Jump to content

ސިސްޓޮލިކް ޕްރެޝަރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ސިސްޓޮލިކް ޕްރެޝަރު(އިނގިރޭސި ބަހުން: Systolic Pressure) އަކީ ހިތް ކޮންޓްރެކްޓް(އިނގިރޭސި ބަހުން: Contraction) ވާއިރު އާޓަރީގެ ތެރޭގައި ލޭދައުރުވާ ބާރުމިނެވެ. ނުވަތަ އާޓަރީގެ ތެރޭގައި ހުންނަ ލޭގެ ޕްރެޝަރެވެ.އެހެން ގޮތަކަށް ބުނާނަމަ މިއީ ހިތުން ލޭ ފޮނުވައިދިނުމުން އާޓަރީ ތެރޭގައި ލޭދައުރުވާ ބާރުމިން ނުވަތަ އާޓަރީ ތެރޭގައި އުފެދޭ ޕްރެޝަރު އެވެ. ލޭގެ ޕްރެޝަރު ބަލާއިރު މަތީގައި އިންނަ ޢަދަދަކީ ސިސްޓޮލިކް ޕްރެޝަރު ހުންނަ ވަރެވެ. އާންމު ގޮތެއްގައި އެއީ 120 މިލިމީޓަރު މާކަރީ އެވެ. ލޭމައްޗަށްދިއުން މެދުވެރިވެފައި ވާނަމަ ސިސްޓޮލިކް ޕްރެޝަރު ހުންނާނީ 140 މިލިމީޓަރު މާކަރީ އަށްވުރެ މަތީގައެވެ.


ހިތުން އެއޯޓާ އަދި ޕަލްމޮނަރީ އާޓަރީ އަށް ލޭ ފޮނުވާލަނީ ހިތް ކޮންޓްރެކްޓް ވުމުންނެވެ. އެހެން ކަމުން ލޭގެ ޕްރެޝަރު މަތިވާނީ ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވާލާ ހިނދުގައެވެ.