ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު އަކީ މީލާދީން 1306 ން 1335 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 706 ން 735 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 706 ވަނަ އަހަރު އެވެ.ވީރު ޢުމަރު ރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގަތީ ތީމުގޭ ދަރިކޮޅުން އެންމެ ފަހުން ރަސްކަންކުރެއްވި ސުލްޠާން ދާއޫދު ކަލަމިންޖާ (އެއްވަނަ) އަވަހާރަ ވުމުންނެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ ސިރީ ލޯކަ އަބާރަނަ މަހާރަދުންނެވެ.

ނަސަބު[އުނިއިތުރު ގެންނަވާ]

އުމަރު ވީރު ރަސްގެފާނުގެ ބައްޕައަކީ ޞަލާޙުއްދީނު ޞާލިޙު އެވެ، ނަމަކަށް ކިޔުނު ބަންގާޅުގެ މާތް މީހެކެވެ. ޢުމަރު ވީރު ރަސްގެފާނަކީ ސުލްޠާން ޔޫސުފު ކަލަމިންޖާ (އެއްވަނަ)ގެ ދޮންދަރިކަލެކެވެ. އަދި ސުލްޠާން ދާއޫދު ކަލަމިންޖާ (އެއްވަނަ)ގެ ކޮއްކޯފުޅެކެވެ. ޢުމަރު ވީރު ރަސްގެފާނުގެ ބައްޕަ ޞަލާޙުއްދީނު ޞާލިޙު ވެސް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ކަމުގައި އިބްނިބަޠޫޠާ ލިއުއްވާފައިވެއެވެ. ނަމަވެސް މިއީ ސާބިތުވާން އޮތްކަމެއް ނޫން ކަމުގައި މުޙައްމަދު އަމީނު ވިދާޅުވެފައި ވެއެވެ.

ރަސްކަމުގެ ދުވަސްވަރު[އުނިއިތުރު ގެންނަވާ]

ފުރަމާލޭ ދެދޮރޯށި ދޭތެރޭ ހުންނަ، ގަސްދޮށުމިސްކިތެވެ، ނަމަކަށް ކިޔުނު މިސްކިތް ފުރަތަމަ ބިނާކުރެއްވީ މިރަދުންނެވެ. އަދި އެމިސްކިތުގެ ކުރިމަތީ ގައި އިހަށް އޮތް މައްޝޫރު އަށްކަން ވެޔޮ ބޭއްވެވީ ވެސް މިރަދުންނެވެ. މިރަދުން 29 އަހަރު ވާންދެން ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވިއެވެ.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު އަވަހާރަވީ ހިޖުރައިން 735 ވަނަ އަހަރު އެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކުރިން ހުންނެވީ:
ސުލްޠާން ދާއޫދު ކަލަމިންޖާ (އެއްވަނަ)
ދިވެހިރާއްޖޭގެ ރަދުން
މީލާދީން ސާދަވަނަ ޤަރުނު
ފަހުން ވަޑައިގަތީ:<br./>ސުލްޠާން އަޙްމަދު ޝިހާބުއްދީނު