ޔޫސުފް ޢަލިފުޅު( ދަރަވަންދޫ)

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަލްފާޟިލް ޔޫސުފް ޢަލިފުޅު (ދޭލިޔާގެ،ބ،ދަރަވަންދޫ، އުފަންވީ 22 ޖެނުއަރީ 1933، 7 ރަމަޟާން 1351ހ ގައި ) އަކީ މުޙައްމަދު އަމީންގެ ރައީސް ކަމުގައި ސަރުކާރުން ރާއްޖެތެރެއިން މާލެ ގެންނަވައި ދާރުލް އިގާމްގައި ބައިތިއްބައިގެން މަދަރުސަތުއް ސަނިއްޔާއިން ފަހުން މަދަރުސަތުލް މަޖީދިއްޔާ އިން ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު ލިބުނު ދަރިވަރުންގެ ތެރެއިން ދަރިވަރެކެވެ. ބައްޕައަކީ މާމުދިމް ޢަލީ މުޙައްމަދު ކަލޭފާނު ( ދަރަވަންދޫ މުދިން ކަލޭފާނު ) އެވެ. މަންމައަކީ އާމިނަތު ޙަސަން ބ.ދަރަވަންދޫ އެވެ.

ތައުލީމް[އުނިއިތުރު ގެންނަވާ]

ޔޫސުފް އަލިފުޅު ވަނީ މަޖީދިއްޔާގެ 1 ވަނަ ފޯރމުން ނިންމާ ސާނަވީ ތަޢުލީމް ޙާޞިލްކޮށްފައެވެ. އަދި ދައުލަތުން ހިންގެވި ޤާޟީކަން ދަސްކޮށްދޭ ކޯސް ފުރިހަމަކުރައްވާ ޤާޟީ ކަމުގެ ސަނަދު އަދި އެޓާނީ ޖެނެރަލްގެ އެހީތެރިކަމުގެ ސަނަދު ނަންގަވާފައެވެ. އަދި ރައީސް އޮފީހުން ހިންގެވި ގާޟީން ތާޒާކުރައްވާ ކޯހުން މަތީވަނައެއް ހޯއްދެވިއެވެ.

ބަހަށްކުރެއްވި ޚިދުމަތް[އުނިއިތުރު ގެންނަވާ]

ޔޫސުފް ޢަލިފުޅު އަކީ ދިވެހި ބަހުގެ ރޮނގުން ފާހަގަކޮށްލެވޭ ބަސް މޮށުންތެރިއެކެވެ. ކުޅަދާނަ ޅެންވެރި އެކެވެ. މަޒުމޫނު އަދި ކުދި ވާހަކަ ލިޔުއްވުމުގެ އިތުރުން ފޮތްތައް ލިޔުއްވާ ބައެއް ފޮތްތައް ޝާއިޢުކުރައްވާފައި ވެއެވެ. ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ އިނާމް ޅެންވެރިކަމުގެ ރޮނގުން ޙާޞިލްކުރައްވާފައި ވެއެވެ. ކޮންމެ ކަމަކާއި ގުޅިގެން ޅެމެއް ހައްދަވަން ވިޔަސް ޔޫސުފް ޢަލިފުޅު އެރޮގަކުން ޅެން ހައްދަވައެވެ. ރައިވަރު ހައްދަވައި އަދި ރައިވަރު ހަދަން ދަސްކޮށްދޭ ކްލާހަށް ކިޔަވައިދެއްވާފައި ވެއެވެ.

ލިޔުއްވި ފޮތްތައް[އުނިއިތުރު ގެންނަވާ]

  • ހިތުގެ ތަޞްވީރުން
  • ޅެމުގެ ވަނަވަރު
  • ދިވެހި އަރުމާދުގެ ދޭހަ
  • ރައިވަރުގެ ބަސްމަގު
  • އަބޮއްފުޅާއި ދަބޮއްފުޅު ރައިވަރު

ދިވެހިބޭސްވެރިކަން[އުނިއިތުރު ގެންނަވާ]

ޔޫސުފް ޢަލިފުޅު އަކީ ޚިތާނު ކުރުމުގެ ސަނަދު އޮތް ދިވެހި ބޭސްވެރިއެކެވެ. 1960 ގެ އަހަރުތަކުގައި ބ. އަތޮޅުގައި އެއްވެސް އުޖޫރައެއް ނުނަންގަވާ ބޭސްކޮށްދެއްވާ ހެއްދެވި އެވެ. އަދި ބ.އަތޮޅު ގޮއިދޫ އަށް މީހުން އަރުވާލެއްވި ދުވަސްވަރު އެމީހުންނަށް ބޭސް ކޮށްދެއްވުމަށް ސަރުކާރުން ހަވާލުކުރެއްވީ ވެސް ޔޫސުފް އަލިފުޅު އާއެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

  • މަޙުކަމަތުއް ދާޚިލިއްޔާގެ ކާތިބުކަން : 1 ޖެނުއަރީ 1950 ގައި
  • މަދަރުސަތުއް ސަނިއްޔާގެ މުދައްރިސްކަން : 1 ޖެނުއަރީ 1950 ގައި
  • މާފަންނު އަވަށުވެރިގޭގެ ކާތިބުކަން : 15 ޖެނުއަރީ 1950 ގައި
  • ބަންޑާރަ ނާއިބު އޮފީހުގެ ކާތިބުކަން : 22 އޮގަސްޓް 1950 ގައި
  • ބ.ދަރަވަންދޫ ކާޑުގެ އަދި ވިޔަފާރިގޭގެ ބަޑޭރިކަން : 1952 ގައި
  • ބ.ދަރަވަންދޫ މަދަރުސާގެ މުދައްރިސްކަން : 1952 ގައި
  • ބ.ކުޑަރިކިލު ކާޑުގެ ހިންގުމާއި ރަށް ހިންގާ ވެރިކަން : 1953 ގައި
  • ބ.އަތޮޅު މަދަރުސަތުއް ސަޢާދާގެ މުދައްރިސްކަން : 1956 ގައި
  • ބ.ގޮއިދޫ މަދަރުސާގެ މުދައްރިސްކަން : 1953 ގައި
  • ބ. އަތޮޅު މަޝްވަރާ ކޮމިޓީގެ މެންބަރުކަން : 1957 ގައި
  • ބ. އަތޮޅު އިޖްތިމާޢީ ޖަމްޢިއްޔާގެ ސެކެޓްރީކަން : 1957 ގައި
  • ބ.އަތޮޅު މަދަރުސާތައް ހިންގާ ކޮމެޓީގެ މެންބަރުކަމާއި ސެކެޓްރީކަން : 1957 ގައި
  • ބ.ދަރަވަންދޫގައި ހުކުރުކުރުން : 1957 ގައި
  • ބ.އަތޮޅުގައި ހުކުރުކުރުން : 1968 ގައި
  • ބ.ދަރަވަންދޫ ކަތީބުކަން : 3 ޖެނުއަރީ 1957 ގައި
  • ބ.ފުނަދޫ ކަތީބުކަން : 24 އޮކްޓޯބަރު 1967 ގައި
  • ބ.ދަރަވަންދޫ މަދަރުސާގެ ނާޒިރުކަން : 1958 ގައި
  • ބ.ދަރަވަންދޫގެ ނާއިބުކަން : 23 ފެބުރުއަރީ 1958 ގައި
  • ބ.ދޮންފަނުގެ ނާއިބުކަން : 23 ފެބުރުއަރީ 1958 ގައި
  • ބ.ކިހާދޫގެ ނާއިބުކަން : 23 ފެބުރުއަރީ 1958 ގައި
  • ބ.ދަރަވަންދޫ ރަށްހިންގާ ވެރިކަން : 1962 ގައި
  • ބ.އަތޮޅުގެ ވަގުތީ ގާޟީކަން : 8 ޑިސެމްބަރު 1968 ގައި
  • ބ.އަތޮޅު އަތޮޅު ކޮމިޓީގެ މެންބަރުކަން : 1969 ގައި
  • މާޅޮސްމަޑުލު ދެކުނު ބުރީގެ ގާޟީކަން : 8 މާރޗް 1969 ގައި
  • ރައްޔިތުންގެ ޚާއްޞަ މަޖުލިހުގެ މެންބަރުކަން : 15 އެޕްރީލް 1970 ގައި
  • ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން : 20 އޮކްޓޯބަރު 1979 ން 27 ނޮވެމްބަރު 1997 އަށް
  • ބ.އަތޮޅު ކޯޓްގެ ޤާޟީކަން : 1970 ން 1979 އަށް
  • ބ.ދަރަވަންދޫ ޤާޟީކަން : 1979 ން 1980 އަށް
  • އެޓާރނީ ޖެނެރަލްގެ އެހީތެރިކަން : 1980 ގައި
  • މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓް ނަމްބަރު 2 ގެ ޤާޟީކަން : 1981 ގައި
  • މަޖީދިއްޔާ ސްކޫލްގެ ޓީޗަރުކަން : 1984 ގައި '
  • ބަސް ކޮމިޓީގެ މެންބަރުކަން
  • މިނިސްޓްރީ އޮފް ޖަސްޓިސް ކޯޓް ނަންބަރު 8 ގެ ޤާޟީކަން 1985 ގައި
  • މިނިސްޓްރީ އޮފް ޖަސްޓިސް – މައުޛޫނުކަން : 1 ޖެނުއަރީ 1988 ން 19 ޑިސެމްބަރު 2005 އަށް
  • މިނިސްޓްރީ އޮފް އެޓޯލް އެޑްމިނިސްޓްރޭޝަންގެ ސީނިއަރ އިސްވެސްޓިގޭޓަރުަކަން : 1989 ގައި
  • މިނިސްޓްރީ އޮފް އެޓޯލް އެޑްމިނިސްޓްރޭޝަން ސްޕެޝަލް ޑިއުޓީ އޮފިސަރުކަން : 1991 ގައި
  • މިނިސްޓްރީ އޮފް ޖަސްޓިސްގެ މަދަނީ ކޯޓްގެ ޤާޟީކަން : 1 މާރޗް 1991 ން 8 ޑިސެމްބަރު 1995 އަށް
  • ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީމަރުކަޒުގެ އިސް އެހީތެރިޔާކަން : 6 ޑިސެމްބަރު 1995 ގައި
  • ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީމަރުކަޒުގެ ކޯޑިނޭޓަރުކަން : 8 ސެޕްޓެމްބަރު 2003 ގައި

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006