ފަންވަތް:Did you know/2010-04

ވިކިޕީޑިއާ އިންވިކިޕީޑިއާ
  • އަންހެނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ސެލް ނުވަތަ ދިރު އަކީ ބިސްރަވައިގެ ތެރޭގައި ހުންނަ ބިސް ނުވަތަ އޯވަމް އެވެ.
  • އާދައިގެ ފިރިހެނެއްގެ ނަސްލު އުފައްދާ ނިޒާމް އިން ދުވާލަކު 500 މިލިޔަން ދަރިފަނި ބޮޑުވެ ފުރިހަމަ ވެދެއެވެ.
  • އަލަށް އުފަންވާ ތުއްތު އަންހެން ކުއްޖާގެ ދެބިސްރަވައިގައި ގާތްގަނޑަކަށް 6 ލައްކަ ފުރިހަމަނުވާ ބިސް އެކުލެވިގެން ވެއެވެ.
  • ފިރިހެނާގެ އުރަވަޅިން އުފައްދާ ދަރިފަނި ގެ ދިރިހުރުމުގެ އެވްރެޖް ޢުމުރަކީ 36 ގަޑިއިރު އެވެ.
  • އަންހެނާގެ ބިސްރަވަ އިން އުފައްދާ ބިހުގެ އެވްރެޖް ޢުމުރަކީ 24-12 ގަޑިއިރާއި ދެމެދުގެ މުއްދަތެކެވެ.
  • އަންހެނަކަށް އޭނާގެ މުޅި ޢުމުރުގައި 35 ކުދިން ވިހެއުމުގެ ކުޅަދާނަކަން ލިބިގެންވެއެވެ.
  • ފިރިހެނާގެ އުރަވަޅި ތެރޭގައި އޮންނަ އޮށް ގެ ދިގުމިނުގައި 5 ސެންޓިމީޓަރު ހުންނައިރު ވަށަމިނުގައި 3 ސެންޓިމީޓަރު ހުރެއެވެ.
  • މަނި ތެރޭގައި ހުންނަ ދަރިފަންޏެއްގެ ދިގު މިނަކީ 0.05 މިލިމީޓަރެވެ.