ފަންވަތް:Did you know/2010-02

ވިކިޕީޑިއާ އިންވިކިޕީޑިއާ
  • ކާތަކެތި ހިގާ ހޮޅި ގެ ދިގުމިނަކީ 25 ސެންޓިމީޓަރެވެ. އަދި މިހޮޅީގެ ވަށަމިނަކީ 1 އިންޗި އެވެ.
  • އިންސާނުން ހަށިގަނޑަށް އެތެރެކުރާ ކާތަކެތިން ހަށިގަނޑަށް ބޭނުންވާ ބައި ދަމައިގަތުމުގައި އެންމެ ފުރަތަމަ ހަރަކާތްތެރިވާ އެއްޗަކީ ކުޅުބޭރުކުރާ ގޮށް ތަކެވެ.
  • އިންސާނާގެ މައިދާ އިން އުފައްދާ ހަޖަމީ ޖޫސް ތަކުގެ ތެރޭގައި ކުޑަ ގޮހޮރު ޖޫސް، އަދި ޗިސްމޭ ޖޫސް ހިމެނެއެވެ. މިދިޔަތަކަކީ އޭގެ ތަބީޢަތުގައި އެސިޑިކް ތަކެއްޗެވެ.
  • އާދައިގެ މީހަކު ދުވާލެއްގެ މައްޗަށް 48-16 އައުންސް އާއި ދެމެދުގެ މިންވަރަކަށް ކުޅުބޭރުކުރާ ގޮށްތަކުން ކުޅު އުފައްދަ އެވެ.
  • އިންސާނާގެ މައިދާ އަށް އެއްފަހަރާ 1.5 ލިޓަރުގެ ކާތަކެތި ބެހެއްޓުމުގެ ގާބިލިއްޔަތު ލިބިގެންވެއެވެ.
  • އިންސާނާގެ ހަޖަމުކުރާ ނިޒާމްގެ ދިގުމިނުގައި ތުންފަތް އިން ފެށިގެން ފުރަގަސް ފަރާތު ދޮރު އާއި ހަމައަށް ގާތްގަނޑަކަށް 30 ފޫޓް ހުރެއެވެ. އޭގެތެރެއިން ހަމައެކަނި ކުޑަ ގޮހޮރުގެ ދިގުމިނުގައި 20 ފޫޓް ހުރެއެވެ.
  • އިންސާނާގެ ހަށިގަނޑުގައިވާ ފުރަމޭގެ ބަރުދަނުގައި 1.3 ކިލޯގްރާމް ހުރެއެވެ.