Jump to content

ތައުޙީދު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން

އިސްލާމް


ޢަޤީދާ

  ތައުހީދް
މުޙައްމަދުގެފާނު  ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް  ނަމާދު
ރޯދަ  ޒަކާތް  ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން  ސުންނަތް  ޙަދީޘް
ފިޤުހު  ޝަރީޢާ  ކަލާމް  ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން  ހައިވާނުން  ފަންނުވެރިކަން
ކަލަންޑަރު  ކުޑަކުދިން
ޤައުމުތައް  ޢީދު
މިސްކިތް  ފަލްސަފާ
ޢުލޫމް  އަންހެނުން
ސިޔާސަތު  ދަޢުވާ

އިސްލާމި ނެރު
 v  d  e 

ތައުޙީދަކީ އިސްލާމް ދީނުގައި ގެ އެއްކައުވަންތަކަމުގެ ޢަޤީދާއެވެ.

އެއީ އެންމެހައި ފުރިހަމަ ސިފަފުޅުތަކެއް ޚާއްސަވެގެން ވަނީ އަޅަމެން ހައްދަވައި ގެންގުޅުއްވާ ރައްބަށްކަން އަޅާ ދަނެ، އެ ކަން ހިތުގެ އަޑިން ޤަބޫލުކޮށް، އެ ކަމަށް އިޢުތިރާފުވެ، އެކަމަށް އީމާންވެ، އެ ކަމުގައި އެކަލާނގެ އެއްކައުވަންތަކުރުމާއި، އަދި އެއާއެކު، އެކަލާނގެ ފުރިހަމަކަމުގައި އެކަލާނގެއާ އެއްވެސް ޝަރީކަކު، ބައިވެރިއަކު، އަދި އަޅައި­ކިޔޭ މިސާލުޖެހޭ ފަރާތެއް ވެސް ނުވާ ކަމާއި، އެކަލާނގެ ހެއްދެވި އެންމެހައި ޚަލްޤުތަކުންގެ މައްޗަށް އުލޫހިއްޔަތާއި، ޢުބޫދިއްޔަތު ލިބިގެންވަނީ (އެބަހީ: އަޅުކަމާއި އަޅުވެތިކަން ޙައްޤުވެގެން ވަނީ) ހަމައެކަނި އެކަލާނގެއަށް ކަން އިޢުތިޤާދުކޮށް ދެން އެއަށްފަހުގައި އަޅުކަމުގެ އެންމެހައި ބާވަތްތަކުގައި އެކަލާނގެ އެއްކައުވަންތަކުރުމެވެ.[1]

ތައުޙީދު ބެހޭ ބައިތައް

[އުނިއިތުރު ގެންނަވާ]

ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ނައްޞުތަކަށް ބެއްލެވުމަށްފަހު ޢިލްމުވެރިން ތައުޙީދު ތިން ބަޔަކަށް ބައްސަވައެވެ.

ތައުޙީދުއްރުބޫބިއްޔާ

[އުނިއިތުރު ގެންނަވާ]

އެއީ ޚަލްޤުކުރެއްވުމާއި، ރިޒުޤުދެއްވުމާއި، ތަދުބީރު ކުރެއްވުމާއި ތަރުބިއްޔަތާއި، މި އެންމެހައި ކަންކަން ލިބިވޮޑިގެންވަނީ ހަމައެކަނި އަޅަމެންގެ ރައްބަށް ކަމާއި، މި ކަންކަމުގައި އެކަލާނގެ އެއްކައުވަންތަވެވޮޑިގެންވާކަން، އިޢުތިޤާދުކުރުމެވެ.[1]

ތައުޙީދުލް އަސްމާއި ވައްޞިފާތި

[އުނިއިތުރު ގެންނަވާ]

އެއީ ﷲ ތަޢާލާ އެކަލާނގެ ނަފްސުފުޅަށް ސާބިތުކުރައްވާފައިވާ، އަދި އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ އެކަލާނގެއަށް ސާބިތު ކުރައްވާފައިވާ އެންމެހައި ރިވެތި އިސްމުފުޅުތަކާއި އެ އިސްމުފުޅުތަކުން ދަލީލުކޮށްދޭ ސިފަފުޅުތައް، ތަޝްބީހުކުރުމެއް، ތަމްޘީލުކުރުމަކާ[ނޯޓު 1] ނުލައި، އަދި ތަޙްރީފުކުރުމެއް[ނޯޓު 2] ތަޢްޠީލުކުރުމަކާ[ނޯޓު 3] ނުލައި އެކަލާނގެއަށް އެ އިސްމުފުޅުތަކާއި ސިފަފުޅުތައް ސާބިތުކުރުމެވެ.[1]

