ފައި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފުންމަވާ: ސަމުގާ, ހޯއްދަވާ
ފައި
Gray1240.png
Lateral aspect of right leg
Latin membrum inferius
Dorlands/Elsevier m_08/12523391

ފައި (އިނގިރޭސި ބަހުން: leg)އަކީ އިންސާނާގެ ހަށިގަނޑުގައި އުކުޅު ވަޅުން ފެށިގެން ނުވަތަ އުނަގަނޑުން ފެށިގެން ތިރިއަށް ގޮސް ފައިތިލަ އާއި ހަމައަށްވާ ބައެވެ.މާކަޅުވާ،އަދި މާކަޅުވާގެ މަސްގަނޑުކަމުގައި ބެލެވޭ ފަލަމަސްގަނޑު، ކަކޫ، އަދި ކުޑަ ކަޅުވާ ،ހިމެނެނީ ފައިގައެވެ. ފައިގައި ހިމެނެނީ މައިގަނޑު 3 ކަށިގަނޑެކެވެ. އެއީ ހަށިގަނޑުގައި ހިމެނޭ އެންމެ ބޮޑު ކަށިގަނޑު ކަމުގައި ބެލެވޭ ފަލަމަސް ކަށިގަނޑު(އިނގިރޭސި ބަހުން: Femur)، އާއި ފައިދަނޑީގެ މައި ދެކަށިގަނޑު ކަމުގައިވާ ކުޑަކަޅުވާ ކަށިގަނޑު(އިނގިރޭސި ބަހުން: Fibula)އަދި ކަށިމަތި ކަށިގަނޑު(އިނގިރޭސި ބަހުން: Tibia)އެވެ. މީގެ އިތުރުން ފިޔަން ކަށިގަނޑު(އިނގިރޭސި ބަހުން: Patella) ހިމެނެއެވެ. ފިޔަން ކަށިގަނޑު އަކީ ކަކޫމަތީގައި އޮންނަ ދުވާ ކަށިގަނޑެކެވެ.

ފައިގެ ކަށިތައް[އުނިއިތުރު ގެންނަވާ]