Jump to content

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) (އިނގިރޭސި: Maldivian Democratic Party) އަކީ ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ ސިޔާސީ ޕާޓީއެކެވެ. އެމްޑީޕީ އުފެދުނީ 2005ވަނަ އަހަރުގައެވެ. މިހައިތަނަށް ދެ ފަހަރެއްގެ މަތީން އެމްޑީޕީން ދިވެހިރާއްޖޭގެ ވެރިކަމަށް އައިސްފައިވެއެވެ.

އެމްޑީޕީ އެންމެ ފުރަތަމަ ޤާއިމުކުރެވުނީ ސިލޯނުގެ ކޮޅުނބުގައި އަރުވައިލެވިގެން ތިބެ، ނޮވެންބަރު 2003 ގައެވެ. ސިޔާސީ ޕާޓީ ހިންގުން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން މަނާކޮށްފައި އޮތް ނަމަވެސް، އެމްޑީޕީން ދިޔައީ ޕާޓީ އުފެއްދުމަށް ބޭނުންވާ 42 މީހުންގެ ސޮއި ހޯދުމާއެކު، މުޅި ދިވެހިރާއްޖޭގައި އިންތިޒާމުވަމުންނެވެ.


ޖަނަވަރީ 2005 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ތާޢީދުކުރާ ފަރާތްތަކުން އެ ކަން ޢާންމުކޮށް އިޢުލާންކޮށް ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރިއެވެ. މިއާއެކު ޖޫން 2005 ގައި ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނެސް، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމަށް ޤާނޫނީ ބާރު ލިބި، ފުރަތަމަ ފަހަރަށް ހުއްދަ ލިބިގެންދިޔައެވެ. އެމްޑީޕީ ރަޖިސްޓްރީ ކޮށްފައިވަނީ 26 ޖޫން 2005 ގައެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ރިޔާސީ އިންތިޚާބެއް ބޭއްވީ 2008ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އެ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ކާމިޔާބުކުރެވިފައިނުވުމާ އެކު، އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ނުކުންނެވި މުޙައްމަދު ނަޝީދަށް ތާޢީދުކުރެއްވިއެވެ. ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ފަހަރަށް ޑެމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބުވެވަޑައިގަތް ރައީސްގެގޮތުގައި އެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 54 އިންސައްތައިން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދެވެ. 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީޕީން ވާދަކުރިއެވެ. ނަމަވެސް އެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ވާދަކުރެއްވި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުގެ ކެންޑިޑޭޓްގެ ގޮތުގައި އެމްޑީޕީގެ އިބްރާހީމް މުޙައްމަދު ޞާލިޙް ވާދަކުރައްވައި އެ އިންތިޚާބު ކާމިޔާބުކުރެއްވިއެވެ.

އެމްޑީޕީގެ މިހާރުގެ ރައީސަކީ ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދެވެ. ޗެއަރޕާސަނަކީ ދިވެހިރާއްޖޭގެ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލެވެ.

އިންތިޚާބުތައް

[އުނިއިތުރު ގެންނަވާ]

ރިޔާސީ އިންތިޚާބު

[އުނިއިތުރު ގެންނަވާ]
އިންތިޚާބު ޕާޓީގެ ކެންޑިޑޭޓު ރަނިންގ މޭޓު ލިބުނު ވޯޓުގެ ޢަދަދު % ލިބުނު ވޯޓުގެ ޢަދަދު % ނަތީޖާ
ފުރަތަމަ ބުރު ދެވަނަ ބުރު
2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު މުޙައްމަދު ނަޝީދު ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު 44,293 24.91% 97,222 53.65% ކާމިޔާބު Yes
2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު މުސްޠަފާ ލުޠުފީ 95,224 45.45% -------- އިންތިޚާބު ބާޠިލުކޮށްފައި Red XN
96,764 46.93% 105,181 48.61% ނާކާމިޔާބު Red XN
2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އިބްރާހީމް މުޙައްމަދު ޞާލިޙް ފައިޞަލް ނަސީމް 134,616 58.34% -------- ކާމިޔާބު Yes
2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު މުޙައްމަދު އަސްލަމް 85,989 39.12% 109,548 45.94% ނާކާމިޔާބު Red XN
އަހަރު ޕާޓީގެ ލީޑަރު ލިބުނު ވޯޓުގެ ޢަދަދު % ކާމިޔާބުކުރި ގޮނޑީގެ ޢަދަދު +/–
2005 - 68,931 31.10% 42 ގޮނޑީގެ ތެރެއިން 18 ގޮނޑި ވާދަކުރީ އަލަށް
2009 މުޙައްމަދު ނަޝީދު 51,184 30.81% 77 ގޮނޑީގެ ތެރެއިން 26 ގޮނޑި 15
2014 75,670 40.78% 85 ގޮނޑީގެ ތެރެއިން 26 ގޮނޑި Steady 0
2019 96,354 45.83% 87 ގޮނޑީގެ ތެރެއިން 65 ގޮނޑި 39
2024 ޢަބްދުﷲ ޝާހިދު 64,650 30.73% 93 ގޮނޑީގެ ތެރެއިން 12 ގޮނޑި 53

ޕާޓީގެ ލީޑަރުން

[އުނިއިތުރު ގެންނަވާ]

ޕާޓީގެ ރައީސްކަން ކުރެއްވި ބޭފުޅުން

[އުނިއިތުރު ގެންނަވާ]
ނަން މުއްދަތު
އިބްރާހީމް އިސްމާޢީލް 20 ޑިސެންބަރު 2005 - 30 އެޕްރީލް 2006
ޑރ. މުޙައްމަދު މުނައްވަރު 2 ޖޫން 2007 - 30 އެޕްރީލް 2008
ޑރ. އިބްރާހީމް ދީދީ 10 މޭ 2011 - 30 އެޕްރީލް 2012
މުޙައްމަދު ނަޝީދު 1 އެޕްރީލް 2014 - 21 ޖޫން 2023
ޢަބްދުﷲ ޝާހިދު 20 ފެބުރުވަރީ 2024އިން ފެށިގެން

ޗެއަރޕާސަންކަން ކުރެއްވި ބޭފުޅުން

[އުނިއިތުރު ގެންނަވާ]
ނަން މުއްދަތު
މުޙައްމަދު ނަޝީދު 26 ޖޫން 2005 - 20 ފެބުރުވަރީ 2008
މާރިޔާ އަޙްމަދު ދީދީ 12 މޭ 2008 - 19 މޭ 2011
ރީކޯ މޫސާ މަނިކު 19 ޖޫން 2011 - 1 އެޕްރީލް 2014
ޢަލީ ވަޙީދު 30 އޮގަސްޓު 2014 - 28 ނޮވެންބަރު 2016
ޙަސަން ލަޠީފު 12 ފެބުރުވަރީ 2017 - 11 ފެބުރުވަރީ 2022
ފައްޔާޟް އިސްމާޢީލް 23 މޭ 2022އިން ފެށިގެން