Jump to content

އަބްދުﷲ ޔާމިން

ވިކިޕީޑިއާ އިންވިކިޕީޑިއާ
އަބްދުﷲ ޔާމިން

އަބްދުالله ޔާމީން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީ ސަނަތުން 21 މެއި 1959ގައި ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭގައެވެ. ބައްޕާފުޅަކީ އަބްދުލްޤައްޔޫމް އިބްރާހިމް އެވެ. ޔާމިންގެ އެއްބަފާ ބޭބޭފުޅު، މައުމޫން އަބްދުލްޤައްޔޫމް ވަނީ 11 ނޮވެމްބަރު 1978 އިން 11 ނޮވެމްބަރު 2008 އަކަށް ދިވެހިރާއްގޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމު ފުރިހަމަކުރައްވާފައެވެ.

ތަޢުލީމީ ހަޔާތް[އުނިއިތުރު ގެންނަވާ]

ޔާމީން ފަށާތައުލީމާއި މެދުމަދަރުސީ ތަޢުލީމް ޙާސިލްކުރެއްވީ މަޖީދިއްޔާ ސުކޫލުންނެވެ. އެއަށްފަހު، ލުބުނާންގެ ވެރިރަށް ބެއިރޫތުގައި ހުންނަ އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުން އޮފީސް ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގުރީ ޙާސިލް ކުރެއްވިއެވެ. އެއަށްފަހު، ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓާސް ޙާސިލްކުރެއްވީ އެމެރިކާގެ ކެލިފޯނިޔާގެ ކުލެއާމޮންޓް ޔުނީވާސިޓީންނެވެ.

ދައުލަތައް ކޮށްދެއްވާފައިވާ ހިދުމަތްތައް[އުނިއިތުރު ގެންނަވާ]

