އާރްޔާ ބައްބަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

އާރްޔާ ބައްބަރު ( އުފަންވެފައިވަނީ ޖެނުއަރީ 4، 1981) އަކީ އެމެރިކަން-ބޯން އިންޑިޔަން އެކްޓަރެކެވެ. މިއީ ފިލްމީ ތަރި ރާޖު ބައްބަރު އަދި ފިލްމީ ޑައިރެކްޓަރު ނާދިރާ ބައްބަރު ގެ ފިރިހެން ދަރިއެކެވެ. ފިލްމީ ތަރި ޖޫހީ ބައްބަރު އަދި ޕްރަތީކް ބައްބަރު އަކީ އާރްޔާ ބައްބަރުގެ ދެކޮއްކޮ އެވެ. އާރްޔާ ބައްބަރު ފުރަތަމަ ފެނިގެން ގޮސްފައިވަނީ 2002 ވަނަ އަހަރު ނިކުތް އަބްކޭ ބަރަސް އިންނެވެ. 2007 ވަނަ އަހަރު ނިކުތް ފިލްމް ގުރޫ ގައި އައިޝްވާރްޔާ ރާއީ ގެ ބޭބެއެއްގެ ދައުރު އާރްޔާ ބައްބަރު ވަނީ އަދާކޮށްފައެވެ. 2009 ވަނަ އަހަރު އާރްޔާ ބައްބަރުގެ ފުރަތަމަ ޕަންޖާބީ ފިލްމް ވިރުސާގެ މަސައްކަތް ވަނީ ފަށާފައެވެ.