ވިކިޕީޑިޔާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ވިކިޕީޑިޔާގެ ލޯގޯ. ދައްކުވާދެނީ އެކިއެކި ލިޔުމުގެ ނިޒާމްތަކުގެ އަކުރުތަކުން ހެދިފައިވާ ދުނިޔެއެއް.

ވިކިޕީޑިޔާ އަކީ ތަފާތު ބަސްބަހުން ތައްޔާރުކުރެވޭ ފަސޭހަ ކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާކުރެވެމުންދާ އޮންލައިން ދާނެޝްނާމާއެކެވެ. ނުވަތަ އެންސައިކްލޮޕީޑިޔާއެކެވެ. މި ދާނެޝްނާމާ ހިންގަނީ އެމެރިކާގައި އުފެދިފައިވާ ނޮން-ޕްރޮފިޓް ވިކިމީޑިޔާ ފައުންޑޭޝަން ކިޔާ ޖަމާޢަތަކުންނެވެ. ވިކިޕީޑިޔާ އިފްތިތާޙުކުރެވުނީ 2001 ވަނަ އަހަރު ޖިމީ ވޭލްސް އަދި ލެރީ ސެންގަރ ގުޅިގެންނެވެ. މިއަދު ވިކިޕީޑިޔާ އަކީ އިންޓަނެޓްގައިވާ އެންމެ ބޮޑު، އަދި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ، އެންމެ މަޝްހޫރު ރިފަރެންސް އެވެ. ވިކިޕީޑިޔާ އަކީ އިންސާނުން ބޭނުންވާނެ ހުރިހާ މަޢުލޫމާތެއް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ މަޝްރޫއެކެވެ.

2008 ވަނަ އަހަރުގެ އެޕްރީލް މަހުގެ ހިސާބުތަކަށް ބަލާއިރު، އަހަރަކު 683 މިލިއަން މީހުން ވިކިޕީޑިޔާ އަށް ޒިޔާރަތްކުރިކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި 253 ބަހަކުން ލިޔެވިފައިވާ 10 މިލިއަން ލިޔުން ހިމަނާފައި ވެއެވެ. މިބުނި ލިޔުންތަކުގެ ތެރެއިން ހަތަރުބައިކުޅަ އެއްބަޔަކީ އިގިރޭސި ވިކިޕީޑިޔާގައި ހިމެނޭ ލިޔުންތަކެވެ. ވިކިޕީޑިޔާ އަށް ލިޔުންތައް ލިޔަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހިލޭ ސާބަހަށް ލިޔެދޭ މީހުންނެވެ. އެމީހަކު ޝައުގު ހުންނަ ދާއިރާއަކުން ވިކިޕީޑިޔާއަށް ލިޔަނީ އެވެ. އަދި ވިކިޕީޑިޔާގެ ލިޔުންތަކަށް ވިކިޕީޑިޔާއަށް ޒިޔާރަތްކުރާ ކޮންމެ ބޭފުޅަކަށްމެ އުނިއިތުރުގެނެވެއެވެ. އެހެންކަމުން މިއަދު ވިކިޕީޑިޔާ ވެފައިވަނީ އިންޓަރނެޓްގައިވާ އެންމެ ގިނަ މައުލޫމާތު ފޯރުކޮށްދޭ މަޞްދަރު ކަމުގައެވެ.

ވިކިޕީޑިއާ ގާއިމުކުރެވުނީ 2001 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ދިވެހި ވިކިޕީޑިއާގެ އަމަލީ މަސައްކަތް ފެށުނީ 2004 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ވީކިޕީޑިއާގެ ދިވެހި ޞަފްޙާ ތަކުގައި މިވަގުތު 2,999 މައުޟޫޢަކާ ގުޅޭ މަޢުލޫމާތު ހިމެނިފައިވާނެއެވެ. ދިވެހި (މަހަލް) ބަހުގެ މި އެކުމާފާނު (އެންސައިކްލޮޕީޑިއާ) އެކުލަވާލުމުގައި ތިޔަބޭފުޅުންނަށްވެސް ވަރަށް ފަސޭހަކަމާއެކު އަޅުގަނޑުމެންނާ ބައިވެރިވެ ވަޑައިގެންނެވިދާނެއެވެ.

މިގޮތުން މެންބަރުންގެ ޞަފްޙާއަށް ވަޑައިގެން މެންބަރުކަން ހާސިލު ކުރައްވާށެވެ. މިއީ ބަހަށާއި އިލްމަށް ކުރެވޭ ވަރަށް ބޮޑު ހިދުމަތެކެވެ. އެހެން ކަމުން ތިޔަ އެންމެހާ ބޭފުޅުން މިކަމުގައި ބައިވެރިވެ ވަޑައިގަތުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑުއެދުމެކެވެ. މިވަގުތު އިނގިރޭސި ވިކިޕީޑިއާގައި އެއް މިލިއަނަށް ވުރެ ގިނަ މައުޟޫއާ ބެހޭ މައުލޫމާތު ހިމެނިފައިވެއެވެ. މި ސަރަހައްދުގެ ބަސްތަކުގެ ތެރެއިން މަރާތީ ވިކިޕީޑިއާގައި ތިން ހާހަށް ވުރެ ގިނަ މައުޟޫއާ ބެހޭ މައުލޫމާތު ހިމެނިފައިވެއެވެ. އަދި ހިންދީ ވިކިޕީޑިއާގައި ބާރަސަތޭކަ އަށް ވުރެ ގިނަ މައުޟޫއާ ބެހޭ މައުލޫމާތު ހިމެނިފައި ވާއިރު އުރުދޫ ވިކިޕީޑިއާގައި ހަ ސަތޭކައަށް ވުރެ ގިނަ މައުޟޫއާ ބެހޭ މައުލޫމާތު ހިމެނިފައިވެއެވެ. އައު މަޒުމޫނުތައް ލިޔުއްވާނެ ގޮތާއި މަޒުމޫނުތަކުގައިވާ މައުލޫމާތުތައް ފުރިހަމަ ކުރުމަށް ޓަކައި އުނިއިތުރު ގެންނަވާނެ ގޮތް ދަސްކުރެއްވުމަށް އައު މެންބަރުންގެ އަށްޓަށް ވަޑައިގަންނަވާށެވެ.