ޔާމީން ސަރުކާރަށް ޙިދުމަތް ކުރައްވަން ފެއްޓެވީ، މިނިސްޓްރީއޮފް ހޯމް އެފެއަރސްގެ ލޭންޑް ސާވޭރެއްގެ މަޤާމުންނެވެ. ޔާމީނަކީ ވިޔަފާރިއާ ކޮމާސްގެ ދާއިރާއިން ބޮޑެތި އިންޤިލާބު ގެންނެވި ބޭފުޅެކެވެ. މިގޮތުން ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ދެކުންފުނި އެސްޓިއޯ އަދި ސްޓެލްކޯގެ ޑަރިކްޓަރ ބޯ ޑުގެ ޗެއަރ ޕާސަންގެ މަޤާމު އަދާކުރެއްވި ދުވަސްވަރު ، ޔާމީނުގެ ހުނަރުވެރިކަމުން މިދެކުންފުންޏަކީ މިނިވަން އަދި ސަރުކާރަށް ސާފު ފައިދާލިބޭ ކުންފުނި ތަކަކަށް ހެއްދެވި އެވެ. އަދި ދައުލަތުގެ އެއަރ ލައިން"އައިލެޑް އޭވިއޭޝަން ސާވިސް" އުފެއްދުފެއްދުމަށް ފަހު އެކުންޏަކީވެސް ދައުލަތަށް ފައިދާވާ ކުފުންޏަކަށް ހެއްދެވިއެވެ. ރާއްޖޭގެ ކަންކޮޅުތަކަށް ހަލުވި ދަތު ފަތުރުކުރުގެ ނިޒާމެއް އޮނަންޖެހޭ ކަމަށް ވަކާލާތު ކުރަމުން، އެއަރ ޓެސީގެ ޙިދުމަތް ތައާފު ކުރެއްވުމުގައި އިސްދައުރެއް އަދާކުރެއްވިއެވެ. 1988 ވަނައަހަރާއި 2001 ވަނަ އަހަރާއި ދެމެދު އެމަނިކުފާނު ވަނީ ރާއްޖޭގެ ރަށްތަކަށް ތެޔޮ ލިބޭނެ މަގުފަހިކޮއްދީފައެވެ. ވިޔަފާރީގެ ސިޔާސަތުތަކަށް އެމަނިކުފާނުވަނީ ފާހަނގަކޮއްލެވޭ އިންގިލާބުތަކެއް ގެނެސްދީފައެވެ. މީގެ އިރުރުން އެމަނިކުފާނު އިސްވެހުންނަވައި ކޮމާސް އަދި ވިޔަފާރީގެ އޮނިގަނޑު ޒަމާނީކުރަން މަސައްކަތްތަކެއް ކޮއްދެއްވާފައިވެއެވެ. އެމަނިކުފާނު ރާއްޖޭގެ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ބޮޑު ކުރެއްވުމައްޓަކައިވެސް މުހިއްމު ރޯލެއް އަދާކޮއްދީފައިވެއެވެ. އެމަނިކުފާނު ގެ ދައުރުގައި ވާރލްޑް ޓްރެޑް އޮގަނައިޒޭޝަން އަށް ރާއްޖެ ތައާރަފް ކޮއްދެއްވާފައި ވެއެވެ. މީގެ އިތުރުން ވޯލްޑް ގޮރޫޕުގެ މަލްޓި ގެރެންޓީ އެޖެންސީ އާއި ގުޅުން ބަދަހިކޮއްދީފައިވެއެވެ. އެމަނިކުފާނުގެ ލީޑާޝިޕްގެ ދަށުން ބައެއް ޤާނޫނުތަކަށް ހެޔޮ ބަދަލުތަކެއް ގެންނަވަން ޑްރާފްޓުކޮއް ހުށަހަޅާފައިވެއެވެ.. އެގޮތުން މުދާ އިމްޕޯރޓް އަދި އެކްސްޕޯރޓު ކުރުމާއިބެހޭ ގވާއިދުތަކާއި، ކޮންސިއުމާ ޕްރޮޓެކްޝަން އާއި ބެހޭ ގާނޫނުތަކާއި އަދި ވިޔަފާރިއާއިބެހޭ އެހެނިހެން ގާނޫނުތަށް އިސްލާހުކުރަން ހުށަހަޅާފައިވެއެވެ. ރާއްޖޭގައި ފުޅާކޮއް މުދާ އެތެރެކުރާ ވިޔަފާރިތަކުގެ ކޯޓާ ބާތިލްކުރުމުގެ ފަހަތުގައި ވަނީވެސް ޙުދު އެމަނިކުފާނުގެ މިންނެތް މަސައްކަތްތަކެވެ. އެމަނިކުފާނު ކުރެއްވި އަގުހުރި ޙިދުމަތްތަކުގެ ތެރޭގައި އެންމެފުރަތަމަ އިމޮޕޯރޓް ޑިއުޓީ ނަންގަވަން ފެއްޓެވުން ހިމެނެއެވެ.

ދައުލަތުގެ ކުންފުނިތަކަށް ގެންނެވި އިންޤިލާބުތަށް[އުނިއިތުރު ގެންނަވާ]

