Jump to content

ފިޤްހު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން

އިސްލާމް


ޢަޤީދާ

  ތައުހީދް
މުޙައްމަދުގެފާނު  ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް  ނަމާދު
ރޯދަ  ޒަކާތް  ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން  ސުންނަތް  ޙަދީޘް
ފިޤުހު  ޝަރީޢާ  ކަލާމް  ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން  ހައިވާނުން  ފަންނުވެރިކަން
ކަލަންޑަރު  ކުޑަކުދިން
ޤައުމުތައް  ޢީދު
މިސްކިތް  ފަލްސަފާ
ޢުލޫމް  އަންހެނުން
ސިޔާސަތު  ދަޢުވާ

އިސްލާމި ނެރު
 v  d  e 

ފިޤްހަކީ އިސްލާމީ ޝަރީޢަތް އޭގެ މައްޗަށް ބިނާވެގެންވާ ޢިލްމެވެ. ބަހުގައި ފިޤުހުގެ މާނައަކީ ދޭހަވުން ނުވަތަ އެނގުމެވެ. އިސްޠީލާޙީ މާނަ؛ އެއީ ޢަމަލީ ކަމަކަށް، ތަފުޞީލީ ދަލީލަކުން ނުވަތަ ދަލީލު ތަކަކުން އިސްތިންބާޠުކުރެވިގެން ނެރެވޭ ޝަރުޢީ ޙުކުމްތައް ދަސްކޮށްދޭ ޢިލްމެވެ.

މާނައިގެ ޝަރަޙަ:

ޢަމަލީ ކަމަކަށް؛ ލޮލަށްފެންނަ ނުވަތަ ދިރިއުޅުމުގައި ކުރާ ކަންތައްތައް (އަޅުކަމުގެ ގޮތުންނާއި މުޢާމަލާތުގެ ގޮތުން ކުރެވޭ ކަންތައް)

ތަފުޞީލީ ދަލީލުތަކުން؛ އިސްލާމުދީނުގައި މާތްﷲ ކަނޑައަޅުއްވާފައިވާ ޙުކުމްތައް،( އިންސާނީ ދިރިއުޅުމުގެ ކޮންމެ ކަމަކަށްވެސް އިސްލާމުދީނުގައި ވަނީ ހުކުމް ކަނޑައަޅުއްވާފައެވެ. އެއްކަމެއްވެސް ދޫކޮއް ލައްވާފައެއް ނުވެއެވެ.)

އިސްޠިންބާތުކުރުން؛ ކަމެއްގައި އޮންނަ ޝަރުޢީޙުކުމް ދެނެގަންނާނެ ހަމަތަކުގެ މަތިން އެއަށް ވާޞިލުވުމެވެ.

މިސާލަކަށް "މިވެނިކަމެއް ކުރާށޭ" އޮތުމުން އޭގެ ޙަގީގީ ޙުކުމަކީ ވާޖިބުތޯ؟ ނުވަތަ ސުންނަތްތޯ؟ ނުވަތަ ހުއްދަތޯ؟ ނުވަތަ ނަޞީޙަތެއްތޯ؟ ކަނޑައެޅުމެވެ. އަދި މިވެނި ކަމެއް "ނުކުރާށޭ" އޮތުމުން އެއީ ޙަރާމް ކަމެއްތޯ؟ ނުވަތަ މަކުރޫހަ ކަމެއްތޯ؟ މިގޮތަށް ކަނޑައެޅުމެވެ.

ޝަރުޢި ހުކުމުތަށް؛ އެއީ ކީރިތި ޤުރުއާނުންނާއި މާތް ރަސޫލާ(ޞ)ގެ ސުންނަތުން ނެގޭ ޙުކުމްތަކެވެ.

ފިޤުހާއި ޝަރީޢަތާއި ހުރި ގުޅުން ޝަރީޢަތަކީ މާތްﷲގެ ވަޙީއެވެ. އެއީ ކީރިތި ޤުރުއާނާއި މާތް ރަސޫލާ (ޞ)ގެ ސުންނަތެވެ. އެދެ މަޞްދަރުން ނެގޭ ޙުކުމްތަކެވެ. ފިޤުހަކީ މިދެމަސްދަރުން ފިޤުހުޢިލްމުވެރިން އިސްތިންބާޠު ކުރައްވައިގެން ނެރޭ ޙުކުމަތަކެވެ.

ފިޤުހުގެ ޚާއްޞަ ކަންތައްތައް: ތަފާތު ފަހުމުތަކަށް އިޙުތިރާމުކުރުމާއި ބައެއްޙުކުމްތައް، ތަފާތު ޙާލަތުގައި ތަފާތު ގޮތްގޮތަށް ބަދަލުވުމާއި މަޤުޞަދަށް ބެލުން ހިމެނެއެވެ.


މި މަޒުމޫނަކީ މުޅިން ފުރިހަމަ ވެފައިވާ މަޒުމޫނެއް ނޫނެވެ. މި މަޒުމޫނު ފުރިހަމަ ކޮށްދެއްވަން ބޭނުންފުޅު ނަމަ އިނގިރޭސި ވިކިޕީޑިއާ ގައި މި ޢުންވާނުގެ ދަށުން ލިޔެވިފައިވާ މަޒުމޫނު ބައްލަވައިގެން ތަރުޖަމާގެ ނުނިމި އޮތް ބައި ފުރިހަމަކޮށް ދެއްވާށެވެ. ކަނާތްފަރާތުގެ އަރިމަތީގައިވާ ފާލަންތަކުން އިނގިރޭސި ބަހުން އޮތް މަޒުމޫނަށް ވަޑައިގެންނެވޭނެއެވެ.