ޖޫހީ ބައްބަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޖޫހީ ބައްބަރު އަކީ ފިލްމީ ތަރި ރާޖު ބައްބަރު އަދި ފިލްމީ ޑައިރެކްޓަރު ނާދިރާ ބައްބަރު ގެ އަންހެން ދަރިއެކެވެ. ޖޫހީ ބަައްބަރުގެ ބޭބެ އާރްޔާ ބައްބަރު އަކީ ވެސް ފިލްމީ އެކްޓަރެކެވެ. އަދި ކޮއްކޮ ޕްރަތީކް ބައްބަރު އަކީ ވެސް ފިލްމީ ތަރިއެކެވެ. 2007 ގައި ޖޫހީ ބައްބަރު އާއި ބިޖޯއީ ނެމްބިއަރު ގެ ކައިވެނި ކުރެވުނެވެ. ނަމަވެސް މިކައިވެނި 2009 ވަނަ އަހަރު ކުރީކޮޅު ވަނީ ރޫޅިފައެވެ. ޖޫހީ ބައްބަރު ފުރަތަމަ ފެނިގެންދިޔައީ ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް އާއި އެކު ހިންދީ ފިލްމް ކާޝް އާޕް ހަމާރޭ ހޯތޭހޭ އިންނެވެ. މީގެ އިތުރުން ފިލްމީ ތަރި ޖެމީ ޝެރްގިލް އާއި އެކު ޕަންޖާބީ ފިލްމެއް ޖޫހީ ބައްބަރު ކުޅެފައިވެއެވެ. މީގެ އިތުރުން ދެކުނު ހިންދީ ސިނަމާގައި މަޝްހޫރު ތަރި މޯހަން ލާލް އާއެކު ވެސް ޖޫހީ ބައްބަރު ފިލްމެއް ކުޅެފައި ވެއެވެ. އެންމެ ފަހުން ކުޅުނު ޕަންޖާބީ ފިލްމަކީ ޔާރާން ނާލް ބަހާރާން އެވެ. އެންޑީޓީވީ އިން ދައްކާ ކޮމެޑީ ޓީވީ ސިލްސިލާ ގަރުކީ ބާތުހޭ ގައި މިހާރު ޖޫހީ ބައްބަރު ދަނީ ގޭތެރޭގައި އިންނަ އަނތްބެއްގެ ދައުރުކުޅެމުންނެވެ. މިއީ ޝާހްރުކް ޚާން އުފައްދާ ޓީވީ ސިލްސިލާ އެކެވެ.