Jump to content

މުޙައްމަދު ވަޙީދުއްދީން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ މުޙައްމަދު ވަހީދުއްދީން އިން)
އައްނަބީލު މުޙައްމަދު ވަޙީދުއްދީން
މުޙައްމަދު ވަޙީދުއްދީން، 2013
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު
މަޤާމުގައި
25 އެޕްރީލް 2012 – 10 ނޮވެންބަރު 2013
ރައީސްޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު
ކުރިން ހުންނެވީޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު
ފަހުން ވަޑައިގަތީ
އުފަންވީ (1947-03-03) 3 މާރޗް 1947 (78 އަހަރު )

އައްނަބީލު މުޙައްމަދު ވަހީދުއްދީނަކީ ދިވެހިރާއްޖޭގެ ގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. ނާއިބު ރައީސަކަށް މުޙައްމަދު ވަހީދުއްދީން ހަމަޖެއްސެވީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ. ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މުޙައްމަދު ވަޙީދުއްދީން އަތޮޅުތަކާ ބެހޭ ވަޒީރަކަށް ހުންނެވިއެވެ.

މުޙައްމަދު ވަޙީދުއްދީން ގެ ބައްޕާފުޅަކީ ޢަބްދުﷲ ޢިމާދުއްދީންއެވެ. ކާފާފުޅަކީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ޑީން 40 އެތައް އަހަރަކު ކާމިޔާބު މަސައްކަތްޕުޅުތަކެއް ކުރައްވާފައިވެއެވެ. އެގޮތުން، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފް ކުރެއްވުމުގައިވެސް އިސް ރޯލެއް ވަހީދުއްދީން އަދާކުރައްވާފައިވެއެވެ. އަދި ސަރުކާރުގެ ވަރަށްގިނަ މަޤާމުތަކެއް، ވޭތުވެދިޔަ ސަރުކާރުތަކުގައި ވަނީ ފުރުއްވާފައެވެ. އަދި ޚާއްޞަކޮށް، ވަޒީރެއްގެ ގޮތުގައިވެސް ވަނީ އަގުހުރި ޚިދްމަތްތަކެއް ކުރައްވާފައެވެ. ހިޔުމަން ރައްޓިސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރެއްގެ މަޤާމު 10 ޑިސެމްބަރ 2003 އިން 13 ޖުލައި 2005 އަށް އަދާކުރެއްވިއެވެ. އަދި މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ މަޤާމު 14 ޖުލައި 2005 އިން 2007ގެ ޖޫންމަހާ ހަމައަށް އަދި މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަޤާމު ޖޫން 2007 އިން 8 އޯގަސްޓް 2008 އަށް އަދާކުރެއްވިއެވެ.

މުޙައްމަދު ވަޙީދުއްދީން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން، މޯލްޑިވްސް ޓުއަރިޒަމް އެޑްވައިޒަރީ ބޯޑާއި، މޯލްޑިވްސް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑާއި، މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީ އަދި ސްޕޯޓްސް ޓުއަރިޒަމް ކޮމިޓީގެ އެގްޒެކެޓިވް މެންބަރުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޙައިޘިއްޔަތުން ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ރައީސްކަމާއި، ކްރައިމް ރިޑަކްޝަން ކޯޑިނޭޝަން ކޮމިޓީއާއި، ކްލައިމެޓް ޗޭންޖް އެޑްވައިޒަރީ ކައުންސިލާއި، ސަރުކާރުގެ ސިޔާސަތު ތަންފީޛު ކުރުމުގައި، ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީއާއި އަދި އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީއާއި، ގައުމީ ފުޑް އެންޑް ނިއުޓްރިޝަން ކައުންސިލްގެ ރައީސްކަންވެސް ދަނީ އަދާކުރައްވަމުންނެވެ. އަދި ކްރައިމް ޕްރިވެންޝަން ޓާސްކްފޯހާއި، ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައިވެސް އެމަނިކުފާނު ހިމެނިވަޑައިގަންނަވައެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖެއަށް ބަޔަކު ދިން ޢުދުވާނީ ޙަމަލާއަށްފަހު، ދިވެހި ޤައުމަށް ކުރެއްވި ޚިދްމަތްތަކުގެ އަގު ވަޒަންކޮށް، އާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ދިވެހި ސަރުކާރުން ވަޙީދުއްދީނަށް ދެއްވާފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދްމަތްތަކެއް ކުރައްވާފައިވާތީ، 1993 ވަނަ އަހަރުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި ކޮމިއުނިޓީ ޑިވެލޮޕްމަންޓަށް ކުރެއްވި ޚިދްމަތަށް 1997 ގައި ޤައުމީ އިނާމު، އަދި 2010 ގައި މުޖްތަމަޢަށް ކޮށްދެއްވާ ޚިދްމަތަށް ޤައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ.

މުޙަންމަދު ވަޙީދުއްދީންގެ ޝައުޤުވެރިކަން ހުންނަ ދާއިރާތައް ކަމަށްވާ ފަތުރުވެރިކަމާއި ކުޅިވަރުގެ ރޮނގުން އަދި އުފާވެރި ތަނަވަސް ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް އެހީތެރިކަން ބޭނުންވާ ފަރުދުންނަށް އެހީތެރިކަން ފޯރުވައިދިނުމުގައިވެސް ގިނަ ފަރާތްތަކަކަށް އެހީތެރިކަން ފޯރުވައިދެއްވާފައިވެއެވެ. ޤައުމީ ފެންވަރުގަޔާއި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް އެރޮނގުން ތަފާތު ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

ވަޙީދުއްދީން ހޮބީގެ ގޮތުގައިވެސް ވަރަށް ތަފާތު ކަންތައްތަކެއް ކުރައްވާފައިވެއެވެ. މިގޮތުން، އޭޝިއަން ބޮޑީ ބިލްޑިންގ ފެޑަރޭޝަން (ABBF) އާއި، ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއަރމަން އަދި ފައުންޑަރ މެންބަރ، ދިވެހިރާއްޖޭގެ ނޭޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީގެ ނައިބު ރައީސް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ އެގްޒެކެޓިވް ބޯޑު މެންބަރު، ބޮޑީ ބިލްޑިންގ ފެޑެރޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަދި ފައުންޑަރ މެންބަރ، މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަންގެ ރައީސް އަދި ފައުންޑަރ މެންބަރ، ލިވް އެންޑް ލާރން އެންވަޔަރަންމަންޓް އެޑިޔުކޭޝަންގެ ޓްރަސްޓީގެ މަޤާމު ފުރުއްވާފައިވެއެވެ.

ކުރިން ހުންނެވީ:
މުޙައްމަދު ވަޙީދު ޙަސަން މަނިކު
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު
2012-2013
ފަހުން ވަޑައިގަތީ:

މުޙައްމަދު ޖަމީލް އަޙްމަދު