ތާނަ އަލިފުބާގެ ތަރުތީބު
Appearance
(މިސްރާބުކުރެވުނީ Order of thaana alphabet އިން)
ތާނައިގެ އަލިފުބާ (Alphabet) ގެ އަކުރުތައް ބެހިގެންވަނީ ދެ ގިސްމަކަށެވެ. ފުރަތަމައީ ގަބުޅިތާނަ އެވެ. ދެވަނައީ ތިކިޖެހި ތާނައެވެ. ގަބުޅި ތާނައިގެ 26 އަކުރު ބެހެނީ 5 ބަޔަކަށެވެ.
- އަރަބި ވިޔައިން ހެދުނު ނުވަ އަކުރު
- ދިވެހި ވިޔައިން ހެދުނު ނުވަ އަކުރު
- ވިޔަ އަކުރު ނުދެވޭ މައް އަކުރު
- ބޭރުން ވެއްދި އަކުރު
- ބަދަލުވާ އަކުރު
އަރަބި ވިޔައިން ހެދުނު ނުވަ އަކުރު
[އުނިއިތުރު ގެންނަވާ]ހ ށ ނ ރ ބ ޅ ކ އ ވ
ދިވެހި ވިޔައިން ހެދުނު ނުވަ އަކުރު
[އުނިއިތުރު ގެންނަވާ]މ ފ ދ ތ ލ ގ ޱ ސ ޑ
ވިޔަ އަކުރު ނުދެވޭ މައް އަކުރު
[އުނިއިތުރު ގެންނަވާ]ޝ
ބޭރުން ވެއްދި އަކުރު
[އުނިއިތުރު ގެންނަވާ]ޒ
ބަދަލުވާ އަކުރު
[އުނިއިތުރު ގެންނަވާ]ޓ، ޏ، ޔ، ޕ، ޖ، ޗ
މިއަކުރު ތަކުގެ ތަރުތީބަކީ ބަދަލުވެވޭ އަކުރުގެ ތަރުތީބެވެ. އެއީ - (ށ، ނ، އ، ފ، ދ، ތ)
ޓ (ށ - ބަށި، ބައްޓެއް)، ޏ (ނ - އުނި، އުންޏެއް)، ޔ (އ - މުއި، މުޔެއް)، ޕ (ފ - ކަފި، ކަތްޕެއް)، ޖ (ދ - ބަނދި، ބަންޖެއް)، ޗ (ތ - ފަތި، ފައްޗެއް)
ބަދަލުވާ އަކުރުތައް ހެދިފައިވަނީ ބަދަލުވާއަކުރުގެ އަސްލުންނެވެ.
- ޓަވިޔަނީގެ އަޞްލަކީ ށަވިޔަންޏެވެ. ޓަވިޔަނި ހެއްދުނީ ށަވިޔަނީގެ ފައިކޮޅު ލަނބާލައިގެންނެވެ. އެހެން ނަމަވެސް ޒަމާން ބަދަލުވެ ޓަވިޔަނީގެ މަތީ ބައިގެ ސިފަ މިހާރު އެ ވަނީ ތާނައިގެ ފަސްވަނަ އަކުރު ކަމުގައިވާ ބ ގެ ސިފައަށް ބަދަލުވެފައެވެ. އެހެނަސް އަޞްލަކީ ށަވިޔަންޏެވެ. ބާއެއް ނޫނެވެ.
- ޏަވިޔަނީގެ އަޞްލަކީ ނޫނެވެ. ޏަވިޔަނި ހެއްދުނީ ނޫނުގެ ފައިކޮޅު ލަނބާލައިގެންނެވެ.
- ޔާ ހެއްދުނީ އަލިފުގެ ފަހަތު ފައިކަށީގައި ގޮށެއް ލައިގެންނެވެ.
- ޕަވިޔަނި ހެއްދުނީ ފާފުގެ ތިރީގައި ތިކިފުޅެއް ޖަހައިގެންނެވެ.
- ޖަވިޔަނި ހެއްދުނީ ދާލުގެ ފައިކޮޅު ލަނބާލައިގެންނެވެ.
- ޗަވިޔަނި ހެއްދިފައިވަނީ ތާގެ މައްޗަށް ދަނޑިކޮޅެއް ލައިގެންނެވެ.