ސުލްޠާން ޙަސަން (ފަސްވަނަ)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސުލްޠާން ޙަސަން (ފަސްވަނަ) އަކީ މީލާދީން 1484 ން 1486 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 889 ން 891 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 889 ވަނަ އަހަރުއެވެ.

ސުލްޠާން ޙަސަން (ފަސްވަނަ) ސިރީ ރާދަ އާނަންދަ މަހާ ރަދުންނަކީ ޢުމަރު ރަސްގެފާނު ނުވަތަ ސުލްޠާން ޢުމަރު (ދެވަނަ) ގެ ދަރިކަލެކެވެ. ރަސްކަން ކުރެއްވީ 2 އަހަރު ވާންދެނެވެ. އަވަހާރަވީ ހިޖުރައިން 889 ވަނަ އަހަރު ގައެވެ. މިރަދުންގެ ރަސްކަމުގައި 1486 ވަނަ އަހަރު ޕޯޗުގީޒުން އިންޑިޔާ ކަނޑަށް ފުރަތަމަ ފަހަރަށް އައެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
  • ފަތްތޫރަ - ޖެނުއަރީ 1988 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

ކުރިން ހުންނެވީ:
ސުލްޠާން ޢުމަރު (ދެވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޙަސަން (ހަތަރުވަނަ)