ފުންނާބު ކަށިގަނޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފުންނާބު ކަށިގަނޑު ފެހިކުލައިގައި

ފުންނާބު ކަށިގަނޑު (އިނގިރޭސި ބަހުން: Calcaneus) އަކީ ފައިތިލައިގެ ތިރިން ފަހަތުގައި އިންނަ ކަށިގަނޑެކެވެ. ތަނބިކަށި އުފެދުމުގައި ވެސް މިކަށިގަނޑު ބައިވެރިވެއެވެ. ސަބަބަކީ މިކަށިގަނޑު ތަނބި ކަށިގަނޑު ގައި ޖެހިފައި އިންނާތީ އެވެ. މީގެ އިތުރުން ފައިތިލައިގެ އެހެން ކަށިގަނޑެއް ކަމުގައިވާ ކިޔުބޮއިޑް ކަށިގަނޑުގައި ވެސް ފުންނާބު ކަށިގަނޑު ޖެހިފައި އިނދެއެވެ. އަދި ފައިތިލައިގައި ހިމެނޭ ހުރިހާ ކަށިތަކުގެ ތެރެއިން އެންމެ ބޮޑު ކަށިގަނޑަކީ ވެސް ފުންނާބު ކަށިގަނޑެވެ.