Jump to content

ޔޫސުފް ޙުސައިން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޖަސްޓިސް (ރިޓަޔަރޑް) އައްޝައިޚް ޔޫސުފް ޙުސައިން
އައްޝައިޚް ޔޫސުފް ޙުސައިން، (ވާތުގައި)
ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރު
މަޤާމުގައި
21 ސެޕްޓެންބަރު 2010  20 ޖަނަވަރީ 2015
ރައީސްމުޙައްމަދު ނަޝީދު
ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު
ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
ފަހުން ވަޑައިގަތީ
އިންތިޤާލީ މަރުޙަލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު
މަޤާމުގައި
18 ސެޕްޓެންބަރު 2008  10 އޮގަސްޓު 2010
ރައީސްމައުމޫން ޢަބްދުލް ޤައްޔޫމް
މުޙައްމަދު ނަޝީދު
ފަހުން ވަޑައިގަތީ
މަތީތަޢުލީމުއިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ

ޖަސްޓިސް (ރިޓަޔަރޑް) އައްޝައިޚް ޔޫސުފް ޙުސައިނަކީ ސަޢޫދީ ޢަރަބިއްޔާގެ އަލްމަދީނަތުލް މުނައްވަރާގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން 1994ވަނަ އަހަރު ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ.

އައްޝައިޚް ޔޫސުފް ޙުސައިން ފުރުއްވައިފައިވާ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ލީގަލް އޮފިސަރުކަމާއި، ކޯޓު ނަންބަރު 1 ގެ ޤާޟީކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ އިސް ޤާޟީކަމުގެ އިތުރުން އިންތިޤާލީ މަރުޙަލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި، ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަން ހިމެނެއެވެ. އައްޝައިޚް ޔޫސުފް ޙުސައިން ފަނޑިޔާރުކަމުން ރިޓަޔަރކުރެއްވީ 2015 ޖަނަވަރީ 20ވަނަ ދުވަހުއެވެ. އޭރު ހުންނެވީ ހައި ކޯޓުގެ ފަނޑިޔާރުކަމުގައެވެ.

އައްޝައިޚް ޔޫސުފް ޙުސައިން (ކަނާތުގައި) ކުރީގެ ފިޝަރީޒް މިނިސްޓަރު އިބްރާހީމް ދީދީ (ވާތުގައި) އަށް މަޤާމުގެ ހުވާ ލައިދެއްވަނީ

އައްޝައިޚް ޔޫސުފް ޙުސައިން ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ތަކްރީމުކުރެއްވީ 2024 ޖަނަވަރީ 18ވަނަ ދުވަހު ބޭއްވި ޤަޟާއީ އަހަރު 2024 ފެށުމުގެ ރަސްމިއްޔާތުގައެވެ. ތަކްރީމުކުރުމުގެ ފަތްކޮޅާއި ޝަރަފުގެ މެޑަލް އެ މަނިކުފާނަށް އެރުވީ ދިވެހިރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން (ނޢޢވ) އެވެ.