ތަނބި ކަށިގަނޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ތަނބި ކަށިގަނޑު ނޫކުލައިގައި

ތަނބި ކަށިގަނޑު (އިނގިރޭސި ބަހުން: Talus) އަކީ ފައި،ގެ ތިރީބައި ނުވަތަ ފައި ދަނޑީގައިވާ މައި ދެކަށިގަނޑު ކަމުގައިވާ ކުޑަކަޅުވާ ކަށިގަނޑު(އިނގިރޭސި ބަހުން: Fibula) އަދި ކަށިމަތި ކަށިގަނޑު(އިނގިރޭސި ބަހުން: Tibia) އާއި ގުޅިގެން ތަނބިކަށި އުފެދުމުގައި ބައިވެރިވާ ކަށިގަނޑެކެވެ. ތަނބި ކަށިގަނޑަކީ ފައިތިލައިގައި ހިމެނޭ ކަށިތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު ކަށިގަނޑެކެވެ. ފައިތިލައިގައި ހިމެނޭ އެންމެ ބޮޑު ކަށިގަނޑަކީ ފުންނާބު ކަށިގަނޑު އެވެ.

ތަނބި ކަށިގަނޑު ޖެހިފައިވާ ކަށިތަކުގެ ތެރޭގައި ކުޑަކަޅުވާ ކަށިގަނޑު(އިނގިރޭސި ބަހުން: Fibula) އަދި ކަށިމަތި ކަށިގަނޑު(އިނގިރޭސި ބަހުން: Tibiaފުންނާބު ކަށިގަނޑު (އިނގިރޭސި ބަހުން: Calcaneus)ގައި ހިމެނޭ ނެވިކިޔުލަރ ކަށިގަނޑު ހިމެނެއެވެ.