Jump to content

ސުލްޠާން ޢުޘްމާނު އަލްފެހެންދުވީ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ސުލްޠާން ޢުޘްމާނު އަލްފެހެންދުވީއަކީ މީލާދީން 1380 ވަނަ އަހަރު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 790 ވަނަ އަހަރުގައެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 790 ވަނަ އަހަރުއެވެ.

ރަސްކަމުން ދުރުކުރެއްވުން

[އުނިއިތުރު ގެންނަވާ]

ސުލްޠާން ޢުޘްމާނު އަލްފެހެންދުވީ ސިރީ ސުންދުރަ މަހާ ރަދުން ގެ ނަސަބެއް ދިވެހި ތާރީޚްގައި އެނގޭކަން ނެތެވެ. މިރަދުން ވެސް މަހަކާއި ފަނަރަ ދުވަސް ވަންދެން ރަސްކަން ކުރެއްވިތަނާ ހިލާލީ ކަލޯގެ ދަރިކަލުން ޙަސަން،(ސުލްޠާން ޙަސަން އަލްހިލާލީ) ރަސްކަން އަތުލައި ގަންނަވައިފި އެވެ. މިކަން ހިނގީ ހިޖުރައިން 790 ވަނަ އަހަރު އެވެ.

އަވަހާރަވުން

[އުނިއިތުރު ގެންނަވާ]

ސުލްޠާން ޙަސަން އަލްހިލާލީ ރަސްކަން އަތުލައިގަތުމަށްފަހު، ސުލްޠާން ޢުޘްމާނު އަލްފެހެންދުވީ، ތ.އަތޮޅު ގުރައިދޫ އަށް އަރުވާލެއްވި އެވެ. ބައެއް ބުނުންތަކުގައި ސުލްޠާން ޢުޘްމާނު އަލްފެހެންދުވީ އަރުވާލެވުނީ ލ.އަތޮޅު ގަމަށް ކަމަށް ވެސް ބުނެވެއެވެ. އަދި ގަމުގައި ހުންނަވަނިކޮށް މަޢާފްލިބިވަޑައިގެން މާލެއަށް ވަޑައިގަންނަވަނިކޮށް، ޖެހިވަޑައިގަތް އާލާސްކަންފުޅެއްގައި އަވަހާރަވެ، ތ.ގުރައިދޫގައި ފަސްދާނު ލެވުނީކަމަށް ވެސް ބުނެވެއެވެ.

ސުލްޠާން ޢުޘްމާނު އަލްފެހެންދުވީ ފަސްދާނު ލެވިފައިވަނީ ތ.ގުރައިދޫގައެވެ. މިރަދުންގެ މަހާނަފުޅު ކައިރީގައި އިތުރު ދެތިން މަހާނައެއް ވެއެވެ. ބުނެވޭގޮތުގައި އެމަހާނަ ތަކަކީ އެރަދުންގެ ހަނދޭގިރި ގެ މަހާނައާއި، ބައެއް ވަޒީރުންގެ މަހާނަ ތަކެވެ. މިހެންވުމުން ސުލްޠާން ޢުޘްމާނު އަލްފެހެންދުވީ އަރުވާލެވުނީ ތ.ގުރައިދޫ އަށް ކަމަށް ގަބޫލު ކުރެވެއެވެ.

ބުނެވޭގޮތުގައި ނިޞްފު ހަނދޭގިރިންނާއި (ޔޫސުފް)، އަދި އޭނާގެ ދަރިކަލުން މުޙައްމަދު މަނިކު (ދަންނަ މުޙައްމަދު ރަސްގެފާނު) ވެސް ސުލްޠާން ޢުޘްމާނު އަލްފެހެންދުވީ އާއެކު ތ. ގުރައިދޫ އަށް އަރުވާލެވުނެވެ. މިދެބަފައިންނަކީ ވެސް ހިލާލީ ދަރިކޮޅު ގެ މީހުންނެވެ. އެދަރިކޮޅުގެ ޢައްބާސް ކިޔާ މީހެއްގެ ޔޫސުފް އާއި އޭނާގެ ދަރިކަލުން މުޙައްމަދު އެވެ.

މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
  • ފަތްތޫރަ - ޖެނުއަރީ 1988 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
ކުރިން ހުންނެވީ:
ސުލްޠާން ޢަބްދުﷲ (ދެވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޙަސަން އަލްހިލާލީ