ލޭގެ ޕްރެޝަރު
ލޭގެ ޕްރެޝަރު (އިނގިރޭސި ބަހުން: Blood Pressure)އަކީ ލޭހޮޅި ތަކުގެ ތެރޭގައި ލޭދައުރުކުރާ ބާރު މިނެވެ. ނުވަތަ ލޭހޮޅިތަކުގެ ތެރޭގައި ލޭދައުރުވާ އިރު ހުންނަ ޕްރެޝަރެވެ. ލޭގެ ޕްރެޝަރު ބަލާއިރު ދެމިނެއް ފާހަގަ ކުރެވެއެވެ. އެއީ ސިސްޓޮލިކް ޕްރެޝަރު އަދި ޑަޔަސްޓޮލިކް ޕްރެޝަރު އެވެ.
ސިސްޓޮލިކް ޕްރެޝަރު(އިނގިރޭސި ބަހުން: Systolic Pressure) އަކީ ހިތް ކޮންޓްރެކްޓް(އިނގިރޭސި ބަހުން: Contraction) ވާއިރު އާޓަރީގެ ތެރޭގައި ލޭދައުރުވާ ބާރުމިނެވެ. ނުވަތަ އާޓަރީގެ ތެރޭގައި ހުންނަ ލޭގެ ޕްރެޝަރެވެ. ލޭގެ ޕްރެޝަރު ބަލާއިރު މަތީގައި އިންނަ ޢަދަދަކީ ސިސްޓޮލިކް ޕްރެޝަރު ހުންނަ ވަރެވެ. އާންމު ގޮތެއްގައި އެއީ 120 އެވެ.
ޑަޔަސްޓޮލިކް ޕްރެޝަރު(އިނގިރޭސި ބަހުން: Diastolic Pressure) އަކީ ހިތް ރިލެކްސް(އިނގިރޭސި ބަހުން: Relaxation) ވާއިރު އާޓަރީގެ ތެރޭގައި ލޭދައުރުވާ ބާރުމިނެވެ. ނުވަތަ އާޓަރީގެ ތެރޭގައި ހުންނަ ލޭގެ ޕްރެޝަރެވެ. ލޭގެ ޕްރެޝަރު ބަލާއިރު މަތީގައި އިންނަ ޢަދަދަކީ ސިސްޓޮލިކް ޕްރެޝަރު ހުންނަ ވަރެވެ. އާންމު ގޮތެއްގައި އެއީ 80 އެވެ.
އެހެން ކަމުން ލޭގެ ޕްރެޝަރު އާދައިގެ ގޮތެއްގައި ހުރިނަމަ ލިޔެފައި އިންނާނީ 80/120 މިލިމީޓަރު މާކަރީ މިހެންނެވެ. ލޭގެ ޕްރެޝަރު މައްޗަށް ދިއުމަށް ކިޔަނީ ލޭމައްޗަށްދިއުން އަދި ލޭގެ ޕްރެޝަރު ދަށަށް ދިއުމަށް ކިޔަނީ ލޭދަށަށްދިއުން އެވެ.
ބަހާލެވޭގޮތް
[އުނިއިތުރު ގެންނަވާ]ކެޓަގަރީ | ސިސްޓޮލިކް ޕްރެޝަރު, މިލިމީޓަރު މާކަރީ | ޑަޔަސްޓޮލިކް ޕްރެޝަރު, މިލިމީޓަރު މާކަރީ |
---|---|---|