ރަތް ކަނޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Location of the Red Sea

ރަތް ކަނޑު އޮންނަނީ އޭޝިޔާ ބައްރާއި އެފްރީކާ ބައްރުގެ ދެމެގައެވެ. ރަތް ކަނޑުގެ އައްސޭރިއަށް ބޯޑަރު ކުރެވިފައިވާ ބޮޑެތި ގައުމުތަކުގެ ތެރޭގައި މިޞްރު އަދި ސަޢޫދީ އަރަބިއްޔާ ހިމެނެއެވެ. ރަތް ކަނޑު ދެކުނުން ގުޅިފައިވަނީ އިންޑިޔާ ކަނޑާއެވެ. އެއީ ބާބު އަލްމަންދިބް އަދި އަދަން ކަނޑު އޮޅި އޮތް ހިސާބުންނެވެ. އުތުރުން ނިމިފައިވަނީ އަގަބާ ކަނޑު އޮޅި އަށާއި ސުއޭޒް ކަނޑު އޮޅި އަށެވެ. ސުއޭޒް ކަނޑުއޮޅި ނިމޭ ހިސާބުގައިވަނީ މެދުތެރޭ ކަނޑާއި ރަތް ކަނޑު ގުޅުވައިދޭ ސުއޭޒް ކެނަލް އެވެ.

ރަތް ކަނޑުގެ ބޮޑު މިނުގައި 174،000 އަކަ ކިލޯ މީޓަރު ހުރެއެވެ. ދިގުމިނުގައި 1200 މޭލު ހުންނައިރު އެންމެ ފުޅާ ހިސާބުގެ ފުޅާ މިނުގައި 190 މޭލު ހުރެއެވެ. ރަތް ކަނޑުގެ އެންމެ ފުންކަމަށް ބެލެވޭ ސެންޓްރަލް މީޑިއަން ޓްރެންޗް އޭ ކިޔާ ހިސާބުގެ ފުންމިނުގައި 8200 ފޫޓް ހުރެއެވެ. އަދި އެވްރެޖް ފުންމިން އުޅެނީ 1640 ފޫޓް ގައެވެ. 1000 އަށްވުރެ ގިނަ ދިރޭ ތަކެތީގެ ބާވަތްތަކާއި 200 އަށްވުރެ ގިނަ މުރަކައާއި ގަލުގެ ބާވަތްތައް ރަތް ކަނޑުގެ ދިރުމުގައިވާ ކަމަށް ބުނެވެއެވެ. ރަތްކަނޑަކީ ގްލޯބަލް 200 ހިމެނޭ އިކޯ ރީޖަން އެކެވެ.

ނަން[އުނިއިތުރު ގެންނަވާ]

ރަތް ކަނޑު މިނަމާއި އެކަނޑުގެ ފެންގަނޑުގެ ކުލައާ ގުޅުމެއް ނެތެވެ. ސަބަބަކީ ރަތް ކަނޑުވެސް އޮންނަނީ އެހެން ކަނޑުތަކެކޭ އެއްގޮތަށް ނޫކުލައިގައި ކަމަށްވާތީ އެވެ. ބައެއް މީހުން ބުނާގޮތުން ރަތް ކަނޑޭ ކިޔެނީ މޫސުމުގެ ވަކި ދުވަސްވަރެއްގައި ރަތް ކަނޑުގެ އައްސޭރި ފަށަށް ލައްގާ ޓްރައިކޯޑެސްމިއަމް އެރީތްރިއަމް އޭ ކިޔޭ ސިއެނޯބެކްޓީރިއާ އެއްގެ ސަބަބުންނެވެ. އަނެއް ބަޔަކު ބުނާގޮތުން ރަތް ކަނޑު މިނަން ގުޅިފައިވަނީ ރަތްކަނޑުގެ ވަށައިގެން އައްސޭރި ފަށުން ފެންނަށް ހުންނަ ރަތްކުލައިގެ ފަރުބަދަ ތަކާއެވެ.

އިބްރީ ބަހުން ޔާމް ސަފް ގެ މާނައަކީ ރީޑް ސީ އެވެ. އަދި މިބަސް ގްރީކް ބަހަށް ތަރުޖަމާ ކުރެވިފައިވަނީ އެރިތްރާ ތަލައްސާ މިހެންނެވެ. މާނައަކީ ރަތް ކަނޑު މިއެވެ. މިހާރުގެ އިބްރީ ބަހުގައި ރަތްކަނޑަށް ޔާމް ސަފް މިނަމުން މުޚާތަބު ކުރެވެއެވެ.

ތާރީޚް[އުނިއިތުރު ގެންނަވާ]

ރަތް ކަނޑު ފުރަތަމަ ހޯދައި އެތަން ބަލައި ހެދި މީހުންނަކީ ގަދީމީ ޒަމާނުގެ މިޞްރު މީހުން ކަމަށްވަނީ ގަބޫލު ކުރެވިފައެވެ. ރަތްކަނޑު އޮތް ސަރަހައްދާއި މެދު ޔޫރަޕްގެ މީހުންގެ ހިތްތަކުގައި ޝައުގުވެރިކަން އުފެދިގެން އައީ މީލާދީގެ 15 ވަނަ ގަރުނުގެ ފަހުންނެވެ. ރަތް ކަނޑާއި މެދުތެރޭ ކަނޑު ގުޅުވައިދޭ ސުއޭޒް ކެނަލް ފުރަތަމަ ހުޅުވާފައިވަނީ 1869 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެދުވަސްވަރު ފަރަންސޭސި ވިލާތް، އިގިރޭސި ވިލާތް އަދި އިޓަލީ ވިލާތުގެ މުދާ އުފުލާ އުޅަދުތައް ސުއޭޒް ކެނަލް ހުރަސްކޮށް ދަތުރު ކޮށްފައި ވެއެވެ. 1967 ވަނަ އަހަރު މިޞްރާއި އިސްރާއީލާއި ދެމެދު ކުރެވުނު 6 ދުވަހުގެ ހަގުރާމަ އަށްފަހު 1975 ވަނަ އަހަރާއި ޖެހެންދެން ސުއޭޒް ކެނަލް އޮތީ ބަންދުކޮށްފައެވެ.

އޯޝެނޯގްރަފީ[އުނިއިތުރު ގެންނަވާ]

  • ޖައްވު
  • ލޮނުކަން
  • ރާޅުބާނި
  • އޮއިވަރު
  • ވައިޖެހޭ ގޮތް

ޖިއޮލޮޖީ[އުނިއިތުރު ގެންނަވާ]

ދިރިއުޅޭ ބާވަތްތައް[އުނިއިތުރު ގެންނަވާ]

އެކުލެވިގެންވާ މަޢުދަންތައް[އުނިއިތުރު ގެންނަވާ]

ފަތުރުވެރިކަން[އުނިއިތުރު ގެންނަވާ]

ލޮނު ފެނަށް ބަދަލުކުރާ ޕްލާންޓްތައް[އުނިއިތުރު ގެންނަވާ]

ރަތްކަނޑުގެ އައްސޭރީގައި ބޯޑަރު ކުރެވިފައިވާ ގައުމުތަކާއި ޝަހަރުތައް[އުނިއިތުރު ގެންނަވާ]