ޢަދާލަތު ޕާޓީ
Appearance

ޢަދާލަތު ޕާޓީއަކީ ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ރާއްޖެއަށް ތަޢާރަފްކުރެވި ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވައިލެވުމާއެކު އެންމެ ފުުރަތަމަ ރަޖިސްޓްރީ ކުރެވުނު އެއް ސިޔާސީ ޕާޓީއެވެ. 2005 އޮގަސްޓު 18ވަނަ ދުވަހު ރަޖިސްޓްރީކުރެވުނު މި ޕާޓީއަކީ މިހާރު ރާއްޖޭގައި ހުއްޓުމެންނެތި ޙަރަކާތްތެރިވަމުން އަންނަތާ އެންމެ ގިނަދުވަސްވީ އެއް ޕާޓީއެވެ. ފާއިތުވި 17 އަހަރުގެ މާޒީގައި ޢަދާލަތު ޕާޓީގެ ބައިވެރިވުމާއެކު 4 ސަރުކާރެއް އުފެދިފައިވެއެވެ.
އިންތިޚާބުތަކުގެ ނަތީޖާ
[އުނިއިތުރު ގެންނަވާ]ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
[އުނިއިތުރު ގެންނަވާ]| އަހަރު | ޕާޓީގެ ލީޑަރު | ލިބުނު ވޯޓު | % | ކާމިޔާބުކުރި ގޮނޑީގެ ޢަދަދު | +/– |
|---|---|---|---|---|---|
| 2009 | ޙުސައިން ރަޝީދު އަޙްމަދު | 1,487 | 0.90 | 77 ގޮނޑީގެ ތެރެއިން 0 ގޮނޑި | ވާދަކުރީ އަލަށް |
| 2014 | ޢިމްރާން ޢަބްދުﷲ | 4,941 | 2.66 | 85 ގޮނޑީގެ ތެރެއިން 1 ގޮނޑި | |
| 2019 | 4,423 | 2.10 | 87 ގޮނޑީގެ ތެރެއިން 0 ގޮނޑި | ||
| 2024 | 2,538 | 1.21 | 93 ގޮނޑީގެ ތެރެއިން 0 ގޮނޑި |