Jump to content

ބެލީޒް ބެރިއަރ ރީފް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ބެލީޒް ބެރިއަރ ރީފް

ބެލީޒް ބެރިއަރ ރީފް އަކީ ބެލީޒްގެ އައްސޭރި ފަށުގައި އޮންނަ މުރަކައިގެ ފަރެކެވެ. މިފަރު އޮންނަނީ ބެލީޒްގެ އައްސޭރިފަށުގެ އުތުރުން 300 މީޓަރު ދުރުގައި އަދި ދެކުނުން 25 މޭލު ދުރުގައެވެ. އޮސްޓްރޭލިޔާގެ ގްރޭޓް ބެރިއަރ ރީފް ނެގުމަށްފަހު ދުނިޔޭގައިވާ އެންމެ ބޮޑު ނުވަތަ ދުނިޔޭގައިވާ ދެވަނަ އަށް އެންމެ ބޮޑު ފަރަކީ ބެލީޒް ބެރިއަރ ރީފް އެވެ. ބެލީޒް ބެރިއަރ ރީފް އަކީ މީސޯއެމެރިކަން ރީފް ސިސްޓަމް ގައި ހިމެނޭ ބައެވެ. ނުވަތަ މިބުނި ރީފް ސިސްޓަމުގައި ހިމެނޭ 300 ކިލޯ މީޓަރުގެ ސަރަހައްދެކެވެ. ވަރަށް ގިނަ އަދަދަކަށް ފަތުރުވެރިން ކޮންމެ އަހަރަކުވެސް ބެލީޒް ބެރިއަރ ރީފް އަށް ޒިޔާރަތްކުރާ ކަމަށް ވެއެވެ.

1842 ވަނަ އަހަރު ޗާރލްސް ޑާރވިން ބެލީޒް ބެރިއަރ ރީފް ސިފަކޮށްފައިވަނީ ވެސްޓް އިންޑީޒްގައިވާ އެންމެ ފާހަގަކޮށްލެވޭ ފަރުގެ ގޮތުގައެވެ. މިތަނަކީ ވަރަށް ގިނަ ވައްތަރުގެ ޖަނަވާރު އާއި ގަސް ފާނޑުގެ ތަކެއްޗަށް ހިޔާވައްސެކެވެ.