ދުނިޔޭގެ ފެނުއަޑީގައިވާ 7 އަޖައިބު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދުނިޔޭގެ ފެނުއަޑީގައިވާ 7 އަޖައިބު އަކީ އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ކޮންސަރވޭޝަން، އެޑިޔުކޭޝަން، ޑައިވިންގ، އެވެއަރނެސް އެންޑް މެރިން ރިސާރޗް ގެ ފަރާތުން ހޮވާފައިވާ ތަފާތު 7 ތަނެކެވެ.

އަޖައިބުތައް[އުނިއިތުރު ގެންނަވާ]

ޕަލާއޫ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޕަލާއޫ

ޕަލާއޫ އަކީ ފިލިޕީންސްގެ 500 މޭލު އިރުން ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ގައުމެކެވެ. ޕަލާއޫގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ޕަލާއޫ އެވެ. ޕަލާއޫ މިނިވަންވީ 1 އޮކްޓޯބަރު 1994 ގައެވެ. މިއީ ދުނިޔޭގެ އެންމެ ކުޑަ އަދި އެންމެ ޅަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އިގިރޭސި ބަހުން ކިޔާ ޕަލާއޫ ނެގިފައިވަނީ ޕަލާއޫ މީހުން ޕަލާއޫ އަށް ކިޔާ ނަން ކަމުގައިވާ ބެލާއޫ އިންނެވެ.ޕަލާއޫގެ އަސްލު އަހުލުވެރިންނަކީ އޮސްޓަރުލިޔާ، ޕޮލިނީޝިޔާ، އަދި އޭޝިޔާ އިން އައި ބަޔެއްކަމަށް ވެދާނެއެވެ. ވަރަށް ފަހަކާ ޖެހެންދެން ޕަލާއޫ އަކީ މައިކްރޯނޭޝިއާގެ ބައެއްގެ ގޮތުގައި ބެލެވުނު ތަނެކެވެ. އޮސްޓަރުލިޔާ އަދި ޔޫރަޕްގެ މީހުންގެ ތެރޭގައި ޕަލާއޫ މަޝްހޫރު ވެފައިވަނީ ކަޅު ރަށްތައް މިނަމުންނެވެ. ދާދި ފަހުން މީހުން ފެނުނު މީހުން ވަޅުލާ ގަބުރުސްތާންގެ ތާރީޚީ ދިރާސާތައް ހެކިދޭގޮތުން އޯޝޭނިޔާގައި އޮތް އެންމެ ދުވަސްވީ މިފަދަ ގަބުރުސްތާނަކީ ޕަލާއޫ ގައި އޮތް މިބުނި ތަނެވެ.

ބެލީޒް ބެރިއަރ ރީފް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބެލީޒް ބެރިއަރ ރީފް

މިއީ ބެލީޒްގެ އައްސޭރި ފަށުގައި އޮންނަ މުރަކައިގެ ފަރެކެވެ.ބެލީޒް ބެރިއަރ ރީފް އަކީ ބެލީޒްގެ އައްސޭރި ފަށުގައި އޮންނަ މުރަކައިގެ ފަރެކެވެ. މިފަރު އޮންނަނީ ބެލީޒްގެ އައްސޭރިފަށުގެ އުތުރުން 300 މީޓަރު ދުރުގައި އަދި ދެކުނުން 25 މޭލު ދުރުގައެވެ. އޮސްޓްރޭލިޔާގެ ގްރޭޓް ބެރިއަރ ރީފް ނެގުމަށްފަހު ދުނިޔޭގައިވާ އެންމެ ބޮޑު ނުވަތަ ދުނިޔޭގައިވާ ދެވަނަ އަށް އެންމެ ބޮޑު ފަރަކީ ބެލީޒް ބެރިއަރ ރީފް އެވެ. ބެލީޒް ބެރިއަރ ރީފް އަކީ މީސޯއެމެރިކަން ރީފް ސިސްޓަމް ގައި ހިމެނޭ ބައެވެ. ނުވަތަ މިބުނި ރީފް ސިސްޓަމުގައި ހިމެނޭ 300 ކިލޯ މީޓަރުގެ ސަރަހައްދެކެވެ. ވަރަށް ގިނަ އަދަދަކަށް ފަތުރުވެރިން ކޮންމެ އަހަރަކުވެސް ބެލީޒް ބެރިއަރ ރީފް އަށް ޒިޔާރަތްކުރާ ކަމަށް ވެއެވެ.

