ސުލްޠާން ޔޫސުފު ކަލަމިންޖާ (އެއްވަނަ)

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ސުލްޠާން ޔޫސުފު ކަލަމިންޖާ (އެއްވަނަ) އަކީ މީލާދީން 1287 ން 1294 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 686 ން 693 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 686 ވަނަ އަހަރު އެވެ.ސުލްޠާން ޔޫސުފު ކަލަމިންޖާ (އެއްވަނަ) ރަސްކަމަށް އިސްވެވަޑައިގަތީ ސުލްޠާން ޢަލީ ކަލަމިންޖާ (ތިންވަނަ) އަވަހާރަ ވުމުންނެވެ. މިރަދުންނަކީ ވެސް ސުލްޠާން މުޙައްމަދު އައުދަ ކަލަމިންޖާގެ ދަރިކަލެކެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ ސިރީ ބަވަނާދީއްތަ މަހާރަދުންނެވެ. މިރަދުން 7 އަހަރު ވާންދެން ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވިއެވެ. އަވަހާރަވީ ހިޖުރައިން 693 ވަނަ އަހަރު އެވެ.


މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކުރިން ހުންނެވީ:
ސުލްޠާން ޢަލީ ކަލަމިންޖާ (ތިންވަނަ)
ދިވެހިރާއްޖޭގެ ރަދުން
މީލާދީން ތޭރަވަނަ ޤަރުނު
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ސަލިސް ކަލަމިންޖާ