ޖީޒާގެ ޕިރަމިޑް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޖީޒާގެ ބޮޑު ޕިރަމިޑް


ޖީޒާގެ ބޮޑު ޕިރަމިޑް was the world's tallest building from c. 2570 BC to c. 1300 AD.*
Preceded by Red Pyramid of Sneferu, Egypt
Surpassed by Lincoln Cathedral
Information
Location Giza, Egypt
Status Complete
Constructed c. 2570 BC
Height
Roof 138.8 m, 455.2 ft
(Originally: 146.6 m, 480.9 ft)

*Fully habitable, self-supported, from main entrance to highest structural or architectural top; see the list of tallest buildings in the world for other listings.


ޕިރަމިޑް ހުންނަ ތަން[އުނިއިތުރު ގެންނަވާ]

މިޞްރުގެ ވެރިރަށް ގާހިރާގެ ހުޅަގު ދެކުނަށް އޮންނަ ޖީޒާގައިވާ ބޮޑު 3 ޕިރަމިޑްގެ ތެރެއިން އެންމެ ބޮޑު ޕިރަމިޑަކީ ގަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބުގެ ތެރެއިން މިހާތަނަށް މުޅިން ސަލާމަތުން ފެންނަން ހުރި ހަމައެކަނި އަޖައިބު ކަމުގައިވަނީ ބެލެވިފައެވެ. މިޕިރަމިޑަށް ދެވިފައިވާ ނަމަކީ ޚޫފޫ ޕިރަމިޑް އެވެ. މިޕިރަމިޑް ފިޔަވައި ދެން ހުރި ޕިރަމިޑްތަކަކީ ޚަފްރީ އަދި މެންކޫރީގެ ނަމުން ނަންދެވިފައިވާ ޕިރަމިޑް ތަކެވެ.

ޕިރަމިޑްތައް ހުރި ހިސާބަކީ ގަދީމީ ޖީޒާގެ ރަށްފުށުން 8 ކިލޯ މީޓަރު ބޭރު އެވެ. ގާހިރާ ގެ ސިޓީ ސެންޓަރ ނުވަތަ ވުސްތުލް ބަލަދު އޭ ކިޔޭ ހިސާބުން ޕިރަމިޑް ތައް ހުންނަ ހިސާބާއި ދެމެދު 25 ކިލޯ މީޓަރު ހުރެއެވެ.

ފިރަމިޑް ހިސާބުގައިވާ މައިގަނޑު އާޘާރުތައް[އުނިއިތުރު ގެންނަވާ]

ޚަފްރީ ޕިރަމިޑް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޚަފްރީ ޕިރަމިޑް

ޚަފްރީ ޕިރަމިޑް ހުންނަނީ ޚޫފޫ ޕިރަމިޑްގެ ދެކުނުން 100 އެއްހާ މީޓަރު ދުރުގައެވެ. އުސްމިނުގައި 460 ފޫޓް ހުންނަ މިޕިރަމިޑްގެ ތިރިން ކޮންމެ ފަރާތެއްގެ ފުޅާ ނުވަތަ ދިގުމިނުގައި 709 ފޫޓް ހުރެއެވެ. ކޮންމެ ޕިރަމިޑެއްގެ ހިލަތަކުގެ ބޭރުން އޮމާން ކުރުމަށްޓަކައި ފަށަލައެއް ލެވިފައި ވެއެވެ. މިޕިރަމިޑްގައި ލެވިފައިވާ މިބުނި ފަށަލައިގެ ނުފައިބައި ހުރި ބައިތައް ޕިރަމިޑްގެ އެންމެ އުސްހިސާބު ނުވަތަ މަތިން ފެންނަން އެބަހުއްޓެވެ.

މެންކޫރީ ޕިރަމިޑް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މެންކޫރީ ޕިރަމިޑް

