Jump to content

ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ މުޙައްމަދު ވަހީދު ހަސަން އިން)

މުޙައްމަދު ވަޙީދު ޙަސަން މަނިކު
ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، 2025
ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް
މަޤާމާ ހަވާލުވެވަޑައިގަތީ
26 މޭ 2025
ރައީސްމުޙައްމަދު މުޢިއްޒު
ފަހުން ވަޑައިގަތީ
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ
މަޤާމުގައި
7 ފެބުރުވަރީ 2012 – 17 ނޮވެންބަރު 2013
ނައިބު ރައީސްމުޙައްމަދު ވަޙީދުއްދީން
ކުރިން ހުންނެވީމުޙައްމަދު ނަޝީދު
ފަހުން ވަޑައިގަތީ
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު
މަޤާމުގައި
11 ނޮވެންބަރު 2008 – 7 ފެބުރުވަރީ 2012
ރައީސްމުޙައްމަދު ނަޝީދު
ކުރިން ހުންނެވީޙަސަން ޒަރީރު (1977)
ފަހުން ވަޑައިގަތީ
އުފަންވީ3 ޖަނަވަރީ 1953
މާލެ، ދިވެހިރާއްޖެ
ސިޔާސީ ޕާޓީޖުމުހޫރީ ޕާޓީ (2023އިން ފެށިގެން)
އެހެނިހެން ސިޔާސީ
ގުޅުންތައް
އަނބި ނުވަތަ ފިރިއިލްހާމް ޙުސައިން
ދަރިން3
މަތީތަޢުލީމު
  • އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތު
  • ސްޓެމްފަރޑް ޔުނިވަރސިޓީ
ސޮއި
ވެބްސައިޓްdrwaheed.com

ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު އަކ ީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތަރު ވަނަ ރައީސެވެ. ވެރިކަމާ ހަވާލުވެލެއްވީ 7 ފެބްރުއަރީ 2012 ގައި މުޙައްމަދު ނަޝީދު އިސްތިޢުފާ ދެއްވުމުންނެވެ. އެއީ ކުރީގައި މުޙައްމަދު ނަޝީދުގެ ރައީސްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމުގައި ހުރުމަށްފަހު އެވެ.

ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަކީ، ޤައުމީ އިއްތިހާދު ޕާޓީގެ ލީޑަރެވެ. އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅު ފެށިގެން އައީ، 1988ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލޭގެ ގޮނޑިއަށް ވާދަކުރައްވައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅަނގުގެ ސަގާފަތަށް ކެމްޕެއިނެއް ކުރައްވައިގެން، އެ އިންތިޚާބު ކާމިޔާބު ކުރެއްވި ހިސާބުންނެވެ.

ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަކީ އދ. ގެ މައި އޮފީހުގައާއި، އަދި އެކި ޤައުމުތަކުގައި ހުންނަ އދ. ގެ ސަރަޙައްދީ އޮފީސްތަކުގައި މަސައްކަތްކުރައްވައިފައިވާ ވަރަށް ތަޖުރިބާކާރު ޚިދުމަތްތެރިއެކެވެ. އެންމެ ފަހުން އެމަނިކުފާނު މަސައްކަތް ކުރައްވައިފައިވަނީ، ތުރުކުމަނިސްތާނުގައި ހުންނަ ޔުނިސެފްގެ ކަންޓްރީ ރެޕްރެޒެންޓެޓިވް (ޔުނިސެފްގެ ފަރާތުން ހުންނަ ޤައުމުގެ މަންދޫބު) އެއްގެ ގޮތުގައެވެ. ޔުނިސެފްގައި މަސައްކަތްކުރެއްވި ދުވަސްވަރު، އެކި ޤަމުތަކުގެ މިޝަންތަކުގެ އިސްވެރިއެއްގެ ގޮތުގައި އެމަނިކުފާނު މަސައްކަތްކުރައްވައިފައިވެއެވެ. މިގޮތުން އެމަނިކުފާނުވަނީ ޔުނިސެފްގެ ރީޖަނަލް އޮފީސް ފޮރ ސައުތް އޭޝިޔާގެ އެކްޓިންގ ރީޖަނަލް ޑިރެކްޓަރުކަމާއި، އަފްޣާނިސްތާނާއި، ޔަމަނާއި މޮންޓެނެގްރޯ އަދި އެފް.ވައި.އާރު މެސެޑޯނިޔާގެ އިންޓެރިމް ރެޕްރެޒެންޓެޓިވް ކަމުގެ މަޤާމު އަދާކުރައްވައިފައެވެ.

2002ވަނަ އަހަރާއި 2005ވަނަ އަހަރާ ދެމެދު، ޑޮކްޓަރ ވަޙީދު ވަނީ އދ. ގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އަފްޣާނިސްތާނުގައި މަސައްކަތް ކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރްޒާއީގެ ސަރުކާރަށް އެކި ކަންކަމުގައި ލަފާ އަރުއްވައިފައެވެ. އަދި، އަފްޣާނިސްތާނުގައި ހުންނަ އދ.ގެ އެހީދޭ އޮފީސް "އެސިސްޓެންސް މިޝަން"ގެ ފަރާތުން އެޤައުމުގެ ތަޢުލީމީ ދާއިރާ ވިލަރެސްކުރައްވައި، އެ ދާއިރާ ތަރައްޤީ ކުރައްވައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގައި، އެންމެ އިސް ބޭފުޅެއްގެ ގޮތުން ވަނީ ޚިދުމަތް ކުރައްވައިފައެވެ.

