މަނަދޫ ބަސްފޮތް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ނ. މަނަދޫއަކީ ތާރީޚީ ގޮތުން ރާއްޖޭގައި ފާހަގަކޮށްލަން ޖެހޭ ރަށެކެވެ. މަނަދޫގެ ތާރީޚާއި ސަގާފަތް އަދި އާދަކާދަ އަކީ ވަރަށް ބޮޑަށް މަނަދޫ ރައްޔިތުންގެ އަމިއްލަވަންތަ ކަމެއް އޮތް ކަމެކެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ މަނަދޫ މީހުން އެއްޗެއްސަށާއި، ތަކެއްޗަށް އަދި ކަންކަމަށް ކިޔާ ތަފާތު ނަންނަމެވެ. މަނަދޫ ބަސްފޮތް ނުވަތަ މަނަދޫ މީހުންގެ ބަސްފޮތް އަޅުގަނޑު މިލިޔަން ފަށަނީ ވަރަށް ގިނަ ދުވަހުގެ ދިރާސާތަކަށް ފަހުގައެވެ.

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

ތަކެއްޗަށް މަނަދޫ މީހުންކިޔާ ނަންނަމާއި އެހެން މީހުން ކިޔާނަންނަން ( ދިވެހި ރަދީފުގައި އޮތްގޮތް ) ތަފާތެވެ. އެހެންކަމުން މަނަދޫ ބަސްފޮތުގައި މިހިމަނާ ނަންތަކުގެ މާނަކަމަށް މިލިޔަނީ ދިވެހި ރަދީފުގައި ނުވަތަ އެހެން ރަށްރަށުގެ މީހުން ކިޔާގޮތެވެ.

މިބައިގައި ހިމަނާލާނީ ތަކެއްޗަށް ކިޔާ ނަންތަކެވެ. އެގޮތުން ދިވެހި ރަދީފުގައި ނުހިމެނޭ މަނަދޫ މީހުން ކިޔާއުޅޭ ބަސްތައް މިބައިގައި ހިމެނިގެންވާނެއެވެ.


ހ ( ދިވެހިބަހުގެ 1 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

01- ހޯދިޔަ ކަށިކޭލުން މަނަދޫ މީހުން ކައްކައިގެން ހަދާ ބުއިމެއް، މިއީ ކަށިކެޔޮ ފަންޏެއްނޫން އަދި ކަށިކެޔޮ ކަންޖެއްވެސްނޫން

02- ހުއިވަނި ހުވަނި


ށ ( ދިވެހިބަހުގެ 2 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

( މަނަދޫ މީހުން މިއަކުރުން ބަހެއް ބޭނުންކުރާކަމެއް އަދި ހޯދިފައެއްނެތް )

ނ ( ދިވެހިބަހުގެ 3 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

01- ނިދިގައްސުވައިގަތުން

ނިދިއައުން


ރ ( ދިވެހިބަހުގެ 4 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

01- ރާޅު އަމަންތަ ( މަނަދޫ މީހުން ކިޔާގޮތް )

ގޮޅާގެ ވައްތަރެއް

02- ރާކަނޑާލި ( މަނަދޫ މީހުން ކިޔާގޮތް )

ރާކެނި ، ރާކަނި

03- ރާބުޅު ( މަނަދޫ މީހުން ކިޔާގޮތް )

ރާބުޅާ

ބ ( ދިވެހިބަހުގެ 5 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

01- ބަރާޑި

ބަރަވެލި

02- ބަފޯ

މޫދުގެ ތިލަ ހިސާބުގައި އުޅޭ މަހެއް

03- ބޮނބިފޭރާގަނޑު

ކާށި އެހެފަ ބޮނބިތައް އަޅާފައި ހުންނަތަން


ޅ ( ދިވެހިބަހުގެ 6 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

ކ ( ދިވެހިބަހުގެ 7 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

01- ކުނބޯލި

ކޮވެލި

02- ކާފަރު އަމަންތަ

ގޮޅާގެ ވައްތަރެއް

03- ކޮރުކޮޓާ

މޫދުގައި ގާތަކުގެތެރޭގައި އުޅޭ ކަޅާއި ހުދުން ކަޅިޖެހި މަހެއް

04- ކަރަންފޫ

މޫދުގެ ތިލަ ހިސާބުގައި އުޅޭ މަހެއް. މިއީ ބަފޯލުގެ ވައްތަރެއް. ހުންނާނީ ހަށިގަނޑަށްވުރެ ބޮލުގެ ކުލަ ގަދަކޮށް

