ލޭދަށަށްދިއުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ލޭދަށަށްދިއުން(އިނގިރޭސި ބަހުން: Hypotension) އަކީ އާދަޔާ ޚިލާފަށް ލޭގެ ޕްރެޝަރު ދަށްވުމެވެ. މިއީ ބައްޔަކަށްވުރެ ބޮޑަށް އެހެން ބައްޔަކާއި ގުޅިގެން ކުރިމަތިވާ ޙާލަތެކޭ ބުނެވިދާނެއެވެ. ލޭމާބޮޑަށް ދަށަށް ހިގައްޖެނަމަ ޝޮކުޖެހުން މެދުވެރިވުމަކީ ވަރަށް ގާތް ކަމެކެވެ. މާބޮޑަށް ލޭދަށަށްދިއުމަކީ އޭގެ ސަބަބުން ފުރާނަ އަށް ނުރައްކާ ވެދާނެ ކަމެކެވެ.

ލޭދަށަށްދިއުން ކުރިމަތިވާ އެންމެ މައިގަނޑު އެއް ސަބަަބަކީ ހަށިގަނޑުގައި އެކުލެވޭ ލޭގެ ވޮލިއުމް ދަށްވުމެވެ. ލޭގެ ވޮލިއުމް ދަށްވުން މެދުވެރިކޮށްފާނެ ކަންތައްތަކުގެ ތެރޭގައި ހަށިގަނޑުގެ ބަޔަކުން ލޭފޭއްދުން، ހަށިގަނޑުން ގިނަ އަދަދަކަށް ލޭބޭރުވުން، އެކަށޭނަ ވަރަށް ދިޔާތަކެތި ނުބުއިން، އަދި ހޮނޑުލުން ނުވަތަ ބޭރަށް ހިންގުން ފަދަ ކަމެއްގެ ސަބަބުން ހަށިގަނޑުން ފެން ގިނަ އަދަދަކަށް ބޭރުވުން ފަދަ ކަންތައްތައް ހިމެނެއެވެ.