އީރާން
| Islamic Republic of Iran جمهوری اسلامی ايران
Jomhūrī-ye Eslāmī-ye Īrān |
||||||
|---|---|---|---|---|---|---|
|
||||||
| Motto: (official) Esteqlāl, āzādī, jomhūrī-ye eslāmī 1 (Persian) "Independence, freedom, Islamic Republic" (national) |
||||||
| Anthem: Sorūd-e Mellī-e Īrān 2 | ||||||
| Capital and largest city |
Tehran 35°41′N 51°25′E / 35.683°N 51.417°E |
|||||
| Official languages | Persian | |||||
| Government | Islamic Republic | |||||
| - | Supreme Leader | Ayatollah Ali Khamenei | ||||
| - | President | Mahmoud Ahmadinejad | ||||
| Establishment | ||||||
| - | Proto-Elamite Period | 8000 BCE | ||||
| - | Middle-Elamite Period | 3400-550 BCE | ||||
| - | Creation of first Iranian dynastic empire (Median) | 728-550 BCE |
||||
| - | Achaemenid dynastic empire (unification) | 550-330 BCE |
||||
| - | Parthian (Arsacid) dynastic empire (first reunification) |
248 BCE-224 CE |
||||
| - | Sassanid dynastic empire |
224–651 CE |
||||
| - | Safavid dynasty (second reunification) |
May 1502 |
||||
| - | First Constitution | 1906 | ||||
| - | Islamic Revolution | 1979 | ||||
| - | Water (%) | 0.7 | ||||
| Population | ||||||
| - | 2006 (1385 AP) census | 70,472,8463 (17th) | ||||
| GDP (PPP) | 2005 estimate | |||||
| - | Total | $610.4 billion4 (19th) | ||||
| - | Per capita | $8,9004 (71st) | ||||
| HDI (2004) | Error: Invalid HDI value · 96th |
|||||
| Currency | Iranian rial (ريال) (IRR) | |||||
| Time zone | IRST (UTC+3:30) | |||||
| - | Summer (DST) | not observed (UTC+3:30) | ||||
| Calling code | 98 | |||||
| Internet TLD | .ir | |||||
| 1. | bookrags.com | |||||
| 2. | iranchamber.com | |||||
| 3. |
Script error: No such module "citation/CS1".
|
|||||
| 4. | CIA Factbook | |||||
އިސްލާމިކް ރިޕަބްލިކް އޮފް އީރާނަކީ ހުލަނގު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. އެހެން ނަމަވެސް ބައެއް ފަހަރު މިއީ ދެކުނު އޭޝިޔާއަށް ނިސްބަތްވާ ޤައުމެއް ކަމުގައި ވެސް ބަލައި އުޅެއެވެ.
ފިހުރިސްތު
އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]
އީރާނުގެ ރަސްމީ ބަހަކީ ފާރިސީ ބަހެވެ. ފާރިސީ ބަހަކީ އަދަބީ ގޮތުން ވަރަށް ވެސް ކުރިއަރާފައިވާ މޮޅު އަދި ފުރިހަމަ ބަހެކެވެ. އިނގިރޭސި ބަހުން އީރާނުގެ މީހުންނަށް ކިޔަނީ އީރާނިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތެހެރާނެވެ. އީރާނުގެ ވެރި ރަށަކީ ވެސް ތެހެރާނެވެ. އީރާނަކީ އިސްލާމިކް ތިއޮކްރެޓިކް ރިޕަބްލިކެކެވެ. ޤައުމުގެ އާބާދީއަކީ 74 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 17 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1.65 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ir. އެވެ. ކޯލިން ކޯޑަކީ +98 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އީރާނިޔަން ރިޔާލެވެ.