1993 ވަނަ އަހަރު ޔާމީން ރާއްޖޭގެ އެންމެ ބޮޑު ހަކަތަ އުފެއްދާ ފަރާތް މޯލްޑިވް އިލެކްޓިސީ ބޯޑް ހިންގުމާއި ހަވާލުވިއެވެ. އެދުވަސްވަރުބޯޑް ހިންގުމަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުން އަދި އެހެނިހެން ވަސީލައްތަކުގެ ދަތިކަން ވަނީ ތަހައްމަލް ކުރަން ޖެހިފައެވެ. މިފަދަ ދަނޑިވަޅެއްގައި އެމަނިކުފާނު އެންމެ ފުރަތަމަ ނިންމެވީ ބޯޑް ގެ ބަދަލުގައި ސަރުކާރަށް އާމްދަނީ ލިބޭ ކުފުންޏެއް އުފެއްދުމަށްފަހު، ކުފުފުނީގެ ދަށުން ޙިދުމަތް ފުޅާކުރުމެވެ. މިކޮތުން ސަޓޭޓް އިލެކްޓިސިޓީ ނުވަތް ސްޓެލްކޯ ގެނަމުގައި ކުން ފުންޏެއް އުފެއްދެވިއެވެ. އެއަށްފަހު ސްޓެލްކޯގެ ގެ މާލީ ހާލަތު ރަނގަޅުކޮށް އިންސާނީ ވަސީލައްތަށް ހަރުދަނާކުރުމަށް ހޭދަކުރުމަށް ޔާމީންގެ ލީޑާޝިޕްގެ ދަށުން އުފެއްދި އިންޖީނިއަރުން އަދި މެނޭޖްމެންޓް ޕްރޮފެޝަނަލުން ވެގެންދިޔައީ ހަކަތަ އުފެއްދުމުގެ މުސްތަގުބަލް ބައްޓަންވެގެންދިޔަ ބާރަކަށެވެ. އިދާރީ ގޮތުންނާއި ހިންގުމުގެ ގޮތުން މިއާ ބޮޑު އިންގިލާބުގެ ސަބަބުން، އެމަނިކުފާނު ދެން ނިންމީ ހަކަތަ ފޯރުކޮށްދިނުމަށް ބޭނުންވާ ތަކެތީގެ ނިސްބަތް އިތުރުކުރުމަށެވެ. މީގެ ނަތީޖާއަކަށް ވެގެންދިޔައީ މި ޙިދުމަތުގެ ބޭނުންކުރަމުންދާ ފަރާތްތަކުގެ އިތުބާރު ބޮޑުވެ ސްޓެލްކޯއަށް ކަރަންޓު ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެގެންދިޔަ ކަމަކަށެވެ. އެމަނިކުފާނު އިސްވެ ހުންނަވައި ދެފަހަރެއްގެ މަތިން ކަރަންޓުގެ އަގު ތިރިކުރެއްވިއެވެ. މި ކަން މިގޮތަށް ކުރެއްވީ، ހިދުމަތުގެ ފެންވަރަށް ބަދަލެއް ގެނައުމަކާއި ނުލައެވެ. އެމަނިކުފާނުގެ ހިންގުމުގެ ދަށުން މާލީހާލަތަށް އައި ކުރިއެރުމުގެ ސަބަބުން އެއްވެސް ލޯނެއްގެ އެހީއަކާއި ނުލައި ސްޓެލްކޯ ހިންގުމަށް އޮފީހެއް ޤާއިމުކުރެވިގެން ދިޔައެވެ. މީގެ އިތުރުން ކޮންމެ އަހަރަކު މުވައްޒިފުންގެ މަސައްކަތުގެ ފެނަވަރަށް ބަލައި އެވޯޑު ދެއްވަން ފެއްޓެވިއެވެ. އަދި މުވައްޒިފުންނަށް ކުންފުނީގެ ފައިދާއިން އިނާޔަށްތަށް ދެއްވަން ފެއްޓެވިއެވެ. މުވައްޒިފުންގެ ކުރިއެރުމަށް އިސްކަން ދެއްވުމުގެ ގޮތުން އެމަނިކުފާނު ނުހަނު ގިނަގުން ތަމްރީނު ދިނުމުގެ ޕްރޮގްރާމްތަކެއް ހިންގަމުން ގެންދެވިއެވެ. އެމަނިކުފާނުގެ ލީޑާޝިޕް ގެ ދަށުން މާލެއާއި އަތޮޅު ތެރެއަށް ކަރަނޓް ފޯރުކޮއްދިނުމުގެ ޕްރޮގްރާމްތަކެއް ހިންގަމުން ގެންދެވިއެވެ......