އިބްރާހީމް މުޙައްމަދު ޞާލިޙް
އިބްރާހީމް މުޙައްމަދު ޞާލިޙް | |
|---|---|
އިބްރާހީމް މުޙައްމަދު ޞާލިޙް، 2018 | |
| ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ | |
މަޤާމުގައި 17 ނޮވެންބަރު 2018 – 17 ނޮވެންބަރު 2023 | |
| ނައިބު ރައީސް | ފައިޞަލް ނަސީމް |
| ކުރިން ހުންނެވީ | ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް |
| ފަހުން ވަޑައިގަތީ | |
| ރައްޔިތުންގެ މަޖިލީހުގެ މެންބަރު | |
މަޤާމުގައި 28 މޭ 2009 – 16 ނޮވެންބަރު 2018 | |
| ކުރިން ހުންނެވީ | މަޤާމު އުފެއްދެވުން |
| ފަހުން ވަޑައިގަތީ | ޖީހާން މަޙްމޫދު |
| ދާއިރާ | ހިންނަވަރު (ޅ. އަތޮޅު) |
މަޤާމުގައި 27 ފެބުުރުވަރީ 1995 – 27 މޭ 2009 | |
| ފަހުން ވަޑައިގަތީ | ދާއިރާ އުވައިލެއްވުން |
| ދާއިރާ | ފާދިއްޕޮޅު (ޅ. އަތޮޅު) |
| ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ ރައީސް | |
ވަގުތީ ގޮތުން | |
މަޤާމުގައި 24 ނޮވެންބަރު 2023 – 20 ފެބުރުވަރީ 2024 | |
| ކުރިން ހުންނެވީ | މުޙައްމަދު ނަޝީދު |
| ފަހުން ވަޑައިގަތީ | |
| އުފަންވީ | 4 މޭ 1964 ހިންނަވަރު (ޅ. އަތޮޅު) ، ދިވެހިރާއްޖެ |
| ސިޔާސީ ޕާޓީ | ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (2003އިން ފެށިގެން) |
| އަނބި ނުވަތަ ފިރި | ފަޒްނާ އަޙްމަދު |
| ދަރިން | 2 |
| ސޮއި | |
އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) އަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސެވެ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ 17 ނޮވެންބަރު 2018 ވީ ހޮނިހިރު ދުވަހުއެވެ.
ރައްޔިތުންގެ މަޖުލީހަށް އިބްރާހިމް މުޙައްމަދު ޞާލިޙު އެންމެ ފުރަތަމަ އިންތިހާބުވީ 1994 ވަނަ އަހަރު، އުމުރުން 30 އަހަރުގައި، އޭނާގެ އުފަން އަތޮޅު ފާދިއްޕޮޅު މަޖިލިސް މެމްބަރެއްގެ ގޮތުގައެވެ. 2003 އިން 2008 އަށް ކުރިއަށް ދިޔަ ސިޔާސީ އިސްލާހީ ހަރަކާތުގައި އޭނާ އިސް ދައުރެއް އަދާކުރި އިރު، އެކަމުގެ ސަބަބުން ރާއްޖޭގައި އާ ގާނޫނު އަސާސީއެއް ތަސްދީގުކޮށް، ފުރަތަމަ ފަހަރަށް ގިނަ ޕާޓީތަކެއް ހިމެނޭ ޑިމޮކްރަސީއެއް ގާއިމް ކުރެވުނެވެ. އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އުފެއްދުމުގައި ވެސް އިބޫ އިސް ދައުރެއް އަދާކުރިއެވެ. އިބޫ ވަނީ ދިގު މުއްދަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައެވެ. ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ކަމަށް އިބްރާހިމް މުޙައްމަދު ޞާލިޙު އިންތިހާބު ކުރެވުނީ 2018 ވަނަ އަހަރު ސެޕްޓެމްބަރ 23 ގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި މޯލްޑިވިއަށް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓްގައެވެ.
އަމިއްލަފުޅު ދިރިއުޅުއްވުން
[އުނިއިތުރު ގެންނަވާ]އިބްރާހިމް މުޙައްމަދު ޞާލިހް އުފަންވީ ފާދިއްޕޮޅު ހިންނަވަރުގައެވެ. އަދި ވަރަށް ހަގު އުމުރުގައި، ތައުލީމު ހާސިލް ކުރުމަށް ވެރިރަށް މާލެއަށް ހިޖުރަކުރިއެވެ. އޭނާ ސާނަވީ ތައުލީމު ހާސިލްކުރީ މަޖީދިއްޔާ ސްކޫލުންނެވެ. ސްކޫލު ދައުރުގައި ކުޅިވަރަށް ހާއްސަ ސަމާލުކަމެއް ދީ، ގިނަ ހަަރަކާތްތަކެއްގައި ބައިވެރިވިއެވެ. އޭގެ ސަބަބުން އޭނާ ވީ ގިނަ ބައެއްގ ެމެދުގައި މަގުބޫލު ދަރިވަރަކަށެވެ.
އިބޫ ކައިވެނި ކުރީ ފަޒްނާ އަޙްމަދު އާއެވެ. މި ކައިވެނިން 2 ކުދީން ލިބިފައި ވެއެވެ.