މެންކޫރީ ޕިރަމިޑް ހުންނަނީ ޚޫފޫ ޕިރަމިޑްގެ ހުޅަގު ދެކުނަށެވެ. އުސްމިނުގައި 230 ފޫޓް ހުންނަ މިޕިރަމިޑްގެ ތިރިން ކޮންމެ ފަރާތެއްގެ ފުޅާ ނުވަތަ ދިގުމިނުގައި 354ފޫޓް ހުރެއެވެ.ބޮޑު 3 ޕިރަމިޑްގެ އިތުރުން ކުދިކުދި ޕިރަމިޑްތައް ވެސް މަރުގެ ރަށް މިނަމުން ނަންދީފައިވާ މިހިސާބުގައި ވެއެވެ. ފޮޓޯތަކުން ބައެއް ފަހަރު ޚަފްރީ ޕިރަމިޑް ޚޫފޫ ޕިރަމިޑަށްވުރެ އުސްކަމަށް ދައްކައިފާނެއެވެ. އެއީ ޚަފްރީ ބިނާކޮށްފައި ހުރީ ޚޫފޫ ޕިރަމިޑަށްވުރެ އުސް ހިސާބެއްގައި ކަމަށްވާތީ އެވެ.

ޚޫފޫ ޕިރަމިޑް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޚޫފޫ ޕިރަމިޑް

ޚޫފޫ ޕިރަމިޑް ބިނާކުރެއްވީ މިޞްރުގައި ރަސްކަން ކުރެއްވި 4 ވަނަ ދަރިކޮޅުގެ ރަސްކަލެއް ކަމުގައިވާ ޚޫފޫ ރަސްގެފާނު އެވެ. އެއީ އޭނާ އަވަހާރަވުމުން ފަސްދާނުލާނެ ތަނެއްގެ ގޮތުގައެވެ. މިޕިރަމިޑް ބިނާކުރަން ފެށުނީ ޢީސާގެ ފާނުގެ 2560 އަހަރު ކުރިން ކަމުގައި ބުނެވެއެވެ. އެއްކޮށް ބިނާކޮށް ނިމުނީ ޢީސާގެ ފާނުގެ 2580 އަހަރު ކުރިން ކަމުގައި ބުނެވެއެވެ. ބައެއް ލިޔުން ތަކުގައި ޢީސާގެ ފާނުގެ ކުރިން 2600-2500 އަހަރާއި ދެމެދުގައި ކަމަށް ބުނެފައި ވެއެވެ.

ފުރަތަމަ ޕިރަމިޑް ބިނާކުރުމުގެ ޚިޔާލު ކުރެވުނީ އައްޓެއް ނުވަތަ ސްޓޭޖެއް ބިނާކޮށް އޭގެ މަތި ނިވާކުރެވޭގޮތަށް ހެދުމަށެވެ. އެއީ މިބުނި އަށި ނުވަތަ ސްޓޭޖްގެ މަތީގައި ރަސްގެފާނުގެ މަހާނަ ބެހެއްޓުމަށްފަހު އޭގެ މަތި ނިވާކޮށް ރައްކާކުރެވޭ ގޮތަށެވެ.

ޚޫފޫ ޕިރަމިޑް ބިނާކުރުމަށް 20 އަހަރު ހޭދަވި ކަމުގައި ވެއެވެ. އަދި ބިނާކުރުމަށް ބޭނުންވާ ގާތައް އެހިސާބަށް ގެންދިއުމުގައި 10 ހާސް އަޅުން އުޅުނު ކަމުގައި ވެއެވެ. އަދި މަސައްކަތް ކުރާ ސަރަޙައްދުގައި 4 ހާސް މީހުން ހަރަކާތްތެރިވި ކަމުގައި ބުނެވެއެވެ.

ޕިރަމިޑް ހެދުމަށްޓަކައި ފުރަތަމަ ހަތަރެސްކަން ހިލަގާތައް ޖަމާކޮށް ބެހެއްޓުނެވެ. އެއަށްފަހު މިގާތަކުގެ ވަށައިގެން އުވަ ފާނޑުގެ ވެލީގެ ފަށަލައެއް ދުއްވުނެވެ. ނަމަވެސް މިފަށަލަވަނީ ޒަމާންތަކާއި އެކު ނެއްޓި މުޅިން ވަކިވެގެން ގޮސްފައެވެ. ޕިރަމިޑް ހެދުމަށް އޭގައި ފެންނަށް ހުރި ގާތައް އެކަތި އަނެކައްޗާއި ގުޅި ހިފެހެއްޓޭގޮތަށް ބެހެއްޓިފައިވަނީ ކިހިނެއްކަން އަދި ހޯދިފައެއް ނުވެއެވެ. މިހާރު ވެސް މިކަމާއި ބެހޭ އިތުރު ދިރާސާތައް ތާރީޚީ އަދި ބިމުގެ ޢިލްމާއި ބެހޭ އަހުލުވެރިން ދަނީ ހަދަމުންނެވެ. ތާރީޚީ ބައެއް ބޮޑެތި ފޮތްތަކުގައި ޚޫފޫ ޕިރަމިޑްއަށް ފިރުޢައުނުގެ ފަރުބަދަ މިނަމުން މުޚާތަބު ކޮށްފައި ވެއެވެ.