05- ކުޑައަނގަ

މިއީ ގޮޅާގެ ވައްތަރެއް. މިއީ އެތެރޭގެ މަސްކާ އެއްޗެއް


06- ކިރު ހުއްޕި

އެތެރޭގައި ކިރު ހުންނަ ހުއިފިލަނޑާ / ސޫފިލަނޑާ

07- ކިޔޮލިޔާވަޅި

ކަށިކެޔޮ ލިޔުމަށް ޚާއްޞަ ވަޅިއެއް. މިވަޅި އޮންނަނީ ތިލަ ކުރުކޮށް ލަކުނޑި ދިގު މުއްގަނޑެއްލާފަ


08- ކަތުވަޅި

ކަތިވަޅި


އ ( ދިވެހިބަހުގެ 8 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

01- އަމަންތަ

ގޮޅާ ( މީގެ ތަފާތު ވައްތަރުގެ އެއްޗެއްސަށް މަނަދޫ މީހުން ތަފާތު ނަންތައް ކިޔާ )

02- އެހެންތެ

އެހެންތަ.

03- އަވައްޓި

އަވަށްޓެހި

04- އާޅޭއް

ކުށްވެރިކުރުމުގެ ގޮތުން ބުނާބަހެއް

05- އާދަޅޯ

މާލެއިން ނުވަތަ އެހެންތާކުން ދުރުދަތުރެއް ކޮށްފައި އަންނަ އުނޅަދެއް އަންނަކަން އަންގައިދިނުމަށް ގޮވާ ގޮވެއްޔެއް

ވ ( ދިވެހިބަހުގެ 9 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

މ ( ދިވެހިބަހުގެ 10 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

ފ ( ދިވެހިބަހުގެ 11 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

01- ފޫއެނބުރި

މިއީ އެތެރޭގައި މަސްގަޑެއް ލާފައި އޮންނަ ފޫކޮޅަށް ހިމަކޮށް އޮންނަ ބޮލީގެ ބާވަތެއް، މީގެ އެތެރޭގެ މަސްގަނޑު މަނަދޫ މީހުން ފިހެގެން ކައިހަދާ

02- ފުއްޓަކި

މޫދުގައި ބައި ހަދައިގެން އުޅޭ ބަހެއް ( މި އެންމެ ގިނައިން ފެންނަނީ މަނަދޫގައި ކުރިން ހުރި ލަކުޑި ފާލަން ހުރިއިރު އެސަރަހައްދު މޫދުން )

03- ހުއްޕި

ހުއިފިލަނޑާ / ސޫފިލަނޑާ

ދ ( ދިވެހިބަހުގެ 12 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

01- ދޮންބަފޯ ނުވަތަ ދޮންފަޅޯ

ބަފޯލުގެ ވައްތަރެއް މިއީ ހުދުކުލައިގެ މަހެއް

ތ ( ދިވެހިބަހުގެ 13 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

01- ތަރަފަނަ ( މަނަދޫ މީހުން ކިޔާގޮތް )

ހަނޑޫ މާލައްވައިގެން ނުވަތަ ބަތްކިއްކާ މާލައްވައިގެންނާއި ތެލުލުގައިގެން ހަދާ ކުޅި ކާނާއެއް

02- ތުނިޔަ ( މަނަދޫ މީހުން ކިޔާގޮތް )

ގޮޅާގެ ވައްތަރެއް. މިއީ ބޭރުތޮށިގަނޑޫ ހުދު އެތެރޭގެ މަސްގަނޑުކާ ބޮލީގެ ބާވަތެއް

03- ތާވަޅު ( މަނަދޫ މީހުން ކިޔާގޮތް )

ތާވަޅަ

ލ ( ދިވެހިބަހުގެ 14 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

01- ލެއްކުން

ލެއްގުން

02- ލޯފިނދު

ދޮންދޫނީގެ އާއިލާގެ ވައްތަރެއް (ދިވެހި ބަސްފޮތުގައި "ދޮންދޫނިލޯފިނދު")

ގ ( ދިވެހިބަހުގެ 15 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

ޏ ( ދިވެހިބަހުގެ 16 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

ސ ( ދިވެހިބަހުގެ 17 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

ޑ ( ދިވެހިބަހުގެ 18 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

ޒ ( ދިވެހިބަހުގެ 19 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

ޓ ( ދިވެހިބަހުގެ 20 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

ޔ ( ދިވެހިބަހުގެ 21 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

ޕ ( ދިވެހިބަހުގެ 22 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

ޗ ( ދިވެހިބަހުގެ 23 ވަނަ އަކުރު[އުނިއިތުރު ގެންނަވާ]

ތަފާތު ބަސްތައް[އުނިއިތުރު ގެންނަވާ]

01- ހާޖީބޭ ސައިތަށި

02- ދޮންބޭސޮރު ބުނިހެން


އެހެނިހެން ބަސްތައް[އުނިއިތުރު ގެންނަވާ]

01- ހިނގަގަދާން

ހިނގާށޭ ދާން

02- އަންނަގަ ދާން

އަންނަށޭ ދާން