ޢުޘްމާނުގެފާނު

ވިކިޕީޑިއާ އިންވިކިޕީޑިއާ
އުޘްމާން ބުން ޢައްފާނު
އުޘްމާނުގެފާނު ފަސްދާނު ލެވިފައިވާތަން
ވެރިކަން ކުރެއްވީ 644656
އުފަންވީ 576
ޠާއިފް, ސައުދީ އަރަބިޔާ
އަވަހާރަވީ ސައުދީ އަރަބިޔާ
މަދީނާ, ސަޢުދީ އަރަބިޔާ
Buried މަދީނާގައި
ކުރިން ހުންނެވީ ޢުމަރުގެފާނު
ފަހުން ހުންނެވީ އަލީގެފާނު


އުޘްމާންގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑަގަތީ މީލާދީން 576 ވަނަ އަހަރު އެވެ. އުޘްމާންގެފާނަކީ ޤުރައިޝްވަންހައިގެ ދަރިކޮޅެއް ކަމުގައިވާ އުމަވީ ދަރިކޮޅުގެ ބޭފުޅެކެވެ. އުޘްމާންގެފާނަކީ އެބޭފުޅަކަށް އުމަވީ ދަރިކޮޅު ނިސްބަތްވާ، އުމައްޔާ ގެ ދަރިކަލުން އަބުލް އާޘްގެ ދަރިކަލުން ޢައްފާންގެ ދަރިކަލުންނެވެ. އެކަލޭގެފާނުގެ މައިކަނބަލުންނަކީ ކީރިތި ރަސޫލާގެ ބޮޑުދައިތާފުޅެއް ކަމުގައިވާ އަލްބައިޟާގެ ދަރިކަނބަލުން އުރުވާ ބިންތި ކުރައިޛް އެވެ. އުޘްމާންގެފާނަކީ އެކަލޭގެފާނުގެ މަންމާފުޅުގެ ފަރާތްޕުޅުންނާއި ބައްޕާފުޅުގެ ފަރާތްޕުޅުން ކީރިތި ރަސޫލާ އާއި ވަރަށް ތިމާގެ ބޭފުޅެކެވެ.

އިސްލާމްވެ ވަޑައިގަތުން[އުނިއިތުރު ގެންނަވާ]

ކީރިތި ރަސޫލާއަށް ނަބީކަން ލިބިވަޑައިގަތުމުގެ ކުރީގައި ވެސް އަބޫބަކުރުގެފާނާއި އުޘްމާންގެފާނަކީ ވަރަށް ގާތް ދެރަޙްމަތްތެރިންނެވެ. ކީރިތި ރަސޫލާ އަށް ނަބީކަން ލިބިވަޑައިގެން ދީނަށް ގޮވައިލެއްވުމުން އެންމެ ފުރަތަމަ އިސްލާމް ދީން ޤަބޫލުކުރެއްވީ އަބޫބަކުރުގެފާނެވެ. އެއަށްފަހު އަބޫބަކުރުގެފާނު، އެކަލޭގެފާނުގެ ގާތް ރަހްމަތްތެރިންނަށް އިސްލާމްދީން ތަޢާރަފްކޮށްދެއްވައި ދީނަށް ގޮވައިލެއްވިއެވެ. އުޘްމާންގެފާނު ހިމެނިވަޑައިގަންނަވަނީ އަބޫބަކުރުގެފާނުގެ މަސައްކަތްޕުޅުން އިސްލާމީ ހިޔާވަހިކަމުގެ ދަށަށް ވަޑައިގެންނެވި އެތަކެއް ބޭފުޅުންގެ ތެރެއިން އެއްބޭކަލެއް ކަމުގައެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި 05ވަނަ އަށް އިސްލާމްދީން ޤަބޫލުފުޅު ކުރެއްވި ބޭކަލަކީ އުޘްމާންގެފާނެވެ.