ނިއުޔޯކުގައި ހުންނަ އދ. ގެ ޑިވެލޮޕްމަންޓް ގްރޫޕް އޮފީހުގެ އެސޯސިއޭޓް ޑިރެކްޓަރ ކަމުގެ މަޤާމަށް 2005ވަނަ އަހަރު ޑރ. ވަޙީދު ޢައްޔަން ކުރެއްވިއެވެ. މި މަޤާމުގައި ހުންނަވައިގެން ޑޮކްޓަރ ވަޙީދު ވަނީ އ.ދ.ގެ އިދާރީ މަސައްކަތްތައް ހަރުދަނާކުރެއްވުމުގެ ގޮތުން އެކަންކަން އަލުން އެކުލަވައިލައްވައި، ރާއްވަވާފައެވެ.

ނިއުޔޯކުގައި ހުންނަ އދ. ގެ ޑިވެލޮޕްމަންޓް ގްރޫޕް އޮފީހުގެ އެސޯސިއޭޓް ޑިރެކްޓަރުގެ ހައިސިއްޔަތުން ޑޮކްޓަރ ވަޙީދު ވަނީ ޔޫ.އެން.ޑީ.ޖީ މެނެޖްމަންޓް ގްރޫޕްގެ ސެކްރެޓަރީކަންވެސް ކުރައްވައިފައެވެ. މިގޮތުން، އދ. ގެ އެކިއެކި އޮފީސްތަކުން ގުޅިގެން މަސައްކަތްކުރާނެ ޖޮއިންޓް އޮފީހެއް ތަޢާރުފު ކުރެއްވުމުގައި، އަދި އެފަދަ އޮފީހެއްގެ މަސައްކަތްތައް ރާވައި ވިލަރެސްކުރެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވީ ޑރ. ވަޙީދެވެ. އަދި ޔޫރަޕާއި މެދުއިރުމަތީގައި ހުންނަވާ އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ މައި އިދާރާއަށް އދ. އިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ފުރިހަމަ ޒިންމާވެސް އުފުއްލެވީ އެމަނިކުފާނެވެ.

ޔުނިސެފާ ގުޅިވަޑައިގެންނެވުމުގެ ކުރިން ޑރ. ވަޙީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރުކަން ކުރައްވާފައެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ދާއިރާގެ އިސް މަޤާމުތަކެއްވަނީ ފުރުއްވާފައެވެ. އެގޮތުން، އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަޤާމާއި، ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަޤާމާއި، ޑިރެކްޓަރުކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ އޮފް އެޑިޔުކޭޝަނަލް ސަރވިސަސް ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާއްޞަ މަސައްކަތް ކުރައްވާ ކަމުގެ މަޤާމާއި، ވަކީލު ކަމުގެ މަޤާމުވެސް ފުރުއްވައިފައިވެއެވެ. ސަރުކާރުގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރު ޑރ. ވަޙީދު ވަނީ، އެޓޮލްސް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑު މެންބަރުކަން ކުރެއްވުމުގެ އިތުރުން، މޯލްޑިވްސް ޔޫތު ކައުންސިލާއި، ކައުންސިލް ފޮރ ދިވެހި ލެންގުއޭޖް އެންޑް ލިޓްރޭޗަރގައިވެސް މަސައްކަތް ކުރައްވާފައެވެ.

ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަކީ، މިޗިގަން ސްޓޭޓް ޔުނިވަރސިޓީގައި ލެކްޗަރަރއެއްގެ މަޤާމު ވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ. އަދި، ސޭންފްރެންސިސްކޯގެ އިންފޮރމޭޝަން ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އެޗް.އެސް.ކިޔު ޓެކްނޮލޮޖީ އިންކޯޕޮރޭޓެޑް ޔޫ.އެސް.އޭ ގެ ޕްރޮގްރާމް މެނޭޖަރެއްގެ މަޤާމު ވެސް އެ މަނިކުފާނު ފުރުއްވިއެވެ. 1991ވަނަ އަހަރާއި 1992ވަނަ އަހަރާ ދެމެދު އެމަނިކުފާނު ވަނީ ސްވާޒިލަންޑް، ލެސޯތޯ، މޮޒަމްބީކް، ބަންގްލަދޭޝް، ފީޖީ، އަދި ވެސްޓަން ސަމޯއާގައި ހުންނަ ޔޫ.އެން.ޑީ.ޕީ އާއި ޔުނެސްކޯގެ އޮފީހުގައި މަސައްކަތްކުރައްވައިފައެވެ.

ޑރ. މުޙައްމަދު ވަޙީދު ޕީ.އެޗް.ޑީ ހާސިލު ކުރެއްވީ، އެމެރިކާގެ ސްޓެމްފަރޑް ޔުނިވަރސިޓީން، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްގެ ދާއިރާއިން 1987ވަނަ އަހަރުއެވެ. އަދި ހަމަ އެ ޔުނިވަރސިޓީން 1985ވަނަ އަހަރު ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން، އަދި 1979ވަނަ އަހަރު ތަޢުލީމީ ދާއިރާއިން އެމް.އޭ ޑިގްރީ ހާސިލު ކުރައްވައިފައިވެއެވެ. އެމަނިކުފާނު ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވީ 1976ވަނަ އަހަރު، އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުންނެވެ.

ކުރިން ހުންނެވީ:

-

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު

2008 - 2012

ފަހުން ވަޑައިގަތީ:

މުޙައްމަދު ވަޙީދުއްދީން

ކުރިން ހުންނެވީ:

މުޙައްމަދު ނަޝީދު

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ

2012 - 2013

ފަހުން ވަޑައިގަތީ:

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް