ވިކިޕީޑިއާ އިންވިކިޕީޑިއާ

ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން

އިސްލާމް


ޢަޤީދާ

 • ތައުހީދް
މުޙައްމަދުގެފާނު • ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް • ނަމާދު
ރޯދަ • ޒަކާތް • ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން • ސުންނަތް • ޙަދީޘް
ފިޤުހު • ޝަރީޢާ • ކަލާމް • ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން • ހައިވާނުން • ފަންނުވެރިކަން
ކަލަންޑަރު • ކުޑަކުދިން
ޤައުމުތައް • ޢީދު
މިސްކިތް • ފަލްސަފާ
ޢުލޫމް • އަންހެނުން
ސިޔާސަތު • ދަޢުވާ

އިސްލާމި ނެރު
 v  d  e 

އައްލާހު (ﷲ) އަކީ އަރަބިބަހުން ވާހަކަ ދައްކާއުޅޭ އިބުރާހިމީ (ޔަހޫދީ، އިސާއީ އަދި އިސްލާމް) ދީންތަކުގެ މީހުން ޤަބޫލްކޮށް އަޅުކަންކުރާ އިލާހަށް ކިޔާ ނަމެވެ. ނަމަވެސް 21 ވަނަ ޤަރުނަށް އައިއިރު ދުނިޔޭގެ ގިނަ މީހުން ދެކޭގޮތުގައި މިނަން ރައްދުވަނީ މުސްލިމުން އަޅުކަންކުރާ އިލާހަށެވެ. ދިވެހި ބަހުން މިއިލާހަށް ނިސްބަތްކޮށް ކިޔާއުޅުނީ މާތްރަސްކަލާނގެ މިފަދައިންނެވެ. އަރަބި ބަހުން މިނަމުގެ ސީދާ މާނައަކީ ކަލާނގެ ނުވަތަ God އެވެ.

ތާރީޙް ދިރާސާކުރާ އިލްމުވެރިން ދެކޭ ގޮތުގައި އިސްލާމްދީން އައުމުގެ ކުރިންވެސް މައްކާގެ އަހުލުވެރިން މިނަމުން އިލާހަކަށް މުހާތަބުކުރިއެވެ. އަދި އެއިލާހާއި އެކުގައި އެއިލާހުގެ އަންހެން ދަރިންނަށް ވެސް އަޅުކަންކުރިއެވެ. ނަމަވެސް އަދުގެ މުސްލިމުން ދެކޭގޮތުގައި މިނަމަކީ އެއްކައުވަންތަ އިލާހުގެ ނަމެވެ. މިއިލާހަކީ އެފަދަ އެހެންފަރާތެއް ނުވާ، ކާއިނާތުގެ ވެރި ކުޅަދުންވަންތަ ރަސްކަލާނގެކަމަށެވެ. އަދި މިއިލާހަށް ކިޔާ އުޅޭ އެހެން ހުރިހާ ނަމެއް އަނބުރާ ރައްދުވަނީ ﷲ މިނަމަށެވެ.