ސުލްޠާން ޙަސަން އަލްހިލާލީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސުލްޠާން ޙަސަން އަލްހިލާލީ އަކީ މީލާދީން 1388 ން 1390 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 790 ން 800 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 790 ވަނަ އަހަރުއެވެ.

ސުލްޠާން ޢުޘްމާނު އަލްފެހެންދުވީ، ރަސްކަން ކުރައްވާތާ އެއްމަހާ 15 ދުވަސް ވީތަނާ ސުލްޠާން ޙަސަން އަލްހިލާލީ ރަސްކަން އަތުލައި ގަންނަވައިފި އެވެ. މިކަން ހިނގީ ހިޖުރައިން 790 ވަނަ އަހަރު އެވެ. ސުލްޠާން ޙަސަން ސިރީ ބަވަނަ މަހާރަދުންނަކީ ހިލާލީ ކަލޯގެ ދަރިކަލުންނެވެ. މިރަދުންގެ މަންމަ އަކީ ގޯޅާވެހި ކަނބުލޯ އެވެ. މިރަދުން އަވަހާރަވީ ހިޖުރައިން 800 ވަނަ އަހަރު އެވެ. އެހެންކަމުން މުޅިއެކު ރަސްކަން ކުރެއްވީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
  • ފަތްތޫރަ - ޖެނުއަރީ 1988 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

ކުރިން ހުންނެވީ:
ސުލްޠާން ޢުޘްމާނު އަލްފެހެންދުވީ
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން އިބްރާހީމް