ޑަޔަސްޓޮލިކް ޕްރެޝަރު
ޑަޔަސްޓޮލިކް ޕްރެޝަރު(އިނގިރޭސި ބަހުން: Diastolic Pressure) އަކީ ހިތް ރިލެކްސް(އިނގިރޭސި ބަހުން: Relaxation) ވާއިރު އާޓަރީގެ ތެރޭގައި ލޭދައުރުވާ ބާރުމިނެވެ. ނުވަތަ އާޓަރީގެ ތެރޭގައި ހުންނަ ލޭގެ ޕްރެޝަރެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ހިތުން ލޭފޮނުވާދިނުމަށްފަހު މަޑުޖެހިލާ ވަގުތުކޮޅު ނުވަތަ ހަމައަކަށް އެޅޭ ވަގުތުކޮޅުގައި އާޓަރީގެ ތެރޭގައި ލޭދައުރުވާ ބާރުމިން ނުވަތަ އާޓަރީ ތެރޭގައި އުފެދޭ ޕްރެޝަރު އެވެ. ލޭގެ ޕްރެޝަރު ބަލާއިރު މަތީގައި އިންނަ ޢަދަދަކީ ސިސްޓޮލިކް ޕްރެޝަރު ހުންނަ ވަރެވެ. އާންމު ގޮތެއްގައި އެއީ 80 މިލިމީޓަރު މާކަރީ އެވެ. ލޭމައްޗަށްދިއުން މެދުވެރިވެފައިވާނަމަ ޑަޔަސްޓޮލިކް ޕްރެޝަރު ހުންނާނީ 90 މިލިމީޓަރު މާކަރީ އަށްވުރެ މަތީގައެވެ. [[ ޑަޔަސްޓޮލިކް ޕްރެޝަރު އަކީ ހިތުން ލޭ ހަށިގަނޑުގެ ބައިތަކަށް ފޮނުވާލުމަށްފަހު އަނބުރާ ހިތް ހަމައަކަށް އެޅި ރެސްޓް ކުރާ ވަގުތުގައި ލޭހޮޅިތަކުގައި ޕްރެޝަރު ހުންނަ ވަރެވެ. މިއީ ހަށިގަނޑުގެ ބައިތަކުން ލޭ އަނބުރާ ހިތަށް އަންނަ އިރު ލޭ ހޮޅިތަކުގައި ހުންނަ ޕްރެޝަރު އޭ ވެސް ބުނެވިދާނެ އެވެ.