ނަން[އުނިއިތުރު ގެންނަވާ]
އީރާނުގެ ނަމެއްގެ ގޮތުގައި “އީރާން” މި ނަން ޢާއްމުކޮށް އިނގިރޭސި ބަހުން ބޭނުން ކުރަން ފަށާފައިވަނީ 1935 ހައި ތާނގައެވެ. އޭގެ ކުރީން ބައިނަލް އަޤްވާމީ މަސްރަޙުގައި އީރާނުގެ ނަން މަޝްހޫރުވެފައިވަނީ “ޕަރޝިޔާ” ގެ ނަމުންނެވެ. އެހެން ނަމަވެސް އީރާނުގެ މީހުންނަށް ކުރީން ވެސް އެއީ ހަމަ އީރާނެވެ. އީރާނުގައި މި ނަން، ސާސާނީންގެ ވެރިކަން ފެށުމާ ހަމައިގައި ވެސް އައީ ބޭނުން ކުރަމުންނެވެ. “އީރާން” މި ނަމުގެ މާނައަކީ “އާރިޔާއިިން (އާރިޔަނުން) ގެ ބިން” މި މާނައެވެ. މި ބަސް ނެގިފައިވަނީ “އާރިޔާނާ” މި ބަހުންނެވެ.
ޖުޣުރާފީ[އުނިއިތުރު ގެންނަވާ]
އީރާނަކީ ބިމުގެ ގޮތުން ބަލާއިރު ދުނިޔޭގައި 18 ވަނައަށް އެންމެ ބޮޑު ޤައުމެވެ. އީރާނުގެ ބޮޑުމިން އަންދާޒާ ކޮށްލުމަށް ޓަކައި އެހެން ބައެއް ޤައުމުތަކާ އަޅާ ކިޔާލުމުން ވަރަށް ފަސޭހައިން އީރާނުގެ ބޮޑުމިން ތަޞައްވުރު ކުރެވިގެންދާނެއެވެ. މި ގޮތުން ބަލާއިރު އިނގިރޭސި ވިލާތާއި، ފަރަންސޭސިވިލާތާއި، ޖަރުމަނު ވިލާތާއި، އިސްޕޭން އެއްކޮށްލުމުން ވާ ވަރާއި އީރާން އެއްވަރެވެ. އީރާނުގެ ހުޅަނގު އުތުރުގައި އޮތީ އަޒަރުބައިޖާނާއި އަރުމީނިޔާއެވެ. އުތުރުގައި އޮތީ ކަސްބީ ކަނޑެވެ. އިރުއުތުރުގައި އޮތީ ތުރުކުމަނިސްތާނެވެ. އިރުމަތީގައި އޮތީ ޕާކިސްތާނާއި އަފްޣާނިސްތާނެވެ. ހުޅަނގުގައި އޮތީ ތުރުކީ އާއި ޢިރާޤެވެ. ދެކުނުގައި އޮތީ ޚަލީޖު އީރާނާއި ޚަލީޖު އޮމާނެވެ. އީރާނަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ފަރުބަދަ ހުރި އެއް ޤައުމެވެ.
