ސުލްޠާން ޙަސަން (ހަތަރުވަނަ)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސުލްޠާން ޙަސަން (ހަތަރުވަނަ) އަކީ ދެފަހަރެއްގެ މަތީން ދިވެހި ރަސްކަމުގެ ތަޚްތުގައި ރެދަލި ކުރެއްވި ރަސްކަލެކެވެ. ސުލްޠާން ޙަސަން (ހަތަރުވަނަ) ފުރަތަމަ ފަހަރު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވީ މީލާދީން 1480 ން 1481 އަށެވެ. ފުރަތަމަ ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 885 ވަނަ އަހަރު އެވެ. އެފަހަރު ރަސްކަން ކުރެއްވީ 1 މަސް ދުވަހުގެ މުއްދަތަށެވެ.

އައްސުލްޠާން ޙަސަން (ހަތަރުވަނަ) ސިރީ ރާދަ ލޯކަ މަހާ ރަދުންނަކީ އައްސުލްޠާން މުޙައްމަދު އަލްހިލާލީ ގެ ދަރިކަލެކެވެ. މިރަދުން ރަސްކަން ކުރައްވާތާ މަސް ދުވަސްވީތަނާ ސުލްޠާން ޔޫސުފު (ދެވަނަ) ގެ ދަރިކަލުން ޢުމަރު (ސުލްޠާން ޢުމަރު (ދެވަނަ)) މީނާ އަތްޕުޅުން ރަސްކަން އަތުލައި ގަންނަވައިފި އެވެ.

ސުލްޠާން ޙަސަން (ހަތަރުވަނަ) ދެވަނަ ފަހަރު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވީ މީލާދީން 1486 ން 1490 އަށެވެ. އެއީ ހިޖުރައިން 891 ން 895 އަށެވެ. ދެވަނަ ފަހަރު ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 891 ވަނަ އަހަރު އެވެ. އެފަހަރު ރަސްކަން ކުރެއްވީ 4 އަހަރު ދުވަހުގެ މުއްދަތަށެވެ. މިރަދުން އަވަހާރަވީ ހިޖުރައިން 895 ވަނަ އަހަރުގައެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

ކުރިން ހުންނެވީ:
ސުލްޠާން މުޙައްމަދު (ދެވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޢުމަރު (ދެވަނަ)
ކުރިން ހުންނެވީ:
ސުލްޠާން ޙަސަން (ފަސްވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޝައިޚު ޙަސަން (ހަވަނަ)