ގްރޭޓް ބެރިއަރ ރީފް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ގްރޭޓް ބެރިއަރ ރީފް

ގްރޭޓް ބެރިއަރ ރީފް ޔޫރަޕްގެ މީހުންގެ މެދުގައި މަގުބޫލު ވެގެން އައީ 11 ޖޫން 1770 ގައި ކެޕްޓަން ޖޭމްސް ކޫކް މިފަރަށް ޒިޔާރަތްކޮށް ބެލުމަށް ފަހުގައެވެ. އޮސްޓްރޭލިޔާގެ އަސްލު ރަށްވެހިންނަށް މީގެ އެތަކެއް ހާސް އަހަރު ކުރިން ވެސް މިފަރު އެގިފައިވާކަމަށް ބުނެވެއެވެ. މިހާރު ފަރުން ފެންނަށް ހުރި މުރަކައިގެ ބައިތައް ހުރީ މީގެ 18000 އަހަރު ކުރިން އުފެދިފައި ހުރި ޕްލެޓް ފޯމެއްގެ މަތީގައި ކަމަށް ބުނެވެއެވެ. ގްރޭޓް ބެރިއަރ ރީފް ގައި ތަފާތު 30 ބާވަތުގެ ބޮޑު މަސް، މިޔަރު ފަދަ ތަކެތި އުޅޭކަމަށް މިހާތަނަށް ރިކޯޑް ކުރެވިފައި ވެއެވެ. އޭގެ ތެރޭގައި ޑްވާރފް މިންކީ ވޭލް، އިންޑޯ ޕެސިފިކް ހަމްޕެކް ޑޮލްފިން، އަދި ހަމްޕެކް ވޭލް ހިމެނެއެވެ. އަދި ގިނަ އަދަދަކަށް ޑޫގޮންގ ވެސް އުޅޭކަމަށްވަނީ ފާހަގަ ކުރެވިފައެވެ. ތަފާތު 6ވައްތަރެއްގެ ވެލާ އުޅެއެވެ. އޭގެތެރޭގައި ގްރީން ސީ ޓާޓްލް، ލެދަރ ބެކް ޓާޓްލް، ހޯކްސް ބިލް ޓާޓްލް، ލޮގަހެޑް ސީ ޓާޓްލް، ފްލެޓް ބެކް ޓާޓްލް، އަދި އޮލިވް ރިޑްލޭ ޓާޓްލް ހިމެނެއެވެ.

ހައިޑްރޯތާރމަލް ވެންޓް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހައިޑްރޯތާރމަލް ވެންޓް

ގަލާޕެގޮސް އައިލެންޑްސް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ގަލާޕެގޮސް އައިލެންޑްސް

ގަލާޕެގޮސް އައިލެންޑްސް އަކީ ޕެސިފިކް ކަނޑުގައި އެކްއާޑޯގެ 972 ކިލޯ މީޓަރު ހުޅަގުން އޮންނަ އަލިފާން ފަރުބަދަމަތީ ރަށްތަކެކެވެ. ގަލާޕެގޮސް އައިލެންޑްސްއަކީ ދެކުނު އެމެރިކާގެ ގައުމެއް ކަމުގައިވާ އެކްއާޑޯގެ ރަށްތަކެއްގެ ގޮތުގައި ބެލެވޭ ތަނެކެވެ. މިރަށްތަކުގެ އާބާދީ އަކީ ގާތްގަނޑަކަށް 40 ހާސް އެވެ. މިރަށްތަކަކީ އެކުއާޑޯގެ ގައުމީ ޕާރކް ނިޒާމްގެ ތެރޭގައި ހިމެނޭ ތަނެކެވެ. މިރަށުގެ އަހުލުވެރިން މައިގަނޑު ގޮތެއްގައި ވާހަކަ ދައްކަނީ ސްޕެނިޝް ބަހުންނެވެ. މިރަށްތަކުގެ ނެވިގޭޝަން ޗާރޓެއް ފުރަތަމަ ކުރަހާފައިވަނީ 1684 ވަނަ އަހަރު އެމްބްރޯސް ކައުލޭ އެވެ. ސްޕެނިޝް ބަހުން ގަލަޕެގޯ ގެ މާނަ އަކީ އަސްދާނު އެވެ. ގަލާޕެގޮސް އައިލެންޑްސް ގެ ތެރޭގައި ހިމެނެނީ މައިގަނޑު 13 ރަށެވެ .