ތާރީޚު[އުނިއިތުރު ގެންނަވާ]
އީރާނުގައި ޢީސާއީ މީލާދުގެ 9000 އަހަރު ކުރީން ވެސް މީހުން އުޅެފައިވާކަން އެނގެއެވެ. އީރާނަކީ ޔޫރަޕާއި އުތުރު އިންޑިޔާ އާއި މެދުތެރޭ އޭޝިޔާގެ ވަޒަންވެރީން ކަމުގައިވާ އާރިޔަނުންނާއި އިންޑޯ އާރިޔަނުންގެ ކާބަފައިންގެ ވަޒަނެވެ. އެތައް ޤަރުނެއް ކުރީއްސުރެ އީރާނުގެ ރަސްރަސްކަލުންގެ ނަންފުޅުގެ ކުރީގައި ބޭނުންކުރެވޭ ރަސްމީ ލަޤަބަކީ “ޝަހެންޝާހް އާރިޔާ މެހެރު” މި ނަންފުޅެވެ. މި ނަންފުޅުގެ މާނައަކީ “އާރިޔާއިންގެ އަލިކަމުގެ ވެރި ރަސްގެފާނެވެ.” މީލާދީން 651 ވަނަ އަހަރު މުސްލިމުން ވަނީ އީރާނުގައި ދިރިއުޅެން ފަށާފައެވެ. އަދި އީރާނުގެ އެތައް ބަޔަކު ވަނީ އިސްލާމްދީން ޤަބޫލުކޮށްފައެވެ. 1 އެޕްރީލް 1979 އިން ފެށިގެން އީރާނުގައި ކުރިން ހިނގަމުން އައި ރަސްކަން އުވި އިސްލާމީ ޖުމްހޫރިއްޔާއެއް ބިނާ ކުރެވުނެވެ. މިއަދު އީރާން ވެފައިވަނީ މުޅި ސަރަޙައްދުގައި ވެސް އޮތް އެންމެ ބާރަށް ކުރިއަރަމުން އަންނަ ޤައުމަށެވެ. ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުންނެވެ. އަދި އިޤްތިޞާދީ ގޮތުން ވެސްމެއެވެ. އީރާނުގެ ނިއުކްލިޔަރ ޤާބިލުކަމާމެދު ހުޅަނގުގެ ޤައުމުތަކުން ދަނީ ބިރުވެރިކަމުގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ. އީރާނުގެ ތާރީޚަށް ކުރުގޮތަކަށް ބަލާނަމަ 625 މ.ކ އިން ފެށިގެން މީޑިޔަން އެމްޕަޔަރ އޮތުމަށް ފަހު 1501 އިން ފެށުނީ ސަފާވިދު ޑައިނާސްޓީގެ ވެރިކަމެވެ. އީރާނުގެ ފުރަތަމަ ޤާނޫނު އަސާސީ ތަޞްދީޤުކުރެވުނީ 1906 ވަނަ އަހަރުގައެވެ.
ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]
އާބާދީގައި 74 މިލިޔަން މީހުން ތިބި އީރާނަކީ މެދުއިރުމަތީގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ދުނިޔެއަށް ބަލާއިރު 17 ވަނަ އަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ޤައުމުގެ އާބާދީގެ 51% މީހުންނަކީ ފާރިސީ ނަސްލުގެ މީހުންނެވެ. 24% މީހުންނަކީ އަޒޭރީންނެވެ. 7% އަކީ ގިލާކީންނާއި މާޒާންދަރާނީންނެވެ. 3% އަކީ އަރަބީންނެވެ. 2% އަކީ ބަލޫޗީންނެވެ. މީގެ އިތުރުން ޖިޕްސީ ރެދިންނާއި ބްރާހުއީންނާއި ހަޒާރާއިންނާއި ކަލާޝުންނާއި ކަޒަކުން ވެސް އީރާނުގައި ދިރިއުޅެއެވެ.
ސަގާފަތު[އުނިއިތުރު ގެންނަވާ]
އީރާނުގެ ސަގާފަތަކީ 4000 އަހަރުގެ ތާރީޚެއް އޮތް ސަގާފަތެކެވެ. އާޓާއި ފަންނުގެ ރޮނގުން ވެސް އީރާނަށް ލިބިފައިވަނީ މިޞްރަށް ވެސް ލިބިފައިވާފަދަ މަތިވެރި ވަނައެކެވެ. އަދަބިއްޔާތާއި ސަންގީތުގެ ރޮނގުގައި ވެސް އީރާނަކީ ފާހަގަކޮށްލެވޭ ފަދަ ޤައުމެކެވެ.
އިޤްތިޞާދު[އުނިއިތުރު ގެންނަވާ]
އީރާނާ ދެކޮޅަށް އ.ދ ގެ ދާއިރާގެ ތެރެއިން ހުލަނގުގެ ޤައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކާ ހެދި އީރާނުގެ އިޤްތިޞާދަށް ހިންދަމާލެވޭ ގޮތެއް ނުވެއެވެ. އެހެން ނަމަވެސް އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 4600 ޑޮލަރެވެ.