Jump to content

މެސޮޕޮޓޭމިއާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން


ޤަދީމީ މެސޮޕޮޓޭމިއާ
ފުރާތު ކޯރު · ދިޖުލަތު ކޯރު
ޝަހަރުތައް / އެމްޕަޔަރތައް
ސޫމާރު: Uruk · އޫރު · Eridu
Kish · Lagash · Nippur
އައްކާދީ އެމްޕަޔަރ: އައްކާދު
ބާބިލް · Isin · Susa
Assyria: Assur · ނައިނަވާ
Dur-Sharrukin · Nimrud
Babylonia · Chaldea
Elam · Amorites
Hurrians · Mitanni
Kassites · Urartu
ރާދަވަޅި
Kings of Sumer
Kings of Assyria
Kings of Babylon
ބަސް
އާރާމީ
ސޫމާރީ · އައްކާދީ
Elamite · Hurrian
މިތޮލޮޖީ
Enûma Elish
Gilgamesh · މަރުދޫޚު

މެސޮޕޮޓޭމިއާ އިން މުރާދު ކުރެވެނީ މިހާރުގެ ޢިރާޤު އާއި އިރުމަތީ ސޫރިޔާ އާއި އިރުދެކުނު ތުރުކީ އާއި ހުޅަނގު ދެކުނު އީރާން ޙިއްޞާ ކުރާ ސަރަޙައްދެވެ. މެސޮޕޮޓޭމިއާ ގެ ނަން އައިސްފައިވަނީ ޔޫނާނީ ބަހުންނެވެ. މާނައަކީ ދެކޯރުގެ ދެމެދުގައިވާ ތަނެވެ. ފުރާތު ކޯރު އާއި ދިޖުލަތު ކޯރު ގެ ދެމެދުގައިވާ ބިމެވެ. މި ސަރަޙައްދަށް ޢަރަބި ބަހުން ކިޔަނީ: ما بين النهرين އެވެ. މާނައަކީ ދެކޯރުގެ ދެމެދުގައިވާ ތަނެވެ. މިދެކޯރުގެ ފެން ދެމިފައިވާ ޖުޣުރާފީ ސަރަޙައްދަށް ޢާއްމު ގޮތެއްގައި މުޚާޠަބު ކުރެވެނީ "ޙަޟާރަތުގެ އުނގު" މި ގޮތަށެވެ. އެހެނީ މިއީ ލިޔެކިޔައި އުޅޭ މުޖުތަމަޢުތައް ޢީސާއީ މީލާދުގެ 4 ސާސްކަފު ކުރީން، އުފަންވި ސަރަޙައްދެވެ. އަދި ފުރިހަމަ ޝަހަރުތަކެއް އެއްމެ ފުރަތަމަ ބިނާ ކުރެވުނު ބިން ވެސް މެއެވެ.