ބައިކަލް ކުޅި[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބައިކަލް ކުޅި

ބައިކަލް ކުޅިއަކީ ރަޝިޔާގެ ދެކުނު ސައިބީރިޔާގައި އޮންނަ ކުޅިއެކެވެ. މިކުޅި އޮންނަނީ ހުޅަގު އުތުރުން އިރްކަޓްސްކް އާއި އިރު ދެކުނުން ބަރްޔަތު ރިޕަބްލިކް އާއި ދެމެދުގައެވެ. ނުވަތަ ބަރްޔަތު ރިޕަބްލިކްގެ އިރުމަތީ އައްސޭރި ފަށުގައެވެ. ސައިބީރިޔާގެ ނޫލޯ ގެ ނަމުން ވެސް މިތަން މަޝްހޫރު ވެފައިވެއެވެ. 1637 މީޓަރުގެ ފުން ބައިކަލް ކުޅި އަކީ ދުނިޔޭގައިވާ އެންމެ ފުން ކުޅި އެވެ. އަދި މިއީ ދުނިޔޭގައިވާ ތާޒާފެން އެކުލެވޭ އެންމެ ބޮޑު ކުޅި ވެސް މެއެވެ. ދުނިޔޭގައި ހިމެނޭ ތާޒާ ފެނުގެ ޖުމުލައިގެ 20 އިންސައްތަ ހިއްޞާ ކުރަނީ ބައިކަލް ކުޅި އެވެ. ދުނިޔޭގެ އާޘާރީ ތަރިކައެއްގެ ގޮތުގައި ބަލައި ރައްކާކުރެވޭނެ ތަނެއްކަމަށް ޔުނެސްކޯ އިން ބައިކަލް ކުޅި ކަނޑައެޅީ 1996 ވަނަ އަހަރު އެވެ.

25 މިލިއަން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބުނާ ބައިކަލް ކުޅި އަކީ ދުނިޔޭގައިވާ އެންމެ ދުވަސްވީ ކުޅިވެސް މެއެވެ. 1700 އަށްވުރެ ގިނަ ތަފާތު ވައްތަރުގެ ގަސްގަހާއި. ޖަނަވާރާއި ދޫނި ސޫފާސޫފި މިހިސާބުގައި އުޅޭކަމަށް ބުނެވެއެވެ. އަދި އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި ތަކެއްޗަކީ ހަމައެކަނި ބައިކަލް ކުޅި ހިމެނޭ ހިސާބުގައި އުޅޭ ތަކެތި ކަމަށް ބުނެވެއެވެ.

ރަތް ކަނޑު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ރަތް ކަނޑު

ރަތް ކަނޑު އޮންނަނީ އޭޝިޔާ ބައްރާއި އެފްރީކާ ބައްރުގެ ދެމެގައެވެ. ރަތް ކަނޑުގެ އައްސޭރިއަށް ބޯޑަރު ކުރެވިފައިވާ ބޮޑެތި ގައުމުތަކުގެ ތެރޭގައި މިޞްރު އަދި ސަޢޫދީ އަރަބިއްޔާ ހިމެނެއެވެ. ރަތް ކަނޑު ދެކުނުން ގުޅިފައިވަނީ އިންޑިޔާ ކަނޑާއެވެ. އެއީ ބާބު އަލްމަންދިބް އަދި އަދަން ކަނޑު އޮޅި އޮތް ހިސާބުންނެވެ. އުތުރުން ނިމިފައިވަނީ އަގަބާ ކަނޑު އޮޅި އަށާއި ސުއޭޒް ކަނޑު އޮޅި އަށެވެ. ސުއޭޒް ކަނޑުއޮޅި ނިމޭ ހިސާބުގައިވަނީ މެދުތެރޭ ކަނޑާއި ރަތް ކަނޑު ގުޅުވައިދޭ ސުއޭޒް ކެނަލް އެވެ.