މަޝްހޫރު ޕޮލިޓީޝަން އަދި އިބޫގެ އަންހެނުންނާ ދެބެންގެ ދެދަރި މުޙައްމަދު ނަޝީދު އާ އިބޫ އަކީ ގާތް ރަހުމަތްތެރިންނެވެ. މަލްޓިޕާޓީ ޑިމޮކްރަސީ ގާއިމްކުރުމުގައި ޞާލިޙާއި ނަޝީދުގެ ދައުރު ވަރަށް ބޮޑެވެ. ރިޔާސީ ދައުރުގެ ތިން އަހަރު ފަހުން ޞާލިޙާއި ނަޝީދުގެ ގުޅުން ގޯސްވީ އެމީހުންގެ ޕާޓީގެ ތެރޭގައި އުފެދުނު ފިކުރީ މައްސަލަތަކުގެ ސަބަބުންނެވެ. އިބްރާހިމް މުޙައްމަދު ޞާލިޙު އަކީ 2018 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައީސް ކަމަށް އިންތިހާބު ކުރެވެންދެން އެ ޕާޓީގެ އިސް ފަރާތެއްގެ އިތުރުން 2009 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފުރަތަމަ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރެވެ.
ސިޔާސީ ކެރިއަރ
[އުނިއިތުރު ގެންނަވާ]އިބޫ އަކީ 2011 ވަނަ އަހަރުން ފެށިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރެވެ. އަދި 2017 ވަނަ އަހަރުގެ މާޗް މަހު އިދިކޮޅު ކޯލިޝަން އުފެދުނު ފަހުން ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމު ވެސް އޭނާ ވަނީ އަދާކުރައްވާފަ އެވެ.
2018 ވަނަ އަހރުގެ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހޮވުނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދާތީ، އޭނާއަށް ވާދަކުރުމުގެ ފުރުސަތު ގެއްލުމުންނެވެ.
2018 ގެ ރިޔާސީ އިންތިހާބުގައި، ވާދަވެރި ކެންޑިޑޭޓު ރައީސް ޔާމީން އަބްދުލް ޣައްޔޫމް ބަލިކުރީ %58.4 ވޯޓުން ކުރި ހޯދައިގެން ނެވެ. އެއީ 38،500 ވޯޓުގެ ތަފާތަކެވެ. މި އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުމަށް، އިންތިހާބުގެ ނަތީޖާ އޮޅުވާލާނެ ކަމަށް ބޭރުގެ އޮބްޒާވަރުން ލަފާކުރި ނަމަވެސް، ނަތީޖާ އިއުލާނު ކުރުން ނިމުމަކާ ގާތްވެފައި ވަނިކޮށް، ބަލި ގަބޫލުކޮށް އިންތިހާބުގެ ނަތީޖާ ގަބޫލުކުރާކަން އިއުލާނުކުރިއެވެ.
ރައީސްކަމުގެ ދައުރު
[އުނިއިތުރު ގެންނަވާ]އިބްރާހީމް މުޙައްމަދު ޞާލިޙު ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރެއްވީ، ރައީސް ޔާމިން ގެ 5 އަހަރުގެ ދައުރު ނިމުމުން، 17 ނޮވެމްބަރ 2018 ގައެވެ. ރައީސް އިބޫ އަކީ ދިވެހިރާއްޖޭގެ 7 ވަނަ ރައީސެވެ. އަދި ޑީމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިހާބުކުރެވުނު 3 ވަނަ ރައީސް އެވެ. ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިމި، 2008 ވަނަ އަހަރު ފުރަތަމަފަހަރަށް ޑިމޮކްރެޓިކް ހަމަތަކުން އިންތިހާބު ކުރެވުނު ރައީސް އަކީ މުޙައްމަދު ނަޝީދު އެވެ.
ރައީސް އިބޫ އަކީ ރާއްޖޭގެ ރައީސުންގެ ތެރެއިން ވެރިރަށް މާލެ ނޫން ރަށަކަށް އުފަން ފުރަތަމަ ރައީސެވެ. ރައީސް ކަމަށް އިންތިހާބު ވީ އުމުރުން 54 އަހަރުގައެވެ.
އިބޫ ވެރިކަމާ ހަވާލުވުމަށް ފަހު، ކެބިނެޓުން ދީފައިވާ ލަފައާ އެއްގޮތަށް، އަލުން ކޮމަން ވެލްތް އޮފް ނޭޝަންސް ގައި ދިވެހިރާއްޖެ ބައިވެރިވާނެކަން 19 ނޮވެމްބަރު ގައި އިއުލާނުކުރިއެވެ. ދިވެހިރާއްޖެ އަކީ 1982 އިން 2016 އާ ހަމައަށް ކޮމަްވެލްތް މެންބަރު ގައުމެކެވެ.
ކުރީގެ ރައީސް ޔާމިން ގެ ވެރިކަމުގައި ޗައިނާ އާ ގާތް ގުޅުމެއް ބޭއްވުމުގެ ސަބަބުން އިންޑިޔާ އާއި ދިވެހިރާއްޖޭގެ ގުޅުން ހީނަރުވެފައި ވަނިކޮށް، ރައީށް އިބޫ ވަނީ އިންޑިޔާ އާ ގާތް ގުޅުމެއް ދަމަހައްޓާފައެވެ. އަދި ހާރިޖީ ދާއިރާގައި ކުރިންވެސް ދަމަހައްޓަމުން އައި "އިންޑިއާ-ފަސްޓް" ސިޔާސަތު ހިފެހެއްޓިއެވެ.
| ކުރިން ހުންނެވީ: | ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ
2018 - 2023 |
ފަހުން ވަޑައިގަތީ: |