ސްޓެލްކޯ ހިންގުމުގެ އިތުރުން އެމަނިކުފާނު އެސްޓީއޯގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއަރ ޕާސަންގެ މަޤާމު އަދާކުރެއްވިއެވެ. އެދުވަސްވަރު އެސްޓީއޯގެ އެންމެ މުހިންމު އެއް ވިޔަފާރިކަމަށްވާ މިފްކޯގެ ވިޔަފާރިވަނީ ވަރަށް ބޮޑު އަޑިގަނޑަކަށް ވެއްޓިފައެވެ. މިފްކޯ އަކީ އެދުވަސްވަރު އެސްޓީއޯއަށް ބޭރުފައިސާ ވައްދަމުންއައި ހަމައެކަނި ކުންފުންޏެވެ. ސަރުކާރުން ހިންގަމުން އަންނަ މިކުންފުނީގެ ތެލުގެ ބާޒާރު އަމިއްލަފަރާތެއްގެ އަތްމައްޗަށް ދޫވެގެން ދިޔައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އެސްޓީއޯ ގެ ވިޔަފާރި ވަރަށް ހަލުވި ދުވެއްޔެއްގައި ދަށަށް ޖެހިގެން ދިޔުމެވެ. މީގެ ސަބަބުން އެކުންފުނީގެ އެންމެ ބޮޑު މަޤަސަދުކަމަށްވާ ތަކެތީގެ އަގު ރައްޔިތުން އައްފޯރާފަށް ތިރުކޮށްދިނުމާއި މުޅިން ހިލާފުވިކަމަކަށެވެ. އެހެންކަމުން އެމަނިކުފާނު ނިންމެވީ އެސްޓީއޯގެ ވިޔަފާރި ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމަށެވެ. އެގޮތުން ކޮންސްޓްރަކްޝަން ކުރާ ފަރާތްތަކަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެސްޓީއޯއިން ދަރަންޏަށް ތަކެތި ދުކުރައްވަން ފެއްޓެވިއެވެ. އަދި އެސްޓީއޯއާއި އަމިއްލަ ކުންފުނިތަކުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ތަފާތު އެކި އެކި ފިޔަވަޅުތަށް އެޅުއްވިއެވެ. އެމަނިކުފާނު އިސްވެހުންނަވައި ރާއްޖެއްށް އެތެރެކުރާ މުދަލުގެ ތެރެއިން ބަދަލުގައި ބޭނުންކުރެވޭ ތަކެތި ނުވަތަ ރާއްޖޭގައި ހެއްދޭނެ ތަކެތި ކަނޑައެޅިއެވެ. މީގެ އިތުރުން އެސްޓީއޯގެ ދަށުން ހިންގަން ވިޔަފާރިތަކެއް ފެއްޓެވިއެވެ. އެ ކުންފުނިތަކުގެ ތެރޭގައި އެސްޓީއޯ މޯލްޑިވްސް ( ސިންގަޕޯރ) ޕވޓ ލޓޑ، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް، މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕވޓ ލޓޑ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕވޓ ލޓޑ، އަދި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ ހިމެނެއެވެ. މި ވިޔަފާރިތަކުގެ ސަބުބުން އެސްޓީއޯއަށް ނުހަނު ގިނަގުނަ ފައިދާތަކެއް ލިބިގެންދިޔައެވެ. އެމަނިކުފާނު ހިންގުމާއި ހަވާލުވެގެންހުރި ދުވަސްވަރު މުވައްޒިފުންނަށް ކްރެޑިޓް ސްކީމުގެ ދަށުން އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ތަކެތި ލިބޭނެ މަގު ތަނަވަސްކޮއްދެއްވާފައިވެއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފަޤީރުންނާއި މުއްސަނދީންގެ ފަރަގު ކުޑަވެ، އާންމު ގޮތެއްގައި އެންމެނަށް މިފަދަ ތަކެތީގެ ބޭނުންކުރެވޭނެ މަގު ތަނަވަށް ވެގެން ދިޔުމެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

ފަންވަތް:Persondata