ޕްރަތީކް ބައްބަރު
Appearance
ޕްރަތީކް ބައްބަރު ( އުފަންވެފައިވަނީ ޑިސެމްބަރު 13، 1986 ) އަކީ ހިންދީ ފިލްމީ ތަރި އެކެވެ. މިއި ފިލްމީ ތަރި ރާޖު ބައްބަރު އަދި ފިލްމީ ބަތަލާ ސްމީތާ ޕަޓިލް ގެ ދަރިއެކެވެ. އެއްބަފާ ފިލްމީ ފަރާތްތަކަކީ ޖޫހީ ބައްބަރު އަދި އާރްޔާ ބައްބަރު އެވެ. ޕްރަތީކް ބައްބަރު ފުރަތަމަ ފެނިގެން ގޮސްފައިވަނީ 2008 ވަނަ އަހަރު އާމިރު ޚާން ޕްރޮޑަކްޝަން އިން އުފެއްދި ހިންދީ ފިލްމް ޖާނޭތޫޔާ ޖާނޭނާ އިންނެވެ. މިހާރު ނިކުންނަށްހުރި ފިލްމް ތަކުގެ ތެރޭގައި ދޯބީ ގާތު، ޖެއިލް، އަދި މައި ފްރޭންޑް ޕިންޓޯ ހިމެނެއެވެ.
އެވޯޑްތައް
[އުނިއިތުރު ގެންނަވާ]- 2009 : ޖޫރީ ސެޓްފިކެޓް ފޮރ އައުޓްސްޓޭންޑިންގ ޕާފޮމެންސް – ފިލްމް ފެއަރ އެވޯޑް – ޖާނޭތޫޔާ ޖާނޭނާ