ޕަލާއޫ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޕަލާއޫ ، މި ޤައުމަކީ އެހެން ޤައުމު ތަކެކޭ އެއްފަދައިން ފާހަގަ ކޮށްލެވޭ ޤައުމެކެވެ. ޕަލާއޫ އަކީ ފިލިޕީންސްގެ 500 މޭލު އިރުން ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ގައުމެކެވެ. ޕަލާއޫގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ޕަލާއޫ އެވެ. ޕަލާއޫ މިނިވަންވީ 1 އޮކްޓޯބަރު 1994 ގައެވެ. މިއީ ދުނިޔޭގެ އެންމެ ކުޑަ އަދި އެންމެ ޅަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އިގިރޭސި ބަހުން ކިޔާ ޕަލާއޫ ނެގިފައިވަނީ ޕަލާއޫ މީހުން ޕަލާއޫ އަށް ކިޔާ ނަން ކަމުގައިވާ ބެލާއޫ އިންނެވެ.

ތާރީޚް[އުނިއިތުރު ގެންނަވާ]

އާކިއޮލޮޖީ[އުނިއިތުރު ގެންނަވާ]

ޕަލާއޫގެ އަސްލު އަހުލުވެރިންނަކީ އޮސްޓަރުލިޔާ، ޕޮލިނީޝިޔާ، އަދި އޭޝިޔާ އިން އައި ބަޔެއްކަމަށް ވެދާނެއެވެ. ވަރަށް ފަހަކާ ޖެހެންދެން ޕަލާއޫ އަކީ މައިކްރޯނޭޝިއާގެ ބައެއްގެ ގޮތުގައި ބެލެވުނު ތަނެކެވެ. އޮސްޓަރުލިޔާ އަދި ޔޫރަޕްގެ މީހުންގެ ތެރޭގައި ޕަލާއޫ މަޝްހޫރު ވެފައިވަނީ ކަޅު ރަށްތައް މިނަމުންނެވެ. ދާދި ފަހުން މީހުން ފެނުނު މީހުން ވަޅުލާ ގަބުރުސްތާންގެ ތާރީޚީ ދިރާސާތައް ހެކިދޭގޮތުން އޯޝޭނިޔާގައި އޮތް އެންމެ ދުވަސްވީ މިފަދަ ގަބުރުސްތާނަކީ ޕަލާއޫ ގައި އޮތް މިބުނި ތަނެވެ.

ދެވަނަ ބޮޑު ހަގުރާމަ އަށްފަހު އދ. އާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ޕަލާއޫ މިނިވަންދެން އެގައުމު އޮތީ އެމެރިކާގެ ޓެރިޓަރީއެއްގެ ގޮތުގައެވެ.

1993ން ފެށިގެން ޕަލާއޫގައި 'ބެންޓް ޕްރޮޕް މަޝްރޫޢު ހިންގުމަށް އުޅުނު އެމެރިކާ މީހުންގެ ތެރެއިން ބައެއް މީހުންވަނީ ޕަލާއޫ ގައި ގެއްލިފައެވެ. މިބުނި މީހުންނަކީ ވޮލަންޓިއަރުންގެ ގޮތުގައި ޕަލާއޫގެ މޫދާއި، ޖަންގަލީގެ ދިރާސާތައް ހެދުމަށް އުޅޭ މީހުންނެވެ.

އިޤްތިޞާދު[އުނިއިތުރު ގެންނަވާ]

ޤައުމުގެ އިޤްތިޞާދު ބިނާ ވެގެންވަނީ ގައުމުގެ ރައްޔިތުން ކުރާ ތަފާތު މަސައްކަތް ތަކުގެ މައްޗަށެވެ.

މި މަޒުމޫނަކީ މުޅިން ފުރިހަމަ ވެފައިވާ މަޒުމޫނެއް ނޫނެވެ. މި މަޒުމޫނު ފުރިހަމަ ކޮށްދެއްވަން ބޭނުންފުޅު ނަމަ އިނގިރޭސި ވިކިޕީޑިއާ ގައި މި ޢުންވާނުގެ ދަށުން ލިޔެވިފައިވާ މަޒުމޫނު ބައްލަވައިގެން ތަރުޖަމާގެ ނުނިމި އޮތް ބައި ފުރިހަމަކޮށް ދެއްވާށެވެ. ކަނާތްފަރާތުގެ އަރިމަތީގައިވާ ފާލަންތަކުން އިނގިރޭސި ބަހުން އޮތް މަޒުމޫނަށް ވަޑައިގެންނެވޭނެއެވެ.