1798 ވަނަ އަހަރު ނަޕޯލިއަން މިޞްރަށް ވެދެވަޑައިގަތުމަށްފަހު އޭނާގެ ސިފައިންނާއި މުޚާތަބުކޮށް ވިދާޅުވެފައިވަނީ ސިފައިންނޭ! ޕިރަމިޑްގެ އެންމެ އުހުން 40 ގަރުނު އަހަރެމެންނަށް ބަލަމުން އެބަގެންދޭ މިހެންނެވެ.


ސްފިންކްސް ބުދު[އުނިއިތުރު ގެންނަވާ]

މިއަދު މިޞްރުގެ ޖީޒާގައި ހުރި ބޮޑު 3 ޕިރަމިޑާއި، އެހިސާބުގައިވާ ސްފިންކްސްގެ ނަންދީފައިވާ ބުދުވެފައިވަނީ ފަތުރުވެރިންގެ އެންމެ މުހިއްމު އެއް މަންޒިލް ކަމުގައެވެ.

ސަން ބޯޓް[އުނިއިތުރު ގެންނަވާ]

ބަޔާންކުރެވުނު އާޘާރު ތަކުގެ އިތުރުން 1954 ވަނަ އަހަރު އެހިސާބު ކޮނުމުގެ ތެރޭގައި ފެނުނު ސަން ބޯޓް ވެސް ވަނީ ފަތުރުވެރިންނަށް ދައްކާލުމަށް ބޯޓެއްގެ ސިފައިގައި ގެއެއް ބިނާކޮށް އެގޭގެ ތެރޭގައި ބެހެއްޓިފައެވެ. ބުނެވޭގޮތުގައި މިއީ ޚޫފޫ ރަސްގެފާނު އަވަހާރަވުމުން ފަސްދާނު ލުމަށްޓަކައި ޕިރަމިޑާއި ހަމައަށް ގެނެވުނު ބޯޓް ވެސް މެއެވެ. އަދި ޚޫފޫ ރަސްގެފާނުގެ ވެރިކަމުގެ ފަހުކޮޅު ކޯރުގެ ތެރޭގައި ދަތުރުކުރެއްވީ މިބޯޓުން ކަމުގައި ވެއެވެ. މަރުގެ ރަށުން ނަންދީފައިވާ މިހިސާބުގައި ޖުމްލަ އެކު 10 ޕިރަމިޑް ހުންނަ ކަމަށް ބުނެވެއެވެ.

ބޮޑު ޕިރަމިޑްގެ އޮނިގަނޑު[އުނިއިތުރު ގެންނަވާ]

މި ޕިރަމިޑްގެ މެޕް

ބޮޑު ޕިރަމިޑް ފުރަތަމަ ބިނާކުރެވުނު އިރު އޭގެ އުސްމިނުގައި 481 ފޫޓް ހުރިއެވެ. ނަމަވެސް ޒަމާންތަކާއި އެކު އޭގެ ކުރީކޮޅުން ވަނީ 30 ފޫޓް ވަރު ގިރި ފައިބައި ނުވަތަ ނެއްޓިގެން ގޮސްފައެވެ. 19 ވަނަ ގަރުނާއި ޖެހެންދެން ދުނިޔޭގެ އެންމެ އުސްތަނެއްގެ ގޮތުގައި ގައިވެސް މި ޕިރަމިޑް ބެލެވިފައި ވެއެވެ. ބައެއް ލިޔުން ތަކުގައި 1889 ވަނަ އަހަރު ފްރާންސްގެ އެއިފެލް ޓަވަރު ބިނާކުރުމާއި ހަމައަށް ދުނިޔޭގައިހުރި އެންމެ އުސްތަނަކީ މިޕިރަމިޑް ކަމުގައި ލިޔެފައި ވެއެވެ. އެހެންކަމުން 4400 އަހަރު ވަންދެން ދުނިޔޭގައި ހުރި އެންމެ އުސްތަނުގެ ގޮތުގައި މިޕިރަމިޑްވަނީ ވެފައެވެ. މިޕިރަމިޑްގެ ތިރިން ކޮންމެ ފަރާތެއްގެ ފުޅާ ނުވަތަ ދިގުމިނުގައި 756 ފޫޓް ހުރެއެވެ.

ޤަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބު
ޖީޒާގެ ބޮޑު ޕިރަމިޑް
ބާބިލްގެ އެލިފައިވާ ބަގީޗާ ( ހެންގިންގ ގާރޑްން )
ޒިއުސްގެ ބޮޑު ބުދު
އާޓިމީސް ފައްޅި
މައުސޯލަސް ގެ ޒިޔާރަތް
ރޯޑެޒްގެ ކޮލޯސަސް ބުދު
އެލެގްސެންޑްރިޔާގެ ލައިޓް ހައުސް

ބޮޑު ޕިރަމިޑް ބިނާކުރުމަށް ގާތްގަނޑަކަށް 2300000 ހަތަރެސްކަން ހިލަގާ ނުވަތަ ބްލޮކް ބޭނުންކުރެވިފައި ވެއެވެ. އަދި މިއިން ކޮންމެ ގަލެއްގެ ބަރުދަނުގައި ދޭއް ބައި ޓަން ހުންނަ ކަމަށް ވެއެވެ. އަދި ކޮންމެ ގަލެއް އުފުލުމަށް 112 މީހުން ބޭނުންވާ ކަމަށް ވެއެވެ. ޖީޒާގައިވާ ބޮޑު 3 ޕިރަމިޑް ބިނާކުރުމަށް 5 މިލިއަނަށްވުރެ ގިނަ ހިލަގާ ބޭނުންކޮށްފައިވާ ކަމަށް ބައެއް ލިޔުންތަކުގައި ވެއެވެ. ޕިރަމިޑް ބިނާކުރުމަށް ހިލަތައް މިޞްރުގެ މުގައްތަމް ފަރުބަދައާއި މިނޫން ބައެއް ހިސާބުތަކުން ގެންދެވުނު ކަމަށް ވެއެވެ.

ބޮޑު ޕިރަމިޑްގެ އުތުރު ފަރާތުގައި ޕިރަމިޑްގެ މެދަށްވުރެ ތިރިން ދޮރެއް ލެވިފައި ވެއެވެ. މިދޮރުގެ ތެރެއިން ވަދެގެން ޕިރަމިޑްގެ އެތެރޭގައި ހޮހަޅަތަކެއްގެ ސިފަޔަށް ހެދިފައިވާ މަގުތައް ހުރަސްކޮށް ކޫފޫ ރަސްގެފާނުގެ ހަށިކޮޅު ބޭއްވިފައި އޮންނަ ހިސާބަށް ވާޞިލް ވެވެއެވެ. ޚޫފޫ ރަސްގެފާނުގެ ހަށިކޮޅު ފަސްދާނު ލެވިފައި އޮންނަނީ ޕިރަމިޑްގެ އެތެރެއިން އޭގެ މެދުގައެވެ. ރަސްގެފާނުގެ ހަށިކޮޅު ބޭއްވިފައި އޮންނަ ތަނަށްކިޔަނީ ރަސްގެފާނުގެ ދާންކޮޅު މިހެންނެވެ. މިއީ 34 ފޫޓް ދިގު،17 ފޫޓް ފުޅާ 19 ފޫޓްގެ އުސްމިން ހުންނަ ތަނެކެވެ. މީގެ އިތުރުން މިޕިރަމިޑްގެ އެތެރޭގައި ރާނީގެ ދާންކޮޅު އަދި ގްރޭންޑް ގެލަރީއޭ ކިޔޭ ތަންތަން ހުރެއެވެ. ގްރޭންޑް ގެލަރީގެ ދިގުމިނުގައި 47 މީޓަރު އަދި އުސްމިނުގައި 8.5 މީޓަރު ހުރެއެވެ.

ޚޫފޫ ރަސްގެފާނު ފަސްދާނު ލެވިފައިވަނީ ރަތް ގްރެނައިޓް އިން ތައްޔާރު ކުރެވިފައިވާ ސަންދޯކެއްގައެވެ. އަދި ސަންދޯން ބޭއްވިފައި އޮންނަ ތަނުގެ އެތެރޭގެ ފާރުތައް ވެސް ހުންނަނީ ރަތް ގްރެނައިޓްއިން ޖަރީކުރެވިފައެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]