް ތަކުގެ ތެރޭގައި ހިމެނެނީ އަންނަނިވި އެންޒައިމް ތަކެވެ.
ޓްރީޕްސިނަޖަން
[އުނިއިތުރު ގެންނަވާ]ޓްރީޕްސިނަޖަން (އިނގިރޭސި ބަހުން: Trypsinogen)ކުޑަ ގޮހޮރުގެ ތެރޭގައި ހީވާގިވެ، ޓްރީޕްސިން (އިނގިރޭސި ބަހުން: Trypsin)އަށް ބަދަލުވެއެވެ. ޓްރީޕްސިނަޖަން ހީވާގިވަނީ ޑުއަޑީނަމް ގެ އެތެރޭގެ ދުލިފަށް އިން ދޫކުރާ އެންޓިރަކައިނޭސް(އިނގިރޭސި ބަހުން: Enterokinase) ކިޔާ އެންޒައިމެއްގެ އެހީގައެވެ. ޓްރިޕްސިން އަކީ ޓްރީޕްސިނަޖަން އާއި، އެހެނިހެން އެންޒައިމްތައް ވެސް ހީވާގީކޮށް މުރާލިކުރުވާ އެންޒައިމް އެކެވެ.
ކީމަޓްރީޕްސިނަޖަން
[އުނިއިތުރު ގެންނަވާ]ކީމަޓްރީޕްސިނަޖަން (އިނގިރޭސި ބަހުން: Chymotrypsinogen) ޓްރީޕްސިން ގެ އެހީގައި ހީވާގިވެ، ކީމަޓްރީޕްސިން(އިނގިރޭސި ބަހުން: Chymotrypsin) އަށް ބަދަލުވެއެވެ.
ޕްރޯއިލަސްޓޭސް
[އުނިއިތުރު ގެންނަވާ]ޕްރޯއިލަސްޓޭސް(އިނގިރޭސި ބަހުން: Proelastase) ޓްރީޕްސިންގެ އެހީގައި ހީވާގިވެ، އިލަސްޓޭސް(އިނގިރޭސި ބަހުން: Elastase) އަށް ބަދަލުވެއެވެ.
ޕްރޯކާބޮކްސީޕެޕްޓައިޑޭސް
[އުނިއިތުރު ގެންނަވާ]ޕްރޯކާބޮކްސީޕެޕްޓައިޑޭސް (އިނގިރޭސި ބަހުން: Procarboxypeptidase)ޓްރީޕްސިން ގެ އެހީގައި ހީވާގިވެ، ކާބޮކްސީޕެޕްޓައިޑޭސް(އިނގިރޭސި ބަހުން: Carboxypeptidase) އަށް ބަދަލުވެއެވެ. ކާބޮކްސީޕެޕްޓައިޑޭސް އަކީ ޕޮލިޕެޕްޓައިޑް މޮލިކިޔޫލް ތަކުން އަމީނޯ އެސިޑް ވަކިކުރުމަށް އެހީވެދޭ އެންޒައިމް އެކެވެ.
ފެޓް ބައިކުރާ އެންޒައިމްތައް
[އުނިއިތުރު ގެންނަވާ]ޕެންކްރީއެޓިކް ލައިޕޭސް
[އުނިއިތުރު ގެންނަވާ]ޕެންކްރީއެޓިކް ލައިޕޭސް(އިނގިރޭސި ބަހުން: Pancreatic lipase) އަކީ ޓްރައިގްލައިސަރައިޑް މޮނަގްލައިސަރައިޑް އަދި ފެޓީ އެސިޑް އަށް ބަދަލުކުރުވާ މުރާލި ހީވާގި އެންޒައިމް އެކެވެ. ބައިލް ސޯލްޓް ހުރުމަކީ މިއެންޒައިމްގެ މަސައްކަތް ހަލުވިކުރުވާ ކަމެކެވެ.
ޕްރޯފޮސްފަލައިޕޭސް އޭ-2
[އުނިއިތުރު ގެންނަވާ]ޕްރޯފޮސްފަލައިޕޭސް އޭ-2 (އިނގިރޭސި ބަހުން: Prophospholipase-A2)ޓްރީޕްސިން ގެ އެހީގައި ހީވާގިވެ، ފޮސްފަލައިޕޭސް އޭ-2 (އިނގިރޭސި ބަހުން: Phospholipase -A2)އަށް ބަދަލުވެއެވެ. ފޮސްފަލައިޕޭސް އޭ-2 ފޮސްފަލިލިޕިޑް ތައް ފެޓީ އެސިޑް އަދި ލައިސޯފޮސްފަލިޕިޑް ތަކަށް ބަދަލު ކުރުވުމަށް އެހީތެރިވެދެއެވެ.
ކޮލެސްޓަރައިލް އެސްޓަރ ހައިޑްރަލޭސް
[އުނިއިތުރު ގެންނަވާ]ކޮލެސްޓަރައިލް އެސްޓަރ ހައިޑްރަލޭސް(އިނގިރޭސި ބަހުން: Cholesteryl ester hydrolase) އަކީ ކުޑަ ގޮހޮރުގައި ކޮލެސްޓީރޯލް އިން އެސްޓަރ (އިނގިރޭސި ބަހުން: Ester) ތައް ވަކިކޮށް ކޮލެސްޓިރޯލް(އިނގިރޭސި ބަހުން: Cholesterol) މިނިވަންކޮށްދޭ އެންޒައިމް އެކެވެ.
ޕެންކްރީއެޓިކް އަލްފާ އަމިލޭސް
[އުނިއިތުރު ގެންނަވާ]ޕެންކްރީއެޓިކް އަލްފާ އަމިލޭސް (އިނގިރޭސި ބަހުން: Pancreatic alpha amylase)އަކީ ހީވާގި، އަދި ހަރަކާތްތެރި އެންޒައިމް އެކެވެ. މިއެންޒައިމްގެ މަސައްކަތަށް ކްލޮރައިޑްގެ އެހީ ބޭނުންވެއެވެ. އެގޮތުން ކްލޮރައިޑްގެ އެހީގައި ސްޓާރޗް މޮލްޓޯސް(އިނގިރޭސި ބަހުން: Maltose)، މޮލްޓޯޓްރިއޯސް(އިނގިރޭސި ބަހުން: Maltriose) އަދި އަލްފާ-ލިމިޓް ޑެކްސްޓްރިން އަށް ބަދަލުކުރުވައެވެ.
ޕެންކްރީއެޓިކް ނޫކްލީއޭސް ތައް
[އުނިއިތުރު ގެންނަވާ]ޕެންކްރީއެޓިކް ނޫކްލީއޭސް(އިނގިރޭސި ބަހުން: Pancreatic nuclease) ތަކުގެ ތެރޭގައި ހިމެނެނީ ރައިބަނޫކްލީއޭސް، ޑިއޮކްސީ ރައިބަނޫކްލީއޭސް އެންޒައިމް އެވެ. މިއެންޒައިމް ތަކަކީ ނޫކްލީއަޓައިޑް ތައް އުފެއްދުމަށް މުހިއްމު އެންޒައިމް ތަކެކެވެ.