ތާނަ އަލިފުބާގެ ތަރުތީބު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ތާނައިގެ އަލިފުބާ (Alphabet) ގެ އަކުރުތައް ބެހިގެންވަނީ ދެ ގިސްމަކަށެވެ. ފުރަތަމައީ ގަބުޅިތާނަ އެވެ. ދެވަނައީ ތިކިޖެހި ތާނައެވެ. ގަބުޅި ތާނައިގެ 26 އަކުރު ބެހެނީ 5 ބަޔަކަށެވެ.

  1. އަރަބި ވިޔައިން ހެދުނު ނުވަ އަކުރު
  2. ދިވެހި ވިޔައިން ހެދުނު ނުވަ އަކުރު
  3. ވިޔަ އަކުރު ނުދެވޭ މައް އަކުރު
  4. ބޭރުން ވެއްދި އަކުރު
  5. ބަދަލުވާ އަކުރު


ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

އަރަބި ވިޔައިން ހެދުނު ނުވަ އަކުރު[އުނިއިތުރު ގެންނަވާ]

ހ ށ ނ ރ ބ ޅ ކ އ ވ

ދިވެހި ވިޔައިން ހެދުނު ނުވަ އަކުރު[އުނިއިތުރު ގެންނަވާ]

މ ފ ދ ތ ލ ގ ޱ ސ ޑ

ވިޔަ އަކުރު ނުދެވޭ މައް އަކުރު[އުނިއިތުރު ގެންނަވާ]

ޝ

ބޭރުން ވެއްދި އަކުރު[އުނިއިތުރު ގެންނަވާ]

ޒ

ބަދަލުވާ އަކުރު[އުނިއިތުރު ގެންނަވާ]

ޓ، ޏ، ޔ، ޕ، ޖ، ޗ

މިއަކުރު ތަކުގެ ތަރުތީބަކީ ބަދަލުވެވޭ އަކުރުގެ ތަރުތީބެވެ. އެއީ - (ށ، ނ، އ، ފ، ދ، ތ)

ޓ (ށ - ބަށި، ބައްޓެއް)، ޏ (ނ - އުނި، އުންޏެއް)، ޔ (އ - މުއި، މުޔެއް)، ޕ (ފ - ކަފި، ކަތްޕެއް)، ޖ (ދ - ބަނދި، ބަންޖެއް)، ޗ (ތ - ފަތި، ފައްޗެއް)

ބަދަލުވާ އަކުރުތައް ހެދިފައިވަނީ ބަދަލުވާއަކުރުގެ އަސްލުންނެވެ.

  1. ޓަވިޔަނީގެ އަޞްލަކީ ށަވިޔަންޏެވެ. ޓަވިޔަނި ހެއްދުނީ ށަވިޔަނީގެ ފައިކޮޅު ލަނބާލައިގެންނެވެ. އެހެން ނަމަވެސް ޒަމާން ބަދަލުވެ ޓަވިޔަނީގެ މަތީ ބައިގެ ސިފަ މިހާރު އެ ވަނީ ތާނައިގެ ފަސްވަނަ އަކުރު ކަމުގައިވާ ބ ގެ ސިފައަށް ބަދަލުވެފައެވެ. އެހެނަސް އަޞްލަކީ ށަވިޔަންޏެވެ. ބާއެއް ނޫނެވެ.
  2. ޏަވިޔަނީގެ އަޞްލަކީ ނޫނެވެ. ޏަވިޔަނި ހެއްދުނީ ނޫނުގެ ފައިކޮޅު ލަނބާލައިގެންނެވެ.
  3. ޔާ ހެއްދުނީ އަލިފުގެ ފަހަތު ފައިކަށީގައި ގޮށެއް ލައިގެންނެވެ.
  4. ޕަވިޔަނި ހެއްދުނީ ފާފުގެ ތިރީގައި ތިކިފުޅެއް ޖަހައިގެންނެވެ.
  5. ޖަވިޔަނި ހެއްދުނީ ދާލުގެ ފައިކޮޅު ލަނބާލައިގެންނެވެ.
  6. ޗަވިޔަނި ހެއްދިފައިވަނީ ތާގެ މައްޗަށް ދަނޑިކޮޅެއް ލައިގެންނެވެ.