ބޮޑު ކެކުރި

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ބޮނޑު ކެކުރި ވެލެއް

ބޮޑު ކެކުރި(އިނގިރޭސި ބަހުން: Cucumis sativus)ނުވަތަ ކިއުކަމްބާ(އިނގިރޭސި ބަހުން: Cucumber) އަކީ ތަރުކާރީގެ ގޮތުގައި ބޭނުންކުރާ ބާވަތެކެވެ. ބޮޑު ކެކުރީގައި އެކުލެވޭ ފައިދާ ހުރި މާއްދާތަކުގެ ތެރޭގައި ވިޓަމިން ސީ، ވިޓަމިން ކޭ، އަދި ޕަޓޭސިއަމް ހިމެނެއެވެ. މީގެ އިތުރުން ފައިބަރު، ފޮލިކް އެސިޑް، ވިޓަމިން އޭ، އަދި ވިޓަމިން ބީގެ ތަފާތު ބާވަތްތައް، މެގްނީޒިއަމް، ފޮސްފަރަސް ފަދަ މަޢުދަންތައް ހިމެނެއެވެ.

ޞިއްޙީ ފައިދާ[އުނިއިތުރު ގެންނަވާ]

  • ކިއުކަމްބާ އަކީ އެންމެ ރަގަޅު ތަބީއީ ޑަޔުރެޓިކް އެވެ. ކިއުކަމްބާ ކެއުމުން ފަސޭހަ ކަމާއެކު ކުޑަކަމުދެވި ކުޑަކަމުދާ ތަކެތި ބޭރުވުމަށް ބާރު އަޅައެވެ.
  • ގުރުދާ އަދި މަސާނާ ގެ ބަލިތަކަށް ލުއިކަން ކިއުކަމްބާ ކެއުމުން ލިބެއެވެ.
  • ކިއުކަމްބާ ގައި އެކުލެވޭ ޕަޓޭސިއަމް ގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވުން އަދި ދަށްވުން ފަދަ ޙާލަތް ތަކުގައި ބޭނުންތެރި އެއްޗަކަށް ކިއުކަމްބާ ވެއެވެ.
  • ޕްރޮޓީން ހަޖަމުކުރުމަށް އެހީވެދޭ އެންޒައިމެއް ކަމުގައިވާ އިރެޕްސިން ކިއުކަމްބާ ގައި ހުރެއެވެ.
  • ކެރެޓް ޖޫސް، ކިއުކަމްބާ ޖޫސް، ލެޓިއުސް ޖޫސް އަދި ސްޕިނެޗް ޖޫސް އެއްކޮށް ބުއިމުން އޭގައި އެކުލެވޭ ސިލިކޯން އަދި ސަލްފަރ ގެ ސަބަބުން އިސްތަށިތައް ހެދި ބޮޑުވުމަށް އެހީވެދޭ ކަމުގައި ބުނެވެއެވެ.
  • ކެރެޓް އަދި ކިއުކަމްބާ ޖޫސް އެއްކޮށްގެން ބުއިމަކީ ޔޫރިކް އެސިޑް ގިނަވުމުން ކުރިމަތިވާ ހުޅުގެ ބަލިތަކަށް ފައިދާހުރި ކަމެއްކަމަށް ބުނެވެއެވެ.
  • ކިއުކަމްބާގައި އެކުލެވޭ ތަފާތު މައުދަން ތަކުގެ ސަބަބުން ނިޔަފަތި ފަޅައިގެން ދިއުމާއި ބިދުން ފަދަ ކަންތަކުން ހިމާޔަތްކުރެއެވެ.
  • ކިއުކަމްބާ، ރެޑިޝް ، އަދި ފާގަޔަކީ ހަކުރު ބަލީގެ މީހުންނަށް ރަގަޅު އެއްޗެއް ކަމަށް ވެއެވެ.