Jump to content

ޙުސައިން ރަޝީދު އަޙްމަދު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޙުސައިން ރަޝީދު އަޙްމަދު
ސައޫދީ އަރަބިއްޔާގައި ހުންނަދިވެހިރާއްޖޭގެ އެމްބަސީގެ ކޮންސަލް ޖެނެރަލް
މަޤާމުގައި
16 ޑިސެންބަރު 2021  17 ނޮވެންބަރު 2023
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް
މަޤާމުގައި
23 ޑިސެންބަރު 2010  7 ފެބުރުވަރީ 2012
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް
މަޤާމުގައި
24 ނޮވެންބަރު 2009  23 ޑިސެންބަރު 2010
އުފަންވީ (1957-03-18) 18 މާރޗް 1957 (68 އަހަރު )
ހިތަދޫ (އައްޑުއަތޮޅު)، ދިވެހިރާއްޖެ
އެހެނިހެން ސިޔާސީ
ގުޅުންތައް
ޢަދާލަތު ޕާޓީ
މަތީތަޢުލީމުޖާމިޢާ ތަޢުލީމާތު އިސްލާމިއްޔާ، ޕާކިސްތާން
އުއްމުލްޤުރާ ޔުނިވަރސިޓީ މައްކާ (ސައޫދީ އަރަބިއްޔާ)
ކިންގު ސުޢޫދު ޔުނިވަރސިޓީ، ރިޔާޟު (ސައޫދީ އަރަބިއްޔާ)

އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1957ވަނަ އަހަރުގެ މާރިޗު މަހުގެ 18ވަނަ ދުވަހުއެވެ. ޙުސައިން ރަޝީދު އަޙްމަދުގެ ބައްޕާފުޅަކީ އައްޑު އަތޮޅު ހިތަދޫ ތުއްބީގެ ޢަލީ ތައްޚާނުގެ އަޙްމަދު މަނިކުފާނެވެ. މަންމާފުޅަކީ ޢަލީ މަނިކުގެ ޢާއިޝާ މަނިކުފާނެވެ.

އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ވަނީ ޕާކިސްތާނުގެ ޖާމިޢާ ތަޢުލީމާތު އިސްލާމިއްޔާއިންނާއި، ސަޢޫދީ ޢަރަބިއްޔާގެ އަލްމައްކަތުލްމުކައްރަމާގައި ހުންނަ އުއްމުލްޤުރާ ޔުނިވަރސިޓީންނާއި، ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ކިންގު ސުޢޫދު ޔުނިވަރސިޓީން ތަޢުލީމު ޙާޞިލުކުރައްވައިފައެވެ.

އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ފުރުއްވައިފައިވާ މަޤާމުތަކުގެ ތެރޭގައި ޢަދާލަތު ޕާޓީގެ ރައީސްކަމާއި، ދިވެހިރާއްޖޭގެ އިސްލާމީ ފިޤުހު އެކަޑަމީގެ މެންބަރުކަމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒްކަމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒްކަމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީކަމާއި، ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކޮންސަލް ޖެނެރަލްކަން ހިމެނެއެވެ.