ތައުޙީދުލް ޢިބާދާ (ތައުޙީދުލް އުލޫހިއްޔާ)

[އުނިއިތުރު ގެންނަވާ]

އެއީ އަޅުކަމުގެ ހުރިހައި ވައްތަރަކާއި ބާވަތެއް ހަމައެކަނި ﷲ އަށް އަދާކުރުމެވެ. އަދި އަޅުކަމުގައި ﷲ އެއްކައުވަންތަ­­ކުރުމާއެކު، އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ޝަރީކުކުރުމަކާ ނުލައި، އެ އަޅުކަމުން ބައެއް އެޅުމަކާ ނުލައި އެކަން ކުރުމެވެ.[1]

ފަހެ ތައުޙީދުގެ މި ތިން ބަޔަކީ، އަޅާ މި ހުރިހައި ބައެއްގައި ހިފަހައްޓައި މި ޢަޤީދާ­ގައި ކުރިއަށް ގޮސްގެން މެނުވިީ، އެ އަޅާއީ ﷲ އެއްކައުވަންތަކުރާ މުވައްޙިދަކަށް ނުވާނޭ ތިން ބައެވެ.[1]

  1. ތަމްޘީލުކުރުމާއި ތަޝްބީހުކުރުމުގެ މާނަ ދާދި އެއްގޮތެވެ. މިތަނުގައި އޭގެ މާނައީ: އެހެން އެއްޗަކާ ނުވަތަ އެހެން މަޚްލޫޤެއްގެ ސިފައަކާ އެކަލާނގެ ސިފަފުޅަކާ އެއްވައްތަރުކުރުން ނުވަތަ އަޅައިކިޔުމެވެ. [ބައްލަވާ: އަލްޢަޤީދަތުލް ވާސިޠިއްޔާގެ، ޝައިޚް އިބްނު ޢުޘައިމީންގެ ޝަރަޙަ، 1 / 91 
  2. ތަޙްރީފުކުރުމަކީ އެ އިސްމުފުޅެއް ނުވަތަ ސިފަފުޅެއް، އެއީ ސީދާ އޭގެ ލަފްޡު ވިޔަސް މާނަ ވިޔަސް، އެ ބަދަލުކޮށް އޮޅުވާލުމެވެ. [ބައްލަވާ: އަލްޢަޤީދަތުލް ވާސިޠިއްޔާގެ، ޝައިޚް އިބްނު ޢުޘައިމީންގެ ޝަރަޙަ، 1 / 77 ]
  3. ބަހުގެ ގޮތުން ތަޢްޠީލުގެ މާނައަކީ: އެއްޗެއް ހުސްކޮށްލުން ނުވަތަ ފަޅުކޮށް، ދޫކޮށްލުމެވެ. މިތަނުގައި ތަޢްޠީލޭ ބުނެވެނީ: ﷲ އެކަލާނގެ ނަފްސުފުޅަށް ސާބިތުކުރައްވާފައިވާ އިސްމުފުޅަކަށް ނުވަތަ ސިފަފުޅަކަށް އިންކާރުކުރުމުގެ މާނައިގައެވެ. އެއީ އެ އެއްކޮށް ނުވަތަ އޭގެ ބައެއް ނަފީކުރުންކަމުގައި ވިޔަސް، އެ ބަދަލުކޮށް އޮޅުވާލައިގެން ކަމުގައި ވިޔަސް، އެއާ ދެކޮޅުހަދައިގެން ކަމުގައި ވިޔަސް މި ހުރިހައި ކަމަކީވެސް ތަޢްޠީލެވެ. [ބައްލަވާ: އަލްޢަޤީދަތުލް ވާސިޠިއްޔާގެ، ޝައިޚް ޢުޘައިމީންގެ ޝަރަޙަ، 1 / 81 ]
  1. 1 2 3 4 5 އައްސިޢުދީ، ޢަބްދުއްރަޙްމާން ބިން ނާޞިރް. سؤال وجواب في أهم المهمات