ސިފަފުޅުތައް[އުނިއިތުރު ގެންނަވާ]

އުޘްމާނުގެފާނަކީއެކަލޭގެފާނުގެ ހަށިކޮޅުގެ ސިފަފުޅާއި، އަޚްލާޤީ ސިފަފުލުތައް ނުހަނު ފުރިހަމަ ބޭކަލެކެވެ. އެކަލޭގެފާނަކީ ރީތިކަމުގެ ގޮތުން ލާމަސީލް މިސާލެއް ކަމަށް ބުނެއެވެ. ކީރިތި ރަސޫލާ ފިޔަވައި އުޘްމާންގެފާނު ފަދަ ރީތި އެހެން ބޭފުޅަކު ނުވާކަމުގައި އަސްޙާބް ބޭކަލުން ވިދާޅުވެއެވެ. އިސްލާމީ ރިވެތި އަޚްލާޤުގެ ރިވެތި މިސާލެއް ކަމުގައި އުޘްމާނުގެފާނު ބެލެވެއެވެ. ލަދުވެތިކަމާއި އިއްފަތްތެރިކަން، މަޑުމައިތިރިކަމާއި ދީލަތި ކަން، މިހިރީ ފާހަނގަ ކުރެވޭ ކަންތައްތަކެވެ. އުޘްމާނުގެފާނުގެ ދީލަތިފުޅުކަން މުސްލިމުންނަށް އެކި ފަހަރު ފަހަރަށް ފޯރާފައިވެއެވެ. މިގޮތުން ފާހަނގަ ކުރެވޭ ބައެއްކަންތައްތަކުގެ ތެރޭގައި މުސްލިމުން މަދީނާ އަށް ހިޖުރަ ކުރުމަށްފަހު ފެން ބޯނެ ވަޅެއް ނެތުމާއި އެކު ޔަހޫދީން ފެންވިއްކާ ވަޅެއް އެކަލޭގެފާނު އަމިއްލަފުޅަށް ބައްލަވައިގެން މުސްލިމުންނަށް ވަޤްފު ކުރެއްވިއެވެ. އަދި ތަބޫކު ހަނގުރާމަ އަށް މުސްލިމުން ނިކުތް ހިނދު 30،000 މީހުން ހިމެނޭ ބޮޑު ލަޝްކަރުގެ 3/1 ޚަރަދު އުޘްމާނުގެފާނު އަމިއްލަ ފުޅު ތަކެތިން ފުރިހަމަ ކޮށްދެއްވިއެވެ. އުޘްމާނުގެފާނަށް ލިބިވަޑައިގެންވާ ވަރަށް މުހިންމު ޝަރަފެއް ކަމެއް ކަމުގައި ހިމެނޭ އެއް ކަމަކީ ކީރިތި ރަސޫލާގެ ލޮބުވެތި ދެ ދަރިކަނބަލުންނާއި އެއްބޭކަނބަލަކަށް ފަހު އަނެއް ބޭކަނބަލަކާއި ކައިވެނި ކުރެއްވުގެ ޝަރަފެވެ. އެންމެ ފުރަތަމަ ރުޤިއްޔާ އާއި ކައިވެނި ކުރެއްވުމަށްފަހު ހިޖުރައިން 02 ވަނަ އަހަރު އެކަމަނާ އަވަހާރަވުމުން ކީރިތި ރަސޫލާގެ ދެވަނަ ދަރިކަނބަލެއް ކަމުގައިވާ އުއްމުކުލްޘޫމް އާއި ކައިވެނި ފުޅު ހިޖުރައިން 03 ވަނަ އަހަރު އުޘްމާނުގެފާނާއި ކޮށްދެއްވިއެވެ. ހަމައެހެންމެ އިސްލާމްދީނުގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ދެފަހަރަށް ހިޖުރަ ކުރެއްވުމުގެ ޝަރަފުވެސް އުޘްމާނުގެފާނަށް ލިބިވަޑައިގެން ފައި ވެއެވެ. މީގެ އިތުރަށް އުޘްމާނުގެފާނަކީ އެބޭކަލުން ދުނިޔޭގައި ތިއްބަވަނިކޮށް ސުވަރުގެ ވަންތަ ވެރީން ކަމުގެ އުފާވެރި ޚަބަރު ލިބުނު 10 ބޭކަލުންގެ ތެރެއިން އެއްބޭކަލެކެވެ.

ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި އިސްލާމްދީނަށްޓަކައި ކުރެއްވި ޚިދުމަތް[އުނިއިތުރު ގެންނަވާ]

އިސްލާމްވެވަޑައިގަތުމަށްފަހު އިސްލާމްދީނަށްޓަކައި މުދަލުން ގިނަގުނަ ހޭދަ ކުރެއްވުމުގެ އިތުރުން އުޘްމާނުގެފާނަކީ ހަށިކޮޅާއި ފުރާނަފުޅުން ޤުރުބާންވެ ވަޑައިގަތުމަށް އެއްވެސް ޖެހިލުމެއް ނުވާ ބޭކަލެކެވެ. އެކަލޭގެފފާނަކީ އެހާމެ ހިއްވަރު ގަދަ ބޭފުޅެކެވެ.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

އެކަލޭގެފާނުގެ ވެރިކަމުގެ ފަހު އަހަރުތަކުގައި މުސްލިމުންގެ ތެރެއިން ބައެއް މީހުން މުގުތަމަޢު ތެރޭގަ ފިތުނަ ފަސާދަ އުފައްދަން ފެށިއެވެ. މިކަން ފުޅާވެގެން ގޮސް އެކަލޭގެފަނާއި ދެކޮޅައް ދޮގު މައުލޫމާތު ފަތުރައި އެކަލޭގެފަނާއި ދެ ކޮޅައް ބަޔަކު ތެދުވިއެވެ.

އެކަލޭގެފާނައި ދެކޮޅައް ތެދުވި މީހުން އެކަލޭގެފާނު ޤަތުލުކޮއްލުމައްޓަކައި އެކަލޭގެފާނު ގަނޑުވަރު ކޮޅަށް ޖަމާވިއެވެ. އެހިނދު ސަޙާބިބެކކަލލުން އެކަލޭގެފާނުގެ ދިފައުގައި ނުކުންނެވި އެވެ. އެކަމަކު އެކަލޭގެފާނު ބޭނުންފުޅުވީ އެކަލޭގެފާނައި ހެދި މުސްލިމުންގެ ތެރެގައި ލޭ އޮހޮރިގެން ނުދިއުމަށެވެ.



ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން

އިސްލާމް


ޢަޤީދާ

 • ތައުހީދް
މުޙައްމަދުގެފާނު • ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް • ނަމާދު
ރޯދަ • ޒަކާތް • ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން • ސުންނަތް • ޙަދީޘް
ފިޤުހު • ޝަރީޢާ • ކަލާމް • ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން • ހައިވާނުން • ފަންނުވެރިކަން
ކަލަންޑަރު • ކުޑަކުދިން
ޤައުމުތައް • ޢީދު
މިސްކިތް • ފަލްސަފާ
ޢުލޫމް • އަންހެނުން
ސިޔާސަތު • ދަޢުވާ

އިސްލާމި ނެރު
 v  d  e 

މި މަޒުމޫނަކީ މުޅިން ފުރިހަމަ ވެފައިވާ މަޒުމޫނެއް ނޫނެވެ. މި މަޒުމޫނު ފުރިހަމަ ކޮށްދެއްވަން ބޭނުންފުޅު ނަމަ އިނގިރޭސި ވިކިޕީޑިއާ ގައި މި ޢުންވާނުގެ ދަށުން ލިޔެވިފައިވާ މަޒުމޫނު ބައްލަވައިގެން ތަރުޖަމާގެ ނުނިމި އޮތް ބައި ފުރިހަމަކޮށް ދެއްވާށެވެ. ކަނާތްފަރާތުގެ އަރިމަތީގައިވާ ފާލަންތަކުން އިނގިރޭސި ބަހުން އޮތް މަޒުމޫނަށް ވަޑައިގެންނެވޭނެއެވެ.