ފަންވަތް:Featured article/2013-04

ވިކިޕީޑިއާ އިންވިކިޕީޑިއާ

އިންޑިޔާ އަކީ (ހިންދީބަހުން: भारत गणराज्य)، ނުވަތަ ޢާއްމު ބަހުރުވާގައި ކިޔާ ގޮތަށް ނަމަ އުތުރުކަރަ އަކީ ދެކުނު އޭޝިޔާ އަށް ނިސްބަތް ވާ މިނިވަން ގައުމެކެވެ. ޖުޣުރާފީ އަކަމިނަށް ބަލާއިރު މިއީ ހަތްވަނައަށް އެއްމެ ބޮޑު ޤައުމެވެ. ދެވަނައަށް އެއްމެ އާބާދީ ބޮޑު ޤައުމު ވެސް މެއެވެ. އަދި ދުނިޔޭގައި މިވަގުތު އޮތް އެއްމެ ބައިގިނަ ލިބަރަލް ޑިމޮކްރަސީ އަކީ ވެސް އިންޑިޔާއެވެ. ޤައުމުގެ އިން ދެކުނު ބިތުން ގޮސް ގުޅެނީ ހިންދު ކަނޑާއެވެ. ހުޅަނގު ބިތުން ޢަރަބި ކަނޑާއެވެ. އިރުމަތީ ބިތުން ބޭ އޮފް ބެންގާލާއެވެ. އިންޑިޔާގެ ކިނާރީފަށުގައި 7000 ކިލޯމީޓަރު ހުރެއެވެ. ހުޅަނގު ބިތުގެ އިން ގުޅެނީ ޕާކިސްތާން އިމާއެވެ. އިރުއުތުރު އިން ގުޅެނީ ސީނުކަރަ އާއި ނޭޕާލާއި ބޫޓާނާ މިޤައުމުތަކުގެ އިމާއެވެ. އިރުމަތީ އިން ގުޅެނީ ބަރުމާ އާއި ބަންގާޅާ (ބަންގްލާދޭޝް) މި ދެ ޤައުމުގެ އިމާއެވެ. އިންޑިޔާ އަކީ، ހިންދު ކަނޑުގައި އޮތް އޮޅުދޫކަރަ އާއި ދިވެހިރާއްޖެއާއި އިންޑޮނޭޝިޔާގެ އަވަށްޓެރިއާ އެވެ. އަދި